ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރުއަރާނެ އެއްވެސް ކަމެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނުކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ އިންޑިއާގެ ނޫހަކަށް މާރިޔާ ދެއްވެވި އިންޓަވިއުއެއްގައި އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަނާއަށް ގިނަބަޔަކު ފާޑު ކިޔަމުން ދާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލްއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑީޔާގެ ވައިގެ އަސްކަރިއްޔާއާއި ކަނޑުގެ އަސްކަރިއްޔާ އަދި އެނޫންވެސް އާލާތްތައް ބޭނުންކޮށްގެން ރާއްޖެ ހިފަން އައިސްފިނަމަ މިރާއްޖެ އިންޑިޔާގެ އިސްތިއުމާރުގެ ދަށަށް ނުގޮސް ނުވާނެ ކަމަށެވެ. މިހެން ވިދާޅުވެ މާރިޔާ ވިދާޅުވީ، އެއްވެސް ހާލެއްގައި މިއީ އިންޑިޔާއިން ކުރަން ބޭނުންވާ ކެމެއް ކަމަށް ވިދާޅު ނުވާ ކަމަށާއި ނަމަވެސް ހަޤީޤީ ނަޒަރަކުން މިކަމަށް ބަލައިފިނަމަ މިއީވާނޭ ކަމެއް ކަމަށެވެ.

އަދި އިންޑިޔާއިން މިފަދަ ކަމެއް ކުރަން ނުވިސްނާ ކަމަށާއި އިންޑިޔާއަކީ އަވަޢްޓެރި ޤައުމެއްގެ ގޮތުގައި އޮތުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމެވެ. ޑިފެންސް މިނިސްޓަރ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރާއްޖޭގައި އިންޑިޔާގެ ރާޑަރ ބެހެއްޓުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެކަމާ ގުޅިގެން މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާއަކީ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ އަންހެން ލީޑަރެއް ކަމަށާއި، ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ބުރުއަރާނެ ފަދަ އެއްވެސް ކަމެއް އެކަމަނާ ނުކުރައްވާނެ ކަން ޔަގީން ކަށަވަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަގްލީ ބެޓީ

    މަހްލޫފު ތިއީ މާރިޔާގެ ތަރުޖަމާނުތަ ؟

  2. ބަންގް

    މިދެން ކާކު، މާރިޔާ ކާރީ ބުނެ ކޮސް ނޮގޮވާ ފާބާސޭ

  3. ހަބޭސްބޭބެ

    ޢެހެންވެތަ ގާނޫނުއަސާސީ އަށް ފައިންއަރައިގެން ހުރީ. ދެން މަހެފޫލް އަށް ކޮންކަމެއް

  4. އަގްލީ ބެޓީ

    މަހްލޫފްއެވެ. ސިއްރު ސިއްރުން މާރިޔާ ކައިރީ ބުނެބަލަ ތިޔަދެއްކެވި ވާހަކަ ތިފަދަ މަގާމެއްގައި ހުރގެން ދެއްކުން ރަނގަޅުނޫންކަމަށް. ހަވާލުވެ ހުރި މަގާމާއި އެއިގެ އެތިކްސް އެބަފުށުއަރާ.

  5. ފޭކްރިޔާ

    ވެދާނެ ޒަމާންތަކަކަށްފަހު، ރޯބޮންޑުކޮށް، މޭކަޕް ކޮށް ސްކާޓް ލީމާ ދޫ އޮޅުނީކަމަށް.

  6. ބަހުލޫލު

    ދިފާއީ ވަޒީރުގެ ދިފާއީ ތަރުޖަމާނު. މާރިޔާ ކުރާނެކަންތަކާ ނުކުރާނެ ކަންތައިގެނީ މިހާރު މަހުލޫފަށް. ކުރިންހީކުރެވުނީ ރނަޝީދަށް އެކަނިކަމަށް މާރިޔާގެ ކަންތައްތައިގޭނީ.

  7. ޙެހެހޭ

    ކޮންއިރަކުތަ މިމަހުލޫބު މާރިޔާގެ ތަރުޖަމާނަކަށް އައްޔަންކުރީ އޮރިޔާން މާރިޔާގެ އިތުބާރުނެއްކަމުގެ މައްސަލަ ހުށަހަޅާ އަވަހައް

  8. ސައްތާރު

    މަހުލޫފު ތިޔަބުނަނީ އޭނާ އެފަދަކަމެއް ކޮއްފިއްޔާ ކަލޭ ޒިންމާނަގާނަމޭތަ..

  9. ާަާމަ

    މަހުލޫފަށް ހާދަ އެނގެޔޭދޯ... ނުކުރާނޯ... އެކުރަނީކީއްތަމިހާރު.؟

  10. ވެދާނެ

    ހިތްވަރުގަދަ އަންހެން ލީޑަރު، ހިތްވަރުދެރަ އަންހެން ޑީލަރަކަށް ނުވުން އެންމެންވެސް އެދެނީ..

  11. ައަންހެނުން

    މާރީ މިއަދު އަންހެނުންގެ ގޮޅީގައި ސުމެއްޖަހާ އަންހެނުންގެ އަގު ވައްޓާ ލައިފި... ކިހާދެރަ... އަސްލު އަހެނުންގެ މަޤާމް މާރީ ހަނދާން ކޮށްދީފި.... އަސްލު އަހަރުމެން ނަކީ ބޮޑެތި އެއްޗެހި ބޮޑެތި އެއްޗެހި ފެނުނީމަ ބިރުގަންނަ ބައެކޭ. ދޯމާރީ....

  12. އެލެކްސް

    މަހޭ މީ މާރިޔާގެ ތަރުޖަމާނު ދޯ. ދައިތާއަށް ދަނބިކޮއި ރީތި ވީ އުތަ

  13. ހުސޭނުބޭ

    މައުލޫފަށް މާރިޔާ ސެޓްވަނީ ހާދަ އުނދަގުލަކުން އުތަ؟

  14. ބަދުރު

    މަޚުލޫފު ކޮބާތަ! ޔޫތުމިނިސްޓްރީގައި ވަޒީފާއަދާކުރާ ސިވިލްސާވަންޓުންގެ ދަރިންތައް! ނަލަ މިހާރު އެކުދިން މަގުމަތި ކުރީތަ! މި އެއްޗަކަށް ނޭގޭ ސިވިލްސާވަންޓުންނާ ގުޅޭގޮތުން ގަވާއިދު ތަކެއް ހެދިފައިވާކަންވެސް!