ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، އަޅުވެތިކަމުގެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިއުމަށް މަގުފަހިވާ އެއްކަމަކީ ވެރިކަމުގެ ފަރާތުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ބޭއިންސާފާއި ފަސާދަ އާއްމުކުރުމާއި ރައްޔިތުންނަށް ތަހަންމަލު ކުރަން ނުކުޅަދާނެ ހާލަތެއް މެދުވެރިކުރުންކަމަށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ހުރަވީ ދުވަހުގެ މުނާޞަބަތުގައި އިމްރާން ދެއްވި ޚިޠާބުގައި މިހެން ވިދާޅުވިއިރު، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިއްމު އަދި އެންމެ އަސާސީ ރުކުނަކީ ފަސާދައިން އެއްކިބާވެފައިވާ ދެފުށް ފެންނަ ހެޔޮވެރިކަމެއް ކުރުންކަމަށްވެސް ވިދާޅުވިއެވެ.

"ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، އަޅުވެތިކަމުގެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔުމަށް މަގުފަހިވާ އެއްކަމަކީ ވެރިކަމުގެފަރާތުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ބޭއިންސާފާއި ފަސާދަ އާންމުކޮށް، ރައްޔިތުންނަށް ތަޙައްމަލުކުރަން ނުކުޅަދާނަ ޙާލަތު މެދުވެރިކުރުން. އަމިއްލަ ޤައުމުގައި އަމިއްލަ ވެރިކަމުގެ ދަށުގައި ރައްޔިތުން ބިކަވެ ނިކަމެތިވެގެންދިޔުން. އެހެންކަމުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމު އެންމެ އަސާސީ ރުކުނަކީ ފަސާދައިން އެއްކިބާވެފައިވާ ދެފުށްފެންނަ ހެޔޮވެރިކަމެއް." އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އިމްރާން ވިދާޅުވީ އިންސާނީ ތާރީޚަށް ނަޒަރު ހިންގާލާއިރު، މުޖުތަމަޢުތަކާއި ޤައުމުތައް އަނެކުންގެ އަޅުވެތިކަމުން ސަލާމަތްވެ ރައްކާތެރިކުރެވިފައިވަނީ ޤައުމިއްޔަތުގެ ސިފަތައް އަށަގަނެ، ޙުއްބުލްވަތަންގެ މަތިވެރި އިހުސާސް އެބައެއްގެ ހިތުގައި ބިންވަޅު ނެގި، އެބައެއްގެ ދީނާ ޤައުމަށްޓަކައި ޖާނާއި މާލުން ފިދާވާން ތައްޔާރަށް ތިބި ބަޔަކަށްކަމަށެވެ.

ހަމައެހެންމެ، މިއަދާ ހަމައަށް ދިވެހި ޤައުމު މިނިވަންކަމާއި އިސްތިޤުލާލާއެކު ކުރިއަށް ގެންދެވިފައި މިވަނީ ކާބަފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުންކަމަށާއި ދިވެހި ޤައުމަށް އުދުވާނެއް ކުރިމަތިވި ކޮންމެ ފަހަރަކު ކާބަފައިންގެ އަބްތާލުން ދައްކަވާފައިވަނީ ހުއްބުލްވަތަނުގެ މަތިވެރި މިސާލުތަކެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދާ ހަމައަށް ދިވެހި ޤައުމު މިނިވަންކަމާ އިސްތިޤުލާލާއެކު ކުރިޔަށްގެންދެވިފައި މިވަނީ ކާބަފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުން. ދިވެހި ޤައުމަށް ބޭރުގެ ޢުދުވާނެއް ކުރިމަތިވި ކޮންމެ ފަހަރަކު ކާބަފައިންގެ އަބްޠާލުން ދައްކަވާފައިވަނީ ޙުއްބުލްވަޠަންގެ މަތިވެރި މިސާލުތަކެއް! ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވަކިތަކުން ސަލާމަތްވެ، ދިވެހި ޤައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާކުރެވި ދިވެހިންގެ ޝަރަފާ ކަރާމާތް ޙިމާޔަތްކުރެވިފައިވަނީ، ﷲ ގެ ރަޙުމަތަށްފަހު އިސްލާމްދީނާ، ދިވެހި ޤައުމުގެ ޙިމާޔަތުގައި ކާބަފައިންގެ އަބުޠާލުން ދެއްކެވި ސާބިތުކަމާ، ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުން." ޝައިޚް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޙަސަން އަޙުމަދު

  ދުލުގެ އެއްވެސް އަގެއްނެތް މީހެއް.

 2. ޙަސަން އަޙުމަދު

  ވަޒިފާގެ ދަހިވެތިކަމުގައި ނަގޫ ފިތިފައިހުރި މީހެއް.

