ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ފުރަތަމަ ރިޔާސީ ބަޔާން މިއަދު އިއްވެވިއިރު އެމަނިކުފާނުގެ ސަރުކާރުން މިއަހަރު ފުލުހުންގެ ތަރައްޤީއަށް މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުނުވުމުން ބައެއް ފަރާތްތަކުން އެކަން ފާހަގަ ކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ޞާލިހް ފުލުހުންނާއި ބެހޭ ގޮތުން ހަމައެކަނި ވިދާޅުވީ ރައްޔިތުން އެދޭފަދަ ހިތްފަސޭހަ، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތަށް، ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށެވެ. އެގޮތުން، މުޅިން އަލަށް ނެއިބަރހުޑް ޕޮލިސް ތަޢާރުފުކޮށް، މިއަހަރުގެ ތެރޭގައި އަތޮޅުތަކަށްވެސް އެ ޚިދުމަތް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ ތަރައްޤީއަށް ނުވަތަ ފުލުހުންގެ ކުރިއެރުމަށް މަސައްކަތެއް ކުރައްވާނެ ކަމަކަށް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. ނަމަވެސް ސިފައިން ގާބިލް ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މިއަދު ވައުދުވެ ވަޑައިގެންނެވިއެވެ.

"މި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ، ސިފަވަންތަ އަޚްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މިއަހަރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ. އަދި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދެވޭނެ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ސިފައިންނަކީ ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ގައުމުގެ އެތެރޭގައި ހިނގާ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ އޮތް ފުލުހުން ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ރައީސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުނުވުމަކީ ހިތާމަވެރި ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ރައީސް ޞާލިހްގެ ސަރުކާރުގައި ޑިފެންސް މިނިސްޓްރީ ހަވާލު ކުރައްވާފައި ވަނީ ވެސް އެމްޑީޕީގެ އެންމެ ސީނިއާ އެއް މެންބަރު ކަމަށްވާ މާރިޔާ އަހްމަދު ދީދީ އާއި އެވެ. ނަމަވެސް ފުލުހުންގެ މިނިސްޓްރީ ކަމަށްވާ ހޯމް މިނިސްޓްރީގެ މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. މިއީ ވެސް ސަރުކާރުން ފުލުހުންނަށް އިސްކަން ނުދޭކަމުގެ ހެއްކެތް ކަމަށް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތުން

    ރައްޔިތުންނަން ކޮންކަމެއް ކޮއްދޭނީ. ރައްޔިތުން އެންމެ އެދޭ އެއްކަންތައް އެއީ އަމަން އަމާންކަމާއި ޤައުމުގެ ހަމަޖެހުން މިކަން ކޮށްނުދޭނެކަން މިއެނގުނީ

  2. Anonymous

    ހަޤީޤަތަކީ މިއަދު ޤައުމަށް އެންމެ ބޭނުން ވަނީ ފުލުހުންގެ ޚިދުމަތް. ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދި. މަސްތުވާ ތަކެއްޗާ ކުށުގެ ވެއްޓަށް ހުށައެޅެމުންދާ ޒުވާނުންގެ އަދަދު އެދަނީ އިންތިޙާއަށް މައްޗައް. މިތަނެކޭ މެކްސިކޯ ސިޓީ އެކޭ ބުންޏަސް ދޮގަކަށް ނުވާނެ. ސިފައިންނަށް ދައުލަތުން ތިޔަ ކުރާ ޚަރަދު ވަރަށް ބޮޑުތަނުން މަދުކުރަންޖެހޭ. އޭގެ ބަދަލުގަ ފުލުހުންގެ އަދަދު އިތުރުކޮށް ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް ފުލުހުންނަށް ބޭނުންވާ ތަޢުލީމާ ތަމްރީނުތައް ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހިފަ އޮތް ކަމެއް. މިހިނދުން މިހިނދައް ސިފައިންގެ ތެރެއިން ކޮންމެހެން ތިބެންޖެހޭ ވަރަށް މީހުން ބަހައްޓާފަ ބާކީ ތިބި އެންމެން ފުލުހުންގެ ތެރެއަށް ވެއްދުމަށް ގޮވާލަން. ބޭރުން އުދުވާނެއް އަޔަސް ސިފައިންނެކޭ އެއްގޮަތައް ފުލުހުންނަށްވެސް ހަމަ ޤައުމުގެ ދިފާޢުގަ ނިކުންނަން ޖެހޭނެ. އެހެންކަމުން އެފަދަ ތަމްރީނުތައްވެސް ފުލުހުންނަށްދީ އެފަދަ ހާލަތެއް އައިސްފިނަމަ ސިފައިންގެ ފަހަތުން ފުލުހުންނަށް މަސައްކަތް ކުރެވޭނެ ގޮތައް ކަންކަން ރާވަން އެބަޖެހޭ..

  3. ޢަލިތަކުރު

  4. ކުޑަބަޖަރާ

    އެމްޑީޕީ ބޭނުންވާނީ ފުލުހުންނާ ތަޅާނެ ކުދިންކޮޅެއްހޯދަން. ފުލުހުންނަށް އެހެންކަމެއްކުރާކަށް ބޭނުމެއްނުވާނެ.

  5. އެލެކްސް

    "މި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ، ސިފަވަންތަ އަޚްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މިއަހަރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ. އަދި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދެވޭނެ."
    ކޮން ބޭނުމެއްގައިތޯ؟ ތަމްރީނުތައް އިންޑިއާއިން އެހީ އިންޑިއާއިން ކަނޑު ބެލެހެއްޓުން އިންޑިއާއިން އިންޓެލިގެންސް އިންޑިއާއިން

    • ފަދަންމާ

      އެހެންވީމާ މާރިޔާ ދަ ޑިފެންސް މިނިސްޓަރު އެބުނަނީ ސިފައިން ދެން ލަލަލާ އޭތަ

  6. ޙަބަރުގެ

    އާން ނުބުނޭ އީބޫ މިއަދު ހެނދުނު ސަޔަށް ބުއީ ކޯންޗެއް ކަމެއްވެސް ނުބުނޭ މީކޮންކަހަލަ ރައީސެއްތަ

  7. އަލީބަލީ

    ވެއިޓަރުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅެއްނުވި. ވިދާޅުނުވާ ކިތަންމެ އެއްޗެއް އެބަހުރި. ދެނޯ؟

    • ރަނގަބީލު

      ވެއިޓަރުންނަކީ ސަރުކާރުން ބަލަހައްޓާ ބައެއްނޫން. ފުލުހުންނަކީ ސަރުކާރުން ބަލަހައްޓާބައެއް. އަލީބަލީ ތިއޮތީ ބަނޑަށްބަލީވެފާ.