ރައްޔިތުން މަޖިލިސް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން މަގުމަތީގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހުނު އެކްސިޑެންޓްގައި އަނިޔާވެފައި 16 އަހަރުގެ ދެ ކުއްޖަކަށާއި، 26 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ 1:00 ހާއިރު މަޖިލިސް ކައިރިން ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލު، އެ މަގުން ދިޔަ އެހެން ސައިކަލެއް ކައިރިން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނީ ޕާކު ކޮށްފައި އޮތް ކާރެއްގައެވެ. ފުލުހުން ބުނެފައި ވަނީ އަނިޔާވި ދެ ކުދިންނަކީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުގައި ތިބި ދެ ކުދިން ކަމަށާއި، ދެ ކުދިންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެ ދެކުދިންނަށްވެސް މިހާރު ދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ.

އެކްސިޑެންޓުގައި އަނިޔާވީ ދެ ފިރިހެނުން އައިޖީއެމްއެޗްއަށް ގެންދިޔައީ ފުލުހުންގެ ވެހިކަލްގައެވެ.

މަންޒަރު ދުށް މީހަކު ބުނީ، އަނިޔާވި ޒުވާނުން ނަގައިގެން ދިޔައިރުވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ބައިވަރު ލޭ ހުރިކަމަށްވެސް އެ މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު