ބިއްލޫރި ޓިއުބެއް ގޮތަށް އޮންނަ، އާއްމުކޮށް ނުފެންނަ ވައްތަރެއްގެ ޖެލީ ފިޝްއެއް ވިލިމާލެ މޫދުން މިއަދު ފެނިއްޖެއެވެ.

މި ޖެލީ ފިޝް ފެނުނު މީހާ، އޭގެ ފޮޓޯއަކާއި އެކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ޖެލީ ފިޝްގެ އެ ބާވަތަކީ ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމަށާއި، ނަމަވެސް މި ފަހަކަށް އައިސް ވިލިމާލޭން ވަރަށް ގިނައިން މިބާވަތުގެ ޖެލީ ފިޝް ފެންނަ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ބާވަތުގެ ޖެލީ ފިޝްއަށް ކިޔަނީ، "އަގަލްމާ އޮކޭނީ" އެވެ. އަދި މިއީ މޫސުމަށް އަންނަ ބައެއް ބަދަލުތަކާއި ގުޅިގެން ފެންނަ ބާވަތެއްކަމަށްވެސް ވަނީ މަޢުލާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމިގިލީ މީހާ

    އދ އަރިޔަދޫ މޫދުންވެސް ހަމަ ތިވައްތަރު ޖެލީފިސް ފެނޭ. ބައިވަރު.

  2. ާކޮންމެސް މީހެއް

    މިރަށުންވެސް ފެނޭ ތިކަހަލަ ބައިވަރު މީގެކުރިންވެސް

  3. އެލެކްސް

    ތިޔަފަދަ ތަކެތި ފެނުމުގައިވެސް ހިކުމަތް ތަކެއް ވާނެ ލާދީނިއްޔަތަށް ގައުމު ދިޔައީމަ ތިޔަކަހަލަ ޖަޒީރާ އެއްޗެއްސާއި ޖަޒީރާ ޖަރާސީމު ފެނަނާނެ

  4. ޓަގު

    ޗޮސް...ތި ފެނޭ އަހުނަށް ކޮންމެ އިރުވަޔަކު މި ހިސާބުން ބައިވަރު

  5. ހުސޭނުބޭ

    ވިލިމާލެއަކީ ހިމާޔަތްކުރެވިފައިވާ ތަނެއްކަމުގައި ހަދައި އެތަނުން މީހުން ބޭލުމަށް ކަރާ އައްޔައަށް ގޮވައިލަން!

  6. އާދަން

    ތިޖެލީފިޝް މަދުމަދުން މާލެ ޓުރެކް ސަރައްހައްދުން ފެނޭ، ނަގަންވެސް ނެގިން، ހަލުވިދާ ކޮޅެއްހެން ވަރަށް ފަސޭހައިން ބުރިބުރިވެގެން ދޭ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން އިރުވައިގައި ފެންނަކަމަށް މީސްމީހުން ބުނޭ.

  7. ފަތްމިނި

    ބޮޑު ބިންހެލުމެއް އަންނަން އުޅޭކަމުގެ ނިޝާނެއް.