ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް ހައްދުއްމަތީ ގަމު ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި ޤާނޫނީ ވަކީލް އަލްއުސްތާޛް އާދަމް އާސިފް ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އާސިފް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައެވެ.

އާސިފްގެ މެނޭޖަރު އަލީ ވަޖީހް "ވަގުތު" އާއި އެކު ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އާސިފްގެ މެނޭޖަރު އަލީ ވަޖީހް "ވަގުތު" އާއި އެކު ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ލ.މުންޑޫ އަށް އުފަން، މިހާރު ގަމުގެ އެންމެ އާބާދީ ބޮޑު ތުނޑީ އަވަށަށް ނިސްބަތްވާ އާސިފް ވަނީ ސިފައިންގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތުގައި ޖުމްލަ 10 އަހަރު ގައުމަށް ޚިދުމަތް ކުރައްވާފައެވެ. ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެން ޤާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ ވަނީ ބޮޑެތި ޖިނާޢީ މައްސަލަތަކުގައި ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އާސިފް ވަނީ ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އިތުރުން މަޝްހޫރު ގިނަ ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ޕީޕީއެމްގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ވެސް އޭނާ ހިމެނިވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އާސިފްގެ ކެމްޕޭން ޕޯސްޓަރުތައް "ވަގުތު" އިން ފެންނާނެއެވެ. އަދި އާސިފްގެ ކެމްޕޭން ކުރިއަށްދާ ގޮތާއި، އާސިފްގެ ސިޔާސަތުތައް "ވަގުތު" ގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.

އާސިފް "ވަގުތު" އަށް އިންޓަވިއު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އާސިފް "ވަގުތު" އަށް އިންޓަވިއު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. "ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 9974666 ނުވަތަ 9152162 އަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.