ށ. އަތޮޅު ފޭދޫގައި ދަންޖެހިފައި ހުރި އަންހެނަކު ސަލާމަތްކޮށްފިއެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް "ވަގުތު" އަށް ވިދާޅުވީ ދަންޖެހިފައި ހުއްޓާ ސަލާމަތް ކުރެވުނުއިރު، ވާގަނޑުގެ ސަބަބުން އެމީހާގެ ކަރުން ލޭ އައިސްފައިވާކަމުގައެވެ.

އެމީހާއަށް މިހާރު ދަނީ އެރަށު ޞިއްޙީ މަރުކަޒުގައި ފަރުވާދެމުންނެވެ.

މިކަމާ ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެހުރި ފަރާތްކަމުގައިވާ އިބްރާހީމް ނައީމް ވިދާޅުވީ، ދަންޖެހިފައި ހުއްޓާ ސަލާމަތް ކޮށްގެން ގެނައި މީހާގެ ޞިއްޙީ ހާލަތު ރަނގަޅުކަމަށާއި، ޙާލަތު ސްޓޭބަލް ކަމަށެވެ.

"މި ވަގުތު ޕޭޝަންޓް ހަމަ ސްޓޭބަލް، އެއްވެސް މައްސަލައެއް ނެތް." އޭނާ ވިދާޅުވިއެވެ.

މި ފަހުންވެސް ރާއްޖޭގައި ވަނީ ދަންޖެހުމުގެ ޙާދިސާއެއް ހިނގާފައެވެ. ހަމައެހެންމެ، އަމިއްލައަށް ގައިގައި ރޯކޮށްލުމުގެ ޙާދިސާއެއްވެސް ވަރަށް ފަހުން ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    މިކަން ފިސާރި ރަގަޅަށް ބެލު ން މުހިއްމު އެއީ ފަރުދީގޮތުން ދީނީގޮތުން ވެސް އަދި ސުވާލަކަށް ފަހު ސުވާލެއް ކުރަން ޖެހޭ ކޮންމެޔަކަސް ހިތާމަ ހުރިކަމެއް މިކަމުގައި ފުރާނަ ސަލާމަތް ކުރިފަރާތަށް ހެޔޮދަރުމަޔާ ސަވާބު މިންވަރު ކުރަށްވާށި އާމީން

  2. ސިކުޑި

    މިގައުމައް ކިހިނެއްތޯ ވެގެން މި އުޅެނީ..ކަނޑުގަ މަރުވަނީ.. އެއްގަމުގަ މަރުވަނީ.. ދަންޖެހިގެން މަރުވަނޫ. ފަތުރު ވެރިން ގެނބިގެން މަރުވަނީ..ހާދަ މަރެކޭ މިދިޔަ 80 ދުވަސްތެރެ..

    • ަާއޭނާރކީ

      މަރަކީ ސިޔާސީ ކަމަކުން ވާކަމެއް ނޫން

  3. ހުސެއިން

    ކީކުރަންތަ

  4. ހޯރަބޭ

    ކުފުރު މަރުނުާށެވެ ތިޔަބައިމީހުން

  5. Anonymous

    އީމާން ކަމުގެ ކަން ފުޅެއްވެސް ނެތީ.