އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ޒާހިރު ރަމީޒު އައްޑޫގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޮޕްތަކެއް ގާއިމް ކޮށްދެއްވަން ވައުދުވެ ވަޑައިގެންފިއެވެ.

ޒާހިދު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތައް ދާއިރާގައި ހުރި ބަސް ސްޓޮޕްތައް އައްޑޫ ކައުންސިލްގެ އެއްބާރުން ލިބިއްޖެނަމަ ކައުންސިލާއި ގުޅުގެން ޒަމާނީ ފެންވަރުގައި ގާއިމް ކޮށްދެއްވާނަން ކަމަށެވެ.

ޒާހިދު ވަނީ އޭނާ އައްޑޫގައި ގާއިމް ކޮށްދެއްވަން ބޭނުންފުޅުވާ ބަސް ސްޓޮޕްތަކުގެ ކުރެހުންތަކެއް ވެސް ފޭސްބުކްގައި އާއްމު ކުރައްވާފައެވެ. އިށީންދެ ތިބެވޭ ގޮތައް، މަތި ހިޔާ ކޮށްފައި ހުރި ބަސް ސްޓޮޕްތައް ވަރަށް ރަނގަޅު ކަމަށް ބުނެ އައްޑޫގެ ގިނަ ބަޔަކު ވަނީ ކޮމެޓް ކޮށްފައެވެ.

ޒާހިދުއަށް ކައުންސިލުން އެއްބާލުން ދެއްވާ ބަސް ސްޓޮޕްތައް ގާއިމް ކޮށްދެއްވުމަށް ވެސް ގިނަ ބަޔަކު ވަނީ އެދިފައެވެ.

https://www.facebook.com/EnmenZahid/posts/319524362003746?__xts__[0]=68.ARCHFFIguLv-Y8dUTcoYewcozWEF3N-SAN2LnBsx5hq7M-dOrud0a6yQ10PvUv9fmytchBZ8glTEjDvfeJB4t0MBdSi-Ebt4ytzcW8ClnxmovU9o0opXmEl2dgnf5JKwA2URcnSu8xicv8o20Idqs3J1YRcy-NcUi1HciBm6OeqVSZ9fh9xPWDp2mhjnu2ehuOW-_79dYP2PMpHIEVWa6KseJLjlX2z3uWeWdqvDcvmu3LGcX3vVAs1hQWDp3j8-UEqJgiZlTMnpGVZyg_WF1_pU3Tm5IDYZ76-zDx7Nalf2vTA9X7Hc1FwtqB44L5OJUIxMsDO2Vvtq5Y3W8FuC3l0&__tn__=-R

އައްޑޫއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އައްޑޫގައި ބަހުގައި ދަތުރު ކުރެއެވެ. ނަމަވެސް ބަސް ސްޓޮޕެއް ނެތުމުން ދިއްލާހާ އަތްވެއްގައި، ވެހޭހާ ވާރޭއެއްގައި ތިބެން ޖެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

އައްޑޫ ރައްޔިތުން ބުނާ ގޮތުގައި އެކަށީގެންވާ ރަނގަޅު ފެންވަރުގެ ބަސް ސްޓޮޕްތަކެއް ގާއިމް ކުރުމަށް ސަރުކާރުން ވެސް އަދި ސިޓީ ކައުންސިލުން ވެސް މިހާތަނަށް މަސައްކަތެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަތް

    ޕަކާސް!

  2. އައްޑޫ ޒުވާންލޭ

    މި ފަދަ ޒުވާން ފަހުލަވާނުން އައްޑުގެ ކުރިމަގު ބިނާކުރާނެ ފުރުސަތު ދީފިއްޔާ.މަގޭ ވޯޓު ޔަގާިންކުރެޭ،މި އުޅޭ ގޮޑި އުމުރަށް ލިޔެގެން އުޅޭ މީހުންގެ ވަބާއިން ސަލާމަތްވުމަށް މަށެއް ރިޕީޓަރަކަށް ވޯޓު ނުދޭނަށް.