މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުން އޭޕްރީލް މަހު ކާޑުގެ ބާވަތްތައް ލިބޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

"ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު. އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ." ރައީސް ވިދާޅުވިއެވެ.

ތިލަފުށީގައި ޒަމާނީ ބަނދަރެއް ހެދުމުގެ މަސައްކަތް މި އަހަރު ފެށޭނެ - ރައީސް

މީގެއިތުރުންވެސް، ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވާ ޤައުމެއްކަމުން، ކަނޑުގެ ބަނދަރުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމުގައެވެ. އެހެންކަމުން، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންމ ގުދަން ކުރުމާއި ލޮޖިސްޓިކްސް ޚިދުމަތްތައް ހިމެނޭގޮތަށް، ތިލަފުށީގައި ޒަމާނީ ބަނދަރެއް ހެދުމުގެ މަސައްކަތް މި އަހަރު ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެއަރޕޯޓުގެ ތަރައްޤީއާ އެކުއެކީގައި ރާއްޖޭގެ ބައިނަލްއަޤުވާމީ ކަނޑުގެ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް ޚިދުމަތް ރަނގަޅު ކުރަން ވަނީ ޖެހިފައި. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށް އިމްޕޯޓަށް ބަރޯސާ ވެފައިވާ ޤައުމެއްކަމަށްވާއިރު، މާލޭ ކޮމާޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުންތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަނީ ނުހަނު ދަތިތަކާ ކުރިމަތިލާން ޖެހިފައި. މިކަމަށް ހައްލެއް ގެނައުމަށް ގުދަން ކުރުމާއި ލޮޖިސްޓިކް ޚިދުމަތްތައް ހިމެނޭހެން، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް އިރާދަ ކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން މާލޭގައި ހުރި ގުދަންތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަން މާލެއިން ބޭރުވާނެކަމުގައެވެ.

"މި ބަދަލުތައް އައުމުން މާލޭގައި ހުރި ގުދަންތަކާއި ސިނާއީ މަސައްކަތްތައް ކުރާ ގިނަ ތަންތަން މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުން އިތުރު ކަންކަން:

- އައު ރަންވޭ ނިމިފައިވިޔަސް، އައު ޓާމިނެލެއް ހަދައިގެން ނޫނީ ރަންވޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފޭނެ.

- މަސްވެރީންނަށާއި ދަނޑުވެރީންނަށް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ވަނީ ފެށިފައި.

- މަސްވެރި ޢާއިލާތަކުގެ އާމްދަނީ އިތުރުކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން، ޑީސަލްގެ އިމްޕޯޓް ޑިއުޓީ މިހާރު ވަނީ ކަނޑާލާފައި.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜައްޔިތުމީހާ

    މިހާރުވެސް ލިބޭ

  2. މުކައްބަ

    މާލެ އާއި އެއްއަގެއްގަ ތަންތަނުގެ ކުލި ބަހައްޓަންވީނުން. ޜާއްޖެ ތެރެން ކޮޓަރި އެއްގެ މަހުކުލި 1500ރ މާލޭން 7000ރ. މާލޭ ބަދަރަށް އެތަންތަން ހަދަން މުދާ ގެއްނަނީ. މާލެ ތޮއްޖެހެނީ. ދަތެއްލުއްސަން ވެސް އައްނަން މިޖެހެނީ މާލެ އަށް. ރާއްޖެތެރޭ މީހުން ޖަޒީރާ ގައި. މާލޭމީހުން ޔޫރަޕްގައި.
    ރާއްޖެތެރޭކުދިން ޗަކަގަޑުގަ ހިގާފަ ސްކޫލަށް ދާން މިޖެހެނީ. ގައުމީ މައްސަލަ ތައް ހައްލުކޮށް ނުދެވޭ ޕާޓީއަކަށް ވޯޓެޢް ދެވެން ނެތް.

  3. ވ.ސަލާމް

    ތިހަޑޫ ކާނީ ބަންގާޅިން

  4. ވ ސަާލާމްތޯއްޗެއް

    ކީއްވެތޯ އެޕްރީލް މަހައް ތި ލަސްކުރަނީ މިހާރުވެސް ކުރަން ވީނުއް

    • އޮރެންޖު

      މަޖްލިސް އިންތިހާބު އޮތީމަ ރައްޔިތުން ގުނބޯ ހައްދަން. ޥަގު ރައީސް..........