ދެން ދުވަހަކު ވެސް ޕާޓީ ބަދަލު ނުކުރަން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވައުދު ވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރުމަށްޓަކައި އެޕާޓީ އަށް އަލުން ސޮއިކުރައްވާ، ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީ ބަދަލު ކުރުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އޭގެ ބަދަލު އެމްޑީޕީއަށް ކަމެއް ކޮށްދިނުމުގެ ބޭނުމުގައި ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރަން، ކުރަން ޖެހުނު ހުރިހާ ކަމެއް އޭނާ ކޮށްފައި ވާނެ ކަމަށެވެ.

"ދެން ދުވަހަކު ވެސް ޕާޓީ ބަދަލެއް ނުކުރާނަން. މިއީ އެމްޑީޕީގެ އެންމެހާ މެންބަރުންނަށް އަޅުގަނޑު ވާ ވައުދެއް ކަމުގައި ދަންނަވަން." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ޕާޓީ ބަދަލު ކޮށްގެން އެކަމުގެ ބުރަ އުފުލަން ތިމަރަފުށީ އަދި ވޭމަންޑޫ ރައްޔިތުންނަށް މިދިޔަ ފަސް އަހަރު ޖެހިފައި ވާނަމަ އެކަމަށް އޭނާ އަދި އެއްފަހަރު މަޢާފަށް އެދޭ ކަމަށެވެ.

"އަޅުގަނޑުގެ ފިކުރަކީ އޭރުވެސް މިހާރު ވެސް އެމްޑީޕީ ފިކުރު." މުސްތަފާ ވިދާޅުވިއެވެ.

2014 ވަނަ އަހަރު މުސްތަފާ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް މެންބަރު ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ އެމްޑީޕީ އިން ވަކިވެ ވަޑައިގެން ޕީޕީއެމްއަށް ސޮއި ކުރައްވާފައެވެ. މުސްތަފާ އޭރު ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އާއި ގުޅިވަޑައިގެންނެވީ ސަރުކާރާއި ގުޅިގެން ނޫނީ ދާއިރާގެ ތަރައްޤީއަށް މަސައްކަތް ނުކުރެއްވޭނެތީއެވެ.

އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި މުސްތަފާ ވާދަކުރައްވަނީ މިހާރު ކިނބިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އާއިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްޑޫސިޓީ

    ކިތަންމެ ވައުދެއްވިއަސް މިފަހަރު ހޮވޭނެ ހެންހީއެއްނުވޭ. ސިޔާސީ ވައުދަކީ ކަނޑުގަ ރޮނގެއް އަޅާލުން ފަދަކަަމެއް.

  2. Anonymous

    މިކަހަލަ ވިކޭމީހުން ނުހޮވަމާ މިފަހަރު މަޖިލިހަ........

  3. ހުސޭނުބޭ

    މުޞްޠަފާބެ ދެން ދުވަހަކުވެސް ބާތުޑޭ ޕާޓީއެއް ބަދަލެއްނުކުރާނެ! ލަނޑާނަގައި މީހުންނަށް ލާރި ނުދިނަސް!

  4. ވަގުތޮފާ

    ޕާރޓީ ބަދަލު ނުކޮށް ކަލެއަށް ހުރެވިއްޖިއްޔާ ކަލެއަކަށް ތިމަރަފުށީ މުސްތޮފާއެކޭ ނުކިޔާނެ. ނުހުރެވޭނެ ކަލެއަކަށް. ފައިސާ އޮއްސާ ދިމާލަކަށް ކަލޭ ދާނެ. މީހެއްގެ ގޯތި ވަގަށް ކާލަން އުޅުނު މީހެއްނުތީ. މުޅިން ވަގު ހަދައިގެން ތިހިސާބަށް އައިއްސަ ހުރި މީހެއްތީ.

  5. ޔާމިން

    ހޮވުނިއްޔާތަ ﷲގެރަހުމައްފުޅުންތިކަމެއްނުވާނެއިންޝާﷲ

  6. ބުނެލިިިީީ

    ބަލަން ތިބޭ ތިހެން ވިއްޔާ އަވަސްވާނެ.

  7. Anonymous

    ﷲ އަށް ބިރުވެތިނުވާ މުނާފިގުންގެ ބަސް ގަބޫލުކުރާނެ މީހަކު ނުހުންނާނ. މިއްލަތެއް ނެތް މީހާ އެއީ ލައުނަތްލެއް އިބިލީހުނގެ އަޅުން.

  8. އަގްލީ ބެޓީ

    ކުރީގެ މެމއބަރުންތެރެއިން ބައެއް މީހުން މމޕރސ ގެ ފައިސާ ބޭނުންކުރި ވާހަކަ ދެކެވޭ.
    މިފަހަރު ކުރީގެ ހުރިހާ މެމްބަރުން ބޭރުކުރަން ފެނޭ.

  9. ހުން

    އިތުރަށް މަޝްހޫރު ވެލަން އެއްލި ބޯޅައެއް
    މިއޮތީ ލާދީނީންގެ ވެރިކަން
    މިމީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާދޭވެ

  10. ސައްތާރު

    ނުހޮވޭނަތީ ބިރުންދޯ؟؟؟ ކަލެޔަށް ވޯޓްދޭނީ ކަލޭކަހަލުގެ ގަޅިން، ކަލޭދައްކާފަހުރީ މިވީހާތަނަކަށް ގަޅިވާހަކަ ހަތްތާވެސް!

  11. ޞާސޫ

    އޭގެމާނައަކީ މިބުނީ ސިޔާސީ ބަހެކޭ.

  12. ބޯބުރާންތި

    ހަމަ ހޮވީ ދިޔައީ

  13. ޓީ

    ޕާޓީ ބަދަލު ކުރުމީ ދާއިރާ ދެކެ ލޯބިވާ ކަމުގެ ދަލީލެއް. ދާއިރާގެ ރައްޔިތުން ނޭވެ! އެ އިރަކު އޮންނަ ވެރިކަމާ އެއްގޮތައް ބަދަލު ނުވާ މީހާ އަށް ވޯޓް ނުލާށެވެ.