ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތައް ހުއްޓާ މީހަކު މަރުވުމަކީ ދައުލަތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ޖަލުތަކުގެ ހާލަތު ބަލަން ހޯމް މިނިސްޓްރީން އުފައްދަވާފައިވާ ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޝަހިންދާ މިހެން ވިދާޅުވީ އައްސޭރި ޖަލުގައި ހުރި ގައިދީއަކު އިއްޔެ މަރުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝަހިންދާ ވިދާޅުވީ ބަންދު ކޮށްފައި ތިބޭ މީހުންނަށް އެކަށީގެންވާ އަވަސް މިނުގައި ސިއްހީ އަވަސް ފަރުވާ ދެވޭ ނިޒާމެއް އޮތުން ލާޒިމް ކަމަށެވެ.

ޖަލުތަކުގައި މަރުވާ މީހުންނަށް ދިމާވާ ގޮތެއް ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ އާއްމުންނަށް ފުރިހަމައަށް މައުލޫމާތު ދެއްވުމަށް އެޗްއާރްސީއެމް އާއި ހޯމް މިނިސްޓްރީއަށް ޝަހިންދާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މިފަދަ ހިތާމަވެރި ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސް ނުކުރައްވާ އެޅުއްވުމަށް މިނިސްޓަރ އިމްރާނަށް ދަންނަވަން." ޝަހިންދާ ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ސަރުކާރު ފެށުނު ފަހުން ދޫނިދޫ ޖަލުގައި އަންހެނަކު ވެސް މަރުވެފައިވެއެވެ. އޭނާ މަރުވިތާ މިހާރު މަހެއްވާން ކައިރި ވެފައި ވާއިރު އޭނާގެ މަރުގެ ތަޙްޤީޤާއި ބެހޭ ގޮތުން ފުލުހުން ވެސް އަދި ދައުލަތުގެ އެހެން އިދާރާ އަކުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އިއްޔެ އައްސޭރި ޖަލުގައި ގައިދީއަކު މަރުވި މައްސަލަ ވެސް ދައުލަތުގެ އިދާރާއަކުން ތަޙްޤީޤު ކުރާކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޣާދިރު މަނަދޫ

    ދޫނިދޫ ޖަލުގަ މަރުވި އަންހެންކުއްޖާ ވާހަކަ މިހާރު އެއްވެސް ބަޔަކު ނުދައްކަ.. އެމްޑީޕީ ކުދިން މިހާރު ހަދާންވެސް ނެތުނީ ކަންނޭގެ.. ޝަހިދާ މިހެން ބުނުމުން އަނެއްކާ ތިޔަކޮމެޓީން ބޭރުކަންނޭގެ ކުރާނޫ..

  2. ކިންގްފިޝަރ

    ކޮންމެ މީހަކު ކޮންމެ ގޮތަކަށް މަރުވިޔަސް ޒިންމާ ސަރުކާރުން ނަގަންޖެހޭނެތޯ؟ ޒިންމާވާންޖެހޭ ކަންކަމުގައި (މަރު ނަމަވެސް) ޒިންމާ ނަގަންޖެހޭނީ. ކޮންމެ ކަމެއްގައެއްނޫން ދެއްތޯ.

  3. އަހުމަދު

    ކަލެޔަށްތަ އިނގޭނީ ޒިންމާ ވާން ޖެހޭ ފަރާތެއް. މި ދެން މާ އެނގިގެން އުޅޭ އާއިލާއެއް. 2 މީހަކަށް މިނިސްޓަރުކަން ލިބޭ އިރަަށް މަވަރެއް ނެތިގެން އުޅޭ ބައިގަނޑެއް މީ.

    1
    1
  4. އަގްލީ ބެޓީ

    ކަލެއައި އިބްރާ އާއި ދެމީހުންދައްކާ އެއްވެސް ވާހަކައެއް އަޑުއަހާ ހިތެއްނެތް. ތިއީ އެއްވެސް އުސޫލަކަށް ތަބައުވާ ބައިނގަޏޑެއްނޫން.

    2
    2
  5. އާދަނު

    މި ރާއްޖޭގަ އޮންނަނީ ކުއްވެރިންގެ ހައްގު އެކަނި. ދުވަހަކުވެސް އާންމު ރައިތެއް މަރުވުމުން އެއްޗެކޭ ބުނާކައްނޭންގޭނެ

    2
    1
  6. އަބުދުލް ވާހިދު

    ޢިހުމާލަށް ޒިއްމާ ނަގަން ޖެހޭނެ އެކަމަކު ޒިންމާ ނަގާނީ ކާކު؟

  7. ލަގޮޓިބެ

    ވަކި ބަޔަކު ވެރިކަމުގައި ތިބޭއިރު ހީވަނީ ޖަލުން މީހަކު މަރުވެއްޖެނަމަ ގިޔާމަތް ވެގެން އުޅޭހެން

    1
    1
  8. މޯދީ

    އެއްކަލަ ލާދީނީ ކަލޭގެ އަނގަ ފަޅައިފި

  9. ޙާސަރު

    ކޮށްކޯ ޒިންމާ ނަގަންޖެހޭ ފަރާތެއް އެނގޭނީ މަހުސަރުދުވަހުން
    ކޮންމެވެސް އެއްޗެކޭ ބުނެލީ ދޮ މެދެލްޖަހާލަން ލދނ

  10. ނުރަބޯ

    މަރަކީ ދައުލަތަށްވެސް އެކަން ވިޔަނުދީ ހިފެހެއްޓޭނެ ކަމެއްނޫން. މަރުގަންނަވާ ފަރާތްޕުޅުން އަންގަވަނީ “ވަގުތު ޖެހުމުން ސާޢަތެއްގެ އިރުވެސް ލަސް ނުކުރައްވާ ގެންދަވާނަމޭ”. ނަމަވެސް ކަމާބެހޭ ފަރާތުގެ އިހުމާލުން، ފަރުވާދޭންވެފަ، ނުދެވި މީހަކު މަރުވެއްޖެ ނަމަ އިހުމާލުވީ ފަރާތް ކުށްވެރިވާނެ.

  11. ދދ

    ރާއްޖޭގެ ޖަލުތަކުގައި އާއި އެހެން ތަންތަނުގައި
    ގޮތްނޭންގޭ ގޮތަށް މީހުން މަރުވަމުން މިދަނީ
    ކަންބޮޑުވާ މިންވަރަށެވެ މިކަންކަމާދޭތެރޭގައި
    ސަރުކާރުން މާބޮޑަށް އަޅާލާ ތަނެއް ނުފެނެ
    އެވެ. މި މަރުތަކުގެ ތަހްގީހިންގައި ސައްހަ
    މައުލޫމާތު އާއްމުކުރުމަށް ކަމާބެހޭ ފަރާތްތަކަށް
    ގޮވާލަމެވެ.

  12. މިއަދު

    ހޮސްޕިޓަަލުގައި މަރުވާމީހުންގެ ޒިންމާ އެތަގެ ވެރިން ނަގަންޖެހި ގޭގައި މަރުވާމީހުންގެ ޒިންމާ ޢާއިލާއިން ނަގަންޖެހޭކަމަށްވާނަމަ އެއީ އަމިއްލަ ބާރުން ހިފެހެއްޓިދާނެކަމެކޭތަ ތިބުނަނީ

  13. ސްކޯރޕިއަން

    ޖަލުތަކުގައި މީހުންމަރުވެގެން ތަޙްޤީޤެއް ހިންގޭނެ އެއްވެސް ކޮމިޝަނެއް އަދި މިނިވަން ޕަބްލިކް އިންސްޓިޓިއުޝަނެއް ނުއުފެދޭނެ! އެކަންތައް އެވޭލާޒަމާނުއް ސުރެން ވާރުތަކުރާ ބައްޔެެއްހެން މައްސަލަބެލިޔަނުދީ ފެތުރެމުންދަނީ ސަޤާފީ ކަމެއްގޮތުގައި! ނިކަންބަލަމާ ކުށްވެރީންގެ ނިސްބަތުން މަރުތައްގިނަ! އެކިއެކި އިންސާނީ ހައްޤުތަކާއިޚިލާފު އަނިޔާކޮށް އެތައްބަޔަކު އެއަނިޔާތަކަށް ފަރުވާނުލިބި ދުނިޔެދޫކޮށް ގޮސްފައިވޭ! ވަކިމީހަކު ވެރިކަމަށް އަޔަތީ ހުއްޓޭކަމެއްނޫން! އެވެސް ޖަލަށްފައިސާދީގެން ޖަލުގަތިބޭކުށްވެރީން ލައްވާ މީހުންގެ ފުރާނަ ދުއްްވާލާފައިވަނީ ކިހާވަރެއްކަމެއްވެސް ނޭގޭ! މިވެސް ހިގާކަމެއް! މިކަންތައް ހައްދުފަހަނަޅައި ގޮސްފައިވޭ މައުމޫނުގެ ރަންތިރީސް އަހަރުތެރޭ، ކޮންމެއަކަސް ކޮޅުންލާ ކަމެއްނޫން! އިންތިޚަބާއި ދިމާކޮށް ގިނަވާނެ! ސަބަބަކީ ގޭންގްތައް ކޮންޓްރޯލްކުރާނީ ދައުލަތުގައި އެކަމަށް ކަނޑަޅައިތިބޭ ބޭކަލުން. ކޮންމެއަކަސް ވަރަށްހިތާމަވެރިކަމެއް.