ޏ. ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 65 އަހަރުގެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކާރަކާއި ސައިކަލެއް ޖެހިގެން މިއަދު ހަވީރު 17:17 ހާއިރު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފަައި ވަނީ، ފުވައްމުލަކު މިސްކިތްމަގު ބިނާ ކައިރިންނެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން މީހާއަށެވެ.

ފުލުހުން ވިދާޅުވީ، ކާރާއި، ސައިކަލު ދުއްވަން އިން ދެމީހުންނަކީވެސް ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ.

ފުލުހުން ވިދާޅުވީ، ސައިކަލުގެ ކުރިމަތީގައި އިން މީހާއަށް އަނިޔާ ނުވާކަމަށެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު