ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުން ގެދޮރުވެރި ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތްކަމަށް މި ސަރުކާރުގެ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވެއްޖެއެވެ.
އަޞްލަމް މިހެން ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު މިއަދު އިއްވި ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުނެވެ.
"ގެދޮރު ވެރި ކުރެވޭނެތޯ؟ ނުވަތަ ނުކުރެވޭނެތޯ؟ އެ ސުވާލުގެ ސީދާ ޖަވާބަކީ ކުރެވޭނެ. އަޅުގަނޑުމެންނަށް އެބަ އޮތް ފުރިހަމަ ޔަޤީންކަން ކުރެވޭނެ ކަމުގެ. ރާއްޖޭގެ ހައުސިންގ ޑިމާންޑް އެންމެ ބޮޑީ މާލެގައި. އަތޮޅުތަކުގައިވެސް އެބަހުރި އެކަމަށް އެދިތިބި މީހުން، ހަމަ ތޮއްޖެހިފަވާ ރަށްރަށް އެބަހުރި،" އަޞްލަމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އަޞްލަމް ވިދާޅުވީ، ރައީސް މައުމޫނުގެ ސަރުކާރުން ހުޅުމާލެވެސް ހިއްކާފައި އެވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ބޭނުމުގައި ކަމަށާއި ނަމަވެސް އެ މަސައްކަތުގެ މަޤްޞަދު އަދިވެސް ޙާޞިލު ނުވާކަމަށެވެ. އަދި ހުޅުމާލެއިން ގޯތި ލިބޭ އަގަކީ ރައްޔިތުންނަށް އެކަށީގެންވާ އަގެއް ނޫން ކަމަށްވެސް އަޞްލަމް ވިދާޅުވިއެވެ.
"ތިން ކޮޓަރީގެ އެއްހާސް އަކަފޫޓުގެ ފްލެޓެއް 3.5 މިލިއަން ރުފިޔާއަށް ބާޒާރުގަ ގަންނަން އެބަހުރި. އެކަމަކު ދިވެހި ކިތައް އާއިލާއަށްތޯ އެގަނެވެނީ. ލޯނެއް ހޯދަން އެމީހާ ދާއިރު އެމީހާގެ މަހެއްގެ ޢާމްދަނީ ގާތްގަނޑަކަށް، ނުވަދިހަ ހާސް ރުފިޔާ އަށް އެބަ ވާންޖެހޭ. އޭނަ އާއި އޭނަގެ އާއިލާގެ ޢާމްދަނީ. ދެމަފިރިންނަށް ނުވަދިހަ ހާސް ރުފިޔާ ލިބޭ އާއިލާތައް މާލޭގަ މަދުވާނެ" އަޞްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން، އަޞްލަމު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ 1.5 މިލިއަން ރުފިޔާ އަށް ތިން ކޮޓަރީގެ އެޕާރޓްމަންޓެއް ގަންނަން ލިބޭ ވަރަށް ރާއްޖޭގެ ބޯހިޔާވަހި ކަމުގެ އަގު ތިރިކުރުން ކަމަށާއި، އަދި އެކި އާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތަށް ބެލުމަށްފަހު، އެކަށީގެންވާ އަގަކަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ ނިޒާމެއް ހަމަޖެއްސުން ކަމަށެވެ.
ރައިސްޔާމީނުގެ 5 އަހަރުން ކުރިވަރެއް ނުކުރެވޭނެ
އަސްލަމަށްދެންވެސް ކުރެވޭނެކަމަކީ 754 މިލިއަންރުފިޔާގެފޯނުކުރުން މިކަންކޮށްފައި ކޮންވަގުތަކު ގައުމަށްޚިދުމަތްކުރާނީ
ތީހަމަ ހުސްއަގަ ނުވާނެ ނުކުރެވެނެ
އޮފީސް ބަދަލުކޮއް ނިމިގެއްނުން ކަމެއްކުރެވޭނީ..
ތިޔަށްވެސް ބުނެވެން އޮތީ "ޓާޓާ" ވިސްނައިފި ބަޔަކަށް އިނގޭނެ
ޙުސް ހޮޅި ވާހަކަ . ޢަނގައިން ސޮނި ބަހުން މެޓާ .އުއްމީދީ އެއްވެސް އަލިކަމެއް ނެތް . ޖަޒީރާ ރާއްޖެއަށް މި ލިބުނު ވެރިކަމުގެ ހަނީމޫން ނުނިމުނު 3 މަސް ވީ އިރުވެސް. ޢަދިވެސް ޕާޓީތަކުގެ މީހުންނަށް މަޤާމް ތައް ބަހާ ނުނިމޭ . ކޮން އިރަކުން ބާ ޢާއްމު ރައްޔިތު މީހާގެ ކަމަކާ އުޅޭނީ؟
ކީއްވެ ކުރިން ނުކުރީ
ތިއީ ހާދަ ބިރުހުރި ވާހަކައެކޭ! ގެދޮރުވެރި ކުރުވާއިރަށް ބައިތުލްމާލުން 750 މިލިއަން ރުފިޔާ އަމިއްލަ ޖީބަށް ނުވަންނާނެބާ މި ފަހަރުވެސް!
ހާދަ ޖވެއޭދޯ ކުރިންވެސް ފުލެޓް އެޅިވަރު މަދެއް ނުން އަސްލަމް