ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ގަޒްލީ އަބްދުލްގަފޫރެވެ. ގަޒްލީ މިއަދު ކުއްލި ގޮތަކަށް ނިޔާވެފައިވާ އިރު، އެކަމާ ގުޅިގެން ކަރެކްޝަންސްއިން ބުނެފައި ވަނީ ޖަލުގައި ފުޓުބޯޅަ ކުޅެންހުރި ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވެފައިވާ ކަމަށެވެ.

އަދި އެކަމުގެ މައުލޫމާތު ގައިދީގެ އާއިލާއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ޕޮލިސް ސާވިސަސްއާ ހިއްސާ ކުރެވިފައިވާނެ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ތަފްސީލު އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮތަރު އިމްރާނު

    ކޮމިޝަން ހެދިފަހުން ހާދަ ގިނައިން އިވޭ އަޑެކޭ. މިބުނީ އެމީހުން ކުރާ ކަމެކޭނޫން. އެކަމަކު ކުއްލި މަރުތައް އާދަޔާ ޚިލާފަށް ގިނަވެއްޖެ.

  2. Anonymous

    މިސަރުކާރުގައި މީހުން މަރާ ވަރު މާ ގިނަވެއްޖެ

  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ސަރުކާރުގެ އިހުމާލެއްނޫންތަމީ؟ ކޮބާހޭ އެމްޑީޕީ ޓްވީޓްގަ ހޭބޯނާރާއުޅުނު ކުދިންކޮޅު މިހާރު؟ މިކަމުގަ ކިނބޫގެ ވެސް އިސްތިއުފާއަށް ނިކަންގޮވާބަލަ! މިހާރުކީއްވެ މަޑުން ތިބިބެނީ؟ ކޮބާހޭ އެމްޑީޕީގަ ދެފަޔަށް ހިނިއަރައިގެން އޭރުގެ ރައަީސް އިސްތިއުފާއަށް ގޮވާއެރުވި ބައިގަނޑު؟

  4. ނަން

    ކާން ނުދީ މަރާލީ..?

  5. އެލެކްސް

    އައްސޭރި ޖަލުގައި ތިޔަ ނިޔާވި މީހާގެ ކަންކަމުގައި ރައީސް ފުރިހަމަ ޒިންމާނަގަންޖެހޭނެ. ތިޔަ ވަރުގެ ބޮޑެތި އިހުމާލުތައް އިމުރާނާއި މުނާޒާއި އިބޫ ނަގަންޖެހޭ ދުވާލަކު އެތައް މަރެއް ޒިންމާވާނެ މީހަކު ނެތް. އެހެން މީހުންގެ މައްސަލަތައް ބެލުމުގެ ކުރިން އަމިއްލަ ގޭތެރެ ތަރުތީބު ކުރުން ރަނގަޅުވާނެ.

  6. ކިބޫ

    ތިޔަ ވާނީ ކީބޫ ކާލީ ކަމަށް ބަސްނާހާތީ

  7. ރަކޫޓަންޖިންނި

    ތިޔައީ ޔާމީނު ކުރިކަމެއް. މިސަރުކާރުގައި ޖަލުގައި މީހުން މަރެއްނުވާނެ. އެކަމަކު މިސަރުކާރު އައިފަހުން ހަފްތާއަކު ތިން ހަތަރު މީހުން އެބަމަރުވޭ. ވަރަށްސުންޕާ ސަރުކާރެއް. އިބޫ އިސްތިއުފާ.

  8. ބުނެލިިިީީ

    ކުޅިވަރު މިނިސްޓަރަށް މިހަބަރު ވަހުމު ވޭ ބާ؟ މިއީ ވަކި ސަރުކާރެއް އޮވެގެން ވާކަމެއް ނޫން ކަން .