ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ދަނީ ފަނޑިޔާރުންނާއި މުޅި ޖުޑިޝަރީ ކޮންޓްރޯލް ކުރުމަށްކަމަށާއި، އެކަންކަން ސާބިތުކޮށްދެވޭނެކަމަށް އަދި އެކަން ވަރަށް އަވަހަށް ފަޅާއަރުވާލާނެކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިއަދު، އީވާގެ ޓްވީޓެއް ރިޓްވީޓް ކުރައްވާ ވިދާޅުވީ، ފަނޑިޔާރުންނާއި އަދުލް އިންސާފު ޤާއިމު ކުރުމުގެ ދާއިރާ، ނަޝީދުގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތައް އީވާއަށް ނޭނގޭކަމަށެވެ.

މީގެއިތުރުން، އަލްހާން ވަނީ އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން ކޯޓުތައް އިސްލާހު ކުރުމުގެ ނަމުގައި ކުރަމުންދާ ކަންކަން ފަޅާއަރުވާލުމުގެ ކުރީގައި އެއްވެސް އެއްޗެއް ނުބުނެ މަޑުން ތިބުން ރަނގަޅުވާނެކަމަށް ވިދާޅުވިއެވެ.

"އީވާ އަކަށް ނޭނގޭ މުޙައްމަދު ނަޝީދު ފަނޑިޔާރުންނާއި ޖުޑިޝަރީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ވަރެއް. އަހަރެންނަށް އެނގޭ. އަހަރެންނަށް އެކަން ސާބިތުކޮށްދެވޭނެ. އެހެންވީމާ ރަނގަޅުވާނެ މިކަންކަން އަހަރެމެން ފަޅާއަރުވާލުމުގެ ކުