ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މާލޭ ސަރަހައްދުގައި އަޅާނީ 4000 ހައުސިން ޔުނިޓް ކަން އެމަނިކުފާނު މިއަދު އިއުލާން ކުރައްވައިފިއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ޞާލިހް ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް ކަމަށެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން އަޅާނީ އެންމެ 4000 ހައުސިން ޔުނިޓް ކަން ރައީސް ޞާލިހް އިއުލާން ކުރެއްވިއިރު މާލޭ ސަރަހައްދުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބިފައި ތިބި މީހުންގެ އަދަދު ބައިލައްކަ އާއި ކައިރި ކުރާނެ ކަމަށް ބެލެވެއެވެ. ކުރީ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫޢުގެ ފްލެޓް ހޯދަން ވެސް މިދިޔަ އަހަރު 15000 މީހުން ފޯމް ހުށަހެޅިއެވެ. އޭގެތެރެއިން ފްލެޓް ދީފައި ވަނީ 7000 މީހުންނަށެވެ.

ކުރީ ސަރުކާރުން މަސައްކަތް ފެށި 7000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެމަސައްކަތް މިއަހަރުގެ އޭޕްރިލް މަހަށް ނިމޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި ނަމަވެސް މިސަރުކާރުން ވިދާޅުވެފައި ވަނީ އެފްލެޓްތަކުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލު ކޮށްދެއްވުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މާލެ

    މާލެ ސަރަހައްދުގައި 4000 މުޅި ރާއްޖޭގެ އެހެން ހުރިހާތާކަށް 550، މާލެ ސަރަހައްދުން %6 ޖީއެސްޓީ މުޅި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކުން ވެސް %6 ޖީއެސްޓި. މީތޯ ހެޔޮވެރިކަމަކީ؟ މީތޯ ހަމަހަމަކަމަކީ؟ މީތޯ އިންސާފަކީ،؟ މީތޯ ރައްޔިތުމީހާ އަށް ހައްޤު މިންވަރަކީ؟

  2. ބުރަާންތި

    ބުރާންޗާ، ރައީސް ވިދާޅުވީ މިއަހަރު 4000 ހައުސިންގ ޔުނިޓްގެ ވާހަކަ، އަދި އެބައޮތޭ އިތުރަށް 4 އަހަރު.

    • ??

      ޜައީސް ވިދާލުވީ މުޅިއެކު މާލޭ ސަރަހައްދުގައި އަލާނީ 4000 ފްލެޓް

  3. ނަފާ

    ކޮއްކޯ އެއީ މިއަހަރު ފަށާ މަޝްރޫއުގެ ދަށުން އެކަނި.. ބާކީ އޮތް 4 އަހަރުވެސް އެކަން ކުރިޔަށް ދާނެ..

  4. އިގުރާރު

    ދެކޮޅުޖެހޭ އެއްކަމެއްވެސް ނެތް. 20-30 ހާސް ފޯމު ބޯހިޔާވަހިކަން ހޯދަން ލީމާ އަޅަނީ 4000 ހައުސިން ޔުނިޓު. 30 ބިލިއަންގެ އާމްދަނީ ހޯދަނީ ކިހިއްނެތް؟ މިހާރުވެސް ފޮރިންމިނިސްޓަރާއި ޑިފެންސްމިނިސްޓަރު ފައި އެއްތާކު ނުޖެހި ބަޖެޓަށް ލާރި ހޯދަން ގައުމު ވިއްކާލަނީ. އަޅުވެތި ވަނީ މިޔޮށް. 1 ބިލިއަންގެ ރިޒާވެއްވެސް ގާއިމު ކުރާނެ އިގްތިސާދީ ޕްލޭނެއް މިހާރުވެސް ނެތް. ހުސް އަނގަ ތަޅުވަނީ.

  5. އާއްހާއް

    ރައީސް ވިދާޅުވަނީ ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދޭނަމޭ އެކަމަކު މަމެންނަށް ނުފެނެއޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އެމަސައްކަތެއް ކުރާ ތަނެއް ރާއްޖޭގައި ހުރި ހުރިހާ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދެނީ ރިސޯރޓްގައި އުޅޭ ބޭރު ޖީއެމް މެން ލަންކާ އިންޑިއާ އަދި ޔޫރަޕް މީހުންނަށް އަދި މިހާރު ޒިންމްބާބްވޭ އާލާތުންނަށް ވެސް ރިސޯރޓްސް ތަކުގެ ބޮޑެތި މަގާމް ތައް ދަނީ ދެމުންނޭ އެފްރިކާ ބައްރުގެ މީހުންނަށް ވެސް މިހާރު ދަނީ ރިސޯރޓްސް ތަކުގެ މަތީ މަގާމް ތައް ދެމުންނޭ މިކަން މިދަނީ ހައްދު ފަހަނައަޅާ ގޮސްފައޭ އެކަމަކު ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީ ގޯނބިލި ފުޅީގެ ފޫއަޅައިގެން ރައީސް އޮފީހުގައި އޮވެ ކުރާ ކަމަކީ ކޮބައިތޭ އެއާލާތުން ކުރާ ކަމަކީ ބޭރު އާލާތުން ނަށް ރިސޯރޓްސް ތަކުން ވާރކް ވިސާ ދިނުމޭ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އޯއްހޯއް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް..

  6. ހުސޭނުބޭ

    ކަލެޔަށް ތިކަން ކުރަން ނުޖެހޭ ވަރަށް މީގެ ކުރިން ވެރިކަމުގައި ހުރި މީހާ ތިކަން އޮތީ ކޮށްދީފައި! މިހާރު ތި އަޅަނީ ޕާޓީގައި ބާކީ ވެފައިވާ ކުދިންކޮޅަށް ބޭނުންވާ 4000 ހައުސިން ޔުނިޓް.

  7. ކޮޔާ

    ދޮންބެގެރީދޫ ވެރިކަމުގައި އެންމެ 4000 އެޅީމަ އެވީތަ ޔާމީނުގެ ގަޓް ވެރިކަމުގަ މާގިނައެއްނުންތަ

  8. ޗިއްލޫ

    ނޫނޭ އަދި ތިވަރު ތަންކޮޅެއްމަދު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ގެންނަން އައި ސަރުކާރެކޯމީ!!!!

  9. އަބޫ

    މި ސަރުކާރު ވ. ކަޱަ

  10. ވިސްނާށޭ

    އެހެންވީމާ މާލޭގެ ކުލި ދަށަކައް ނުދާނެ.. މިސަރަހައްދުގެ ކުލި ދަށައް ގެންދިޔުމައް އެންމެ މަދުވެގެން 30000 ހައުސިން ޔުނިޓު އަޅަން ޖެހޭ. އަދި އޭރުން މާލޭ ރީޖަންގައި ރަނގަޅު އާމްދަނީ ލިބޭނެ ފަދަ ކޮންސިއުމާ މާރކެޓެއް އުފެއްދޭނީ.. އެ ސައިޒުގެ ކޮންސިއުމާ މާކެޓެއް ނު އުފެދި ތަކެތީގެ އަގު ދަށަކައް ނުދާނެ އަދި ވަޒީފާތަކެއް ނުއުފެދޭނެ. ރާއްޖެތެރޭގަ އާބަން ސެންޓަރުތަކެއް އުފައްދާނެ ޖާގައާއި އަދި އެކަމައް ދާނެ ޚަރަދު މާލެ ރީޖަން ފުޅާކޮއްލުމައް ކުރަންޖެހޭ ޚަރަދައްވުރެ ބޮޑު. ވީމާ އެހެން އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ ކުރީން މާލެ ރީޖަންގެ މެކްސިމަމް އެކުސްޕޭންޝަން ހާސިލު ކުރުން ވަރައް މުހިންމު. އެހެނީ އެގޮތައް އެކަން ނުކޮއްފިކަމުގައިވާނަމަ އެހެން އާބަންސެންޓަރުތައް އުފައްދަން ސަރުކާރައް ބޭނުންވާ އާމްދަނީއާއި އަަދި ކުރެޑިޓް ލިބުން ދަތިވާނެއެވެ. އެހެން އެއްވެސް ސަރަހައްދެއް ޑެވެލޮޕްކޮއް އާބާދުވެ އިކޮނޮމިކްކޮއް ފީސިބަލް ވެގެން ދިއުމައް 20 އަހަރުވަރު ނަގާނެއެވެ. ރާއްޖޭގެ 2 ނުވަތަ 3 ސަރަހައްދުގައި އެއްފަހަރާ އާބަންސެންޓަރު ޑެވެލޮޕްމަން ޕުރޮޖެކްޓު ހިންގާލާނެ ވަރުގެ މާލީ އަދި މެނޭޖްމަންޓް ރިސޯސްތަކެއް ދިވެހި ދައުލަތުގައެއް ނެތެވެ. އަދި އެއްފަހަރާ ޑެވެލޮޕް ކޮއްގެން އެސަރަހައްދުތަކުގައި އިކޮނޮމިކަލީ ފީސިބަލް ޓައުންތަކެއް އެކި ދިމަދިމާތަކުގައި އުފައްދަން ބޭނުންވާނެހާ ރައްޔިތުންގެ އާބާދީއެއް ނެތެވެ.

  11. ޝަވީ

    މާލޭ ސަރަހައްދުގެ ޑިވެލޮޕްމެންޓުގައި ފުލުސްޓޮޕް ޖަހައި ކަފުންކުރުން މި ސަރުކާރުން އެ އިއުލާން ކުރީއެވެ. މާލެ ސަރަހައްދުގައި ދެން އޮންނާނީ ޖަޒީރާ ދިރިއުޅެމެވެ.. ބަނދަރުތަކުގެ ކޮޅުގައި މުންޑުލައިގެން ހޮޅުއަށީގައި އުމުރުން ދުވަސްވީމީހުން ތިބޭ ތަނާއި އިލޮށިފަތި ހިފައިގެން އަންހެނުން ރަސްފަންނު ބީޗް ކަހަން ތިބޭ މަންޒަރާއި އަދި ހުސްފައިގައި ވެލިމަގުގައި ހިނގާ އުޅޭ މަންޒަރާއި ހެލްތުވޯކަރުން ކައިރިއައް ވެކްސީންޖަހަން ކިޔޫގައި ތިބޭ މަންޒަރު ދެން މިސަރަހައްދުން ފެންނާނީ.

  12. އެލެކްސް

    4000 ފުލެޓްވެސް އެޅޭނީ ހަމަކިރިޔާ ތިޔަހެން މުޅި ގައުމުގަ މީގެ ކުރިންވެސް މީހަކު ފުލެޓު އަޅާ ދިން އެތަނަތަން އަދި މިއުޅެނީ ނުފެނިގެން.

  13. އެޅޭނެޅޭގަނޑިޔާ

    މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެކުރިންވެސް މީހަކު ފުލެޓުތައް އަޅާދޭން ބުނި އެތަންތަން ނުފެނި އުޅެނިކޮށް އެފުލެޓުތައް ފުލެޓުވެއްޖެ. އަޅެ ކޮންމެވެސް މީހަކު މަށަށް އެފުލެޓުތައް ހިރި ތަނެން ބުނެލަ ދީފާނަންތަ؟