މާމިގިލީ އެއާޕޯޓަށް ޖެއްސި ފްލައިޓެއް ރަންވޭ މަތިން ކަހާލައިފިއެވެ.

ރަންވޭ މަތިން ކަހާލީ ފްލައިމީގެ ފްލައިޓެކެވެ. އެފްލައިޓް މާމިގިލީގައި ޖެއްސީ މިރޭ 21:45 ހާއިރުއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓް ރަންވޭ މަތިން ކަހާލައިގެން ފްލައިޓްގެ އެއް ފުރޮޅު ދިޔައީ ވިނަގަނޑު މަތިންނެވެ. ނަމަވެސް މިހާދިސާގައި ފްލައިޓްގައި އިން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެކްސިޑެންޓް ދިމާވި ފްލައިމީގެ ފްލައިޓް އަދިވެސް އޮތީ މާމިގިލީގައެވެ.

ފްލައިޓުން ދަތުރު ކުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފްލައިޓްގައި ތިބި މީހުން ސަލާމަތްވީ "ހަމަ ކިރިޔާ" ކަމަށެވެ.

"ބުނެވޭނީ ﷲ ގެ އިރާދަފުޅުން ނުރައްކާތެރި ހާދިސާއެއް ނުހިނގީ ކަމަށް. ހަމަ ކިރިޔާ ސަލާމަތްވީ. ފްލައިޓް ވަރަށް ބޮޑަށް މަޑުވި ފަހުން ރަންވޭ އިން ކަހާލުމުން ސަލާމަތްވީ. ބާރު ސްޕީޑްގައި އަންނަނިކޮށް ކަހާލި ނަމަ ވަރަށް ނުރައްކާ ވީސް." އެނާ ބުންޏެވެ.

އޭނާ ބުނީ ފްލައިޓް ރަންވޭ އިން ކަހާލީ ކީއްވެ ކަމެއް ނޭނގެއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ސިވިލް އޭވިއޭޝަނުން ވެސް އަދި ފްލައިމީ އިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ޕައިލެޓު ގަހު ކުރީގައި އިދެގެން ފުލައިޓް ދުއްވައްޏާ ވާނީ ތިހެން. ހަމައިގައެއް ނޫން ތިބެނީއެއް.

    3
    3
    • ގަސްބުޑު

      ތިބޭފުޅާ ހަމައިގަ ތޯ؟ ވީނުވީ އެއް ނޭންގި ތި ވާހަކަ ދަށްކަނީ...

      4
      2
  2. ސީގަލް

    ސުބުހާނައްﷲ ...
    މީހަކަށް ގެއްލުމެއްނުވެސަލާމަތްވިކަމަށް މާތް ﷲ އަށް ޝުކުރުހުރި

    2
    1
  3. ޒާ

    ކަމެއް ވާން ދިމާވި ސަބަބެއް ނޭގެނިސް ހިތު ހުރި އެއްޗެއް ނުބުނުން ވަރަށް މުހިންމު... ސަބަބަކީ ބުނެފި ބަހަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން...

    2
    1
  4. އެހެންތަ

    އަނގައިން ބަހެއް ނެރޭއިރު ވިސްނުން ވަރައް ބުއްދި