އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޮންގްރެސް ޕާޓީއާ، ޕީޕީއެމް ގުޅިގެން ހަދާފައިވާ ކޯލިޝަންގެ ޕްރައިމަރީ ހަ ދާއިރާއެއްގައި މިއަދު ކުރިއަށް ދިޔައިރު ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސިއްދީގު ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ.

ތުލުސްދޫ ދާއިރާއަށް ވާދަކުރެއްވި ސިއްދީގު ކަމިޔާބު ހޯއްދެވީ ކުރީގެ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތާއި ވާދަ ކުރައްވައިގެންނެވެ. ސިއްދީގަށް 203 ވޯޓު ލިބުނުއިރު، ނާއިފް އަށް ލިބުނީ 136 ވޯޓެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާފައިވާ ޝިފާގް މުފީދު (ހިސްޓޯ) އަށް ވަނީ މިއަދު ނާކަމިޔާބާއި ކުރިމަތިވެވަޑައިގެންފައެވެ. ހިސްޓޯ ވާދަކުރެއްވީ އަލިފުށި ދާއިރާއަށެވެ. އޭނާ އަށް ލިބުނީ 148 ވޯޓެވެ. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރި އަހްމަދު ހުސޭން ވަނީ ހިސްޓޯއަށް ވުރެ އިތުރަށް 47 ވޯޓު ހޯއްދަވާފައެވެ.

އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު، ވަނީ ފެލިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރައްވާފައެވެ. ފަޒުލް ޓިކެޓް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޕްރައިމަރީ އަކާއި ނުލާ ގިނަ ފަރާތްތަކަށް ޓިކެޓް ދީފައެވެ. ނަމަވެސް އަދިވެސް ބައެއް ދާއިރާތަކަށް ނެރޭނެ ކެންޑިޑޭޓުން އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަނާނަ މޭން

    ތުލުސްދޫއިން ތިމީހާއަށް ވޯޓްދޭނީ މޮޔާން

  2. ވގ

    ބާގަ

  3. ޝަރީފް

    ކޮންކޯލިޝަންއެއް ގުޅޭނެ ބަޔަކު ނުވީމަ އަމިއްލެއަށް އަމިއްލަ ޕާޓީ ދެފަޅިކޮށްގެން ހެދި ޚޯލީށަން ލަދުވާހަކައެއްދޯ

  4. ހަސަން

    ތުލުސްދޫ ދާއިރާގެ ރައްޔިތުންނަށް ހެނދުނުގެ ނާސްތާ އަށް ބާރގަ ލިބޭގޮތް ވާނެ ކަމަށް އުންމީދު ކުރަން....

  5. މިއަދު

    ގިނަކެންޑިޑޭޓުން ވާދަކޮށް އެއްބޭފުޅަކު އިންތިޚާބެއް ކާމިޔާބުކުރުމަކީ ހަމަވާނެގޮތް އެއަކީ ދެންތިއްބެވި ބޭފުޅުން އެކަމަ ނަފުރާތުވަންޖެހޭކަމެއްނޫން ރާއްޖޭގައި މިއޮންނަ ޑިމޮކުރަސީގައި އެކަން އެގޮތަށްނުވެ ބަލިޤަބޫލުކޮށް ޕާޓީގެ މަސްލަހަތައިގެން ކުރިއަށް ނުދެވޭކަމީ އަދިވެސް ދެރަވަރުކަމެއް އަޅުގަނޑު އުއްމީދުކުރަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިކަމުގައި ރީތި ފުރިހަމަ ނަމޫނާއެއް އެހެންޕާޓީތަކަށްދައްކައިދޭނެކަމަށް

  6. މަސްވެރިޔާ

    ހިސްޓޯ ބާކީ ނުވާނެ؛ ރ.ޔާމިނަށް ދެގޮތެއްނުވެހުރި ހިސްޓޯއަށް ރިޒަވް ދާއިރާއަކުން ފުރުސަތު ދިނުން މުހިންމު.
    ހިސްޓޯއަކީ ވ ކެރޭ ޤާބިލް ބޭފުޅެއް. .