ރާއްޖޭގެ ތާރީޚުގައި ދިގު ވެރިކަމެއް ކުރުމުގެ ފުރުޞަތު ރައީސް ޔާމިނަށް ލިބިގެން ދިޔަކަމަށް، ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި، ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުގެ ސިޔާސީ ޞަފްޙާ ނިމިއްޖެ ރައީސް ޔާމީނާއި އެކު. ރައީސް ޔާމީން އަޅުގަނޑަށް ދެއްވީ ހެޔޮކަމެއް ކޮށްދިން މީހާއަށް ތެޔޮހަމެއް ދިން އިނާމް އަޅުގަނޑަށް ލިބުނީ. އެ ދެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގޭކަމެއް. ބައެއް ބޭފުޅުންނަށް ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ވަރަށް މޮޅު ބޭފުޅަކަށް ވެދާނެ." ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ ފުރަތަމަ އެއްއަހަރު ތެރޭގައި އެއްވެސް ފަރާތަކުން ސަރުކާރަށް ޖެއްސުން ނުކުރާ ކަމަށާއި، ގާތްގަނޑަކަށް ވިހި އަހަރުގެ ވެރިކަމެއް ކުރުމުގެ ފުރުޞަތު ލިބުނު ނަމަވެސް، ފަސް އަހަރު ހަމަކޮށް ވެރިކަމުން ދުރަށްދާން ޖެހުނީ އަމިއްލަ އަށް ހެއްދެވި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޔާމީނާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑު ނުދެކެން އިނގޭތޯ ރައީސް ޔާމީނަކީ ހަމަ ހަޤީޤަތުގަވެސް އެވަރުގެ މޮޅު، ސިޔާސީ ވިސްނުން ތެރިއެއް ކަމަކަށް. މިސާލަކަށް ރައީސް ނަޝީދުމެން ކަހަލަ ބޭބޭފުޅުން ކަންކަން ކުރައްވާގޮތަށް ބަލާއިރު އެ ބޭފުޅުން ވަރަށް ރަނގަޅު، ސިޔާސީ ގޮތުން ރަނގަޅު ހިސާބު ޖައްސަވާ. ނަމަވެސް ރައީސް ޔާމީނަށް ލިބިވަޑައިގަތީ ރާއްޖޭގެ ފަހުގެ ތާޜީހުގައި އެއްވެސް ބޭފުޅަކަށް ނުލިބޭވަރުގެ ރަނުގެ ފުރުޞަތެއް. ރީތި ވެރިކަމެއް ކުރަން އިނގޭތޯ. އަނެއްކާ ލިބުނު އިރުގަ ލިބުނީ ރައްޔިތުން މަޖިލީހާވެސް އެކު. ދެހާސް ތޭރަ ލިބިފަ ދެހާސް ސާދަ ލިބުނު."ޑރ.ޖަމީލް ވިދާޅުވުއެވެ.

ޑރ.ޖަމީލަކީ 2013 ވަނަ އަހަރު، ރައީސް ޔާމީނުގެ ރަނިންމޭޓެއްގެ ޙައިޞިއްޔަތުން، ޕީ.ޕީ.އެމް އަށް ވެރިކަން ހޯދައިދޭން ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޑރ.ޖަމީލް މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި އަންނަ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާ ގޮނޑިއަށް ކުރިމަތިލައްވަން ވަނީ ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Miadhu

    ޖަމީލުބުނިކަމުގައިވިއަސް އެއީ ވ ރަހަޅުވާހަކައެެް ރަގަޅުވާހަކަ ހަމަވާނީ ރަގަޅު ދޮގުވާނީހަމަދޮގަށް 20 އަހަރުވއެިކަން ކުރާނެ ފުރުސަތުވެސް ފަހިވާންއޮތް ހެދުނުގޯސްތަކަކުން ފުރުސަތުގެއްލުނީ ރައިސްޔާމީނަކީ އަދިވެސް މިގައުމުގެ ވެރިކަމަށް ގެންނަވީ ހަމައެކަނިލީޑަރު އެއީ ގައުމީ ވިސްނުމަކުން ވިސްނާނަމަ ޢާއިލީ އަދި ފަރުދީ ވިސްނުމުގައި ގެންގުޅޭ ފިކުރުން ރައިސްޔާމީނަށް ނޫނެކޭބުނީ

  2. މަންދީމަންދީ

    ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ހަ ދާއިރާއެއްގެ ޕްރައިމަރީ ބާއްވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ބުމް ބުމް ބޭބީ ޕްލީޒް ޕްލީޒް މަމެން ކަމް ބެކް ކުރަނީއޭ އިނގޭތޭ ތަމެން މަމެން ޕިންކީން އަދި ޕީއެންސީން މަޖްލީހުގެ އިންތިޚާބަށް ވާދަ ކުރަން މަމެން މަގުމެދުން ހިނގާފައިދާއިރު މަމެން ކުރިމަތިން މަގު ހުރަސްކުރަން ނަހަދާތި އިނގޭތޭ ގުޑް ޖައްސަންވީއޭ ލާރޖް ކޮށް ކެމްޕެއިން ދެން ޖައްސަންސާސްޓިކް ޖައްސާ ޖައްސާ ގުޑް ޖައްސާސްޓިކް އޯއް މަންދީ މަންދީ މަންދީ..

  3. ޭއެކުވެރިޔާ

    ޖަމޭެލުމެން ތިވާހަދެއްކީމަ ގަބޫލުކުރާނީކާކު ދިގު30އަހަރުގަވެސް މިގައުމައްނުގެނެވުނު ތަރައްގީ ގެނެސްދައްކާފައެހުރީ އެވަރުގެ ވެރިެއެއް މިގަުމައް އަދިމިހާތަނައް ވެރިކަަކައްނާދޭ