 3. މޯދީ

  ދީނީ ތާކިހާ އަޅައިގެން ދީނީ އިލްމްވެރިން ކަމަށް ހެދިގެން

  ތިބެ މަޤާމާއި ދުނިޔޭގެ ޖާހަތާ މަންފާ އަށްޓަކައި ދީން

  ވިއްކުމަކީ ކޮންކަހަލަ ކަމެއްކަން އެނގޭތަ؟

 4. ރަށްފުށު މީހާ

  ކައުންސިލް ތަކުގެ ވެރިންގެ ދަރިން ރަށްރަށުގެ ހެދި ފައި ހުންނަ އުސޫލް ތަކުގެ ގަވާޢިދުތަށް ފުނޑު ކުރަނީ

 5. މުގުރާން

  މިއަދު އަޑުއަހާލާމީހާއަށް އަސަރެއް އިހްސާސްވެއެވެ. އެހެންމީހުންގެ ބޮލުގައި ކަންކަން އެޅުވުމުގެ ބަދަލުގައި ތިމާގެ މާޒީގައި ދެއްކުނު ވާހަކައިން ގައުމުގެ ފޭރާމަށް ވީގޮތަކާމެދު ވިސްނަވާލެއްވިންތޯ؟؟ ކޮބާތޯ ދެއްކެވި ސަބޫތު

 6. ރަށުމީހާ

  ރަށްޔިތުން ހަލާކު ކުރަނީކވެރިން

  ރަށްހަލާކުކކުރަނީަކަުންސިލްތަކުގެ ވެރިންގެދަރިން

  ހައްލެއްނެތް ވަބާއެެ.

 7. ޢިބްރާހިމް

  ާއަދުލެއް އިންސާފެއްނެތް ކޮންމެތަނެއްގައި ފާޅުވެގެންދާނީ ފަސާދަ. ޢަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައިފައިތިލަސާބިތުކޮއްގެނަތިބި ސައްތައިންސައްތަ އިސަލާމުންކަމަށްވީހިނދު އަޅުގަނޑުމެން އަމަލުކުރަންވީޤާނޫނު ވަނީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނާ ހަމައަށްގެނެސްދީފަ. ޢެޤާނޫނަށް އަމަލުނުކުރާހާހިނދަކު އަޅުގަނޑުމެން ދާނީ ނިކަމެތިވަމުން އަޅުވެތިވަމުން. ޢޯކޭ

  • މުހައްނަދު

   ތިޔަ ވިދާޅުވީ އަސްލު އިމްރާން ބުނަން ޖެޙޭ ގޮތަށް

   1
   1
 8. އާބެ

  ޥެރިން

 9. މަ

  ކޮބއަތަ ކުރިން ގެންގުޅު އަފުރާ ސީމްގެ މަރާބެހޭ ގަނޑުތައް.

 10. މުހަންމަދު އަޙްމަދު

  ދެން އިގެދާނެ ވެރިން އަނިޔާވެރި ނުވާކަމެއް ރައްޔިތުން ބޭނުންވާ ކަންކަން އަދާ ހަމަޔަށްވެސް އެ އުޅެނީ ނުވެގެންވިޔާ ދެންކީކޭ
  ކިޔަން އޮން ނާނީ ، ވެރިން އަނިޔާވެރި ނުވާނަމަ މިހާރުން މިހާރަށް ހުޅުމާލޭގައި ހަދާ ހިޔާ ފުލެޓްތަކާ ނުކުޅެ އަމިއްލަޔަށް ފުލެޓް
  ތަށް ހަދައިގެން ރައްޔިތުންނަށް ފުލެޓްތަށް ދީބަލަ ކޮންމެހެން ނުޖެހޭ ދޯ އެހެން ވެރިޔަކު އަޅާ ދީފައި ހުރި ފުލެޓް ތަކަކާއި ކުޅެ އެތަން ބަދަލް ކުރާކަށެއް ތިމާމެންގައިގަ އެފެންވަރު ނެތިއްޔާ ޤައުމު ހިންގޭ ވަރުގެ މީހުންނާއި ހަވާލުކޮށްފައި މަޑުން ބަސް އަހައިގެން ތިބެބަލަ

 11. ޭެމެެން

  ޥެލް ސެއިންގް

 12. ޑެއިލް

  އިންޑިޔާއަށް ގައުމު ވިއްކާލާފަ އަނދުން އަޅުވަން ކޮސްގޮވަނީ

 13. ާއަދުރޭ

  މި އިމްރާންއަކީ އަކީ ވަރަށް ލަދު ކުޑަ މީހެއް ދީނީ ޢިލްމްވެރި އަކަށްވެ ހުރެ އަދި ހޯމްމިނިސްޓަރކަންވެސް ކުރާއިރު ދިވެހިންގެ ބަޔަކު ދީނަށްފުރައްސާރަ ކުރާއިރު މަގާމްގެ ބޭނުމުގަ އެއްޗެއް ބުނަން ނުކެރިހުރި މީހަކު މިހާރު މިއަގަފެޅީ އަމިއްލަ ފއިން އެރުނީބާ!

 14. ކަލޯ

  ޢިިލްމުވެރން. ލާދީނީސަރުކާރަށް ސަޕޯޓުދޭ ޢިމްރާން. އިސްލާމީއުއްމަތް ހަލާކޔވެ އެއްމެން ކާފިރުވާއިރު ބަލަން ތިބެނީ ކުޑަ ބހެއް ބުނެ ލާފައި. ބިރެއްވެސް ނުގަނޭތަ؟ ޢިލްމަށް ޚިޔާނާތްތެރި ވީމީހުންނަށް ޖަޒާ ލިބޭ ދުވަސް މަތިން ހަނދުމެސް ނެތީދޯ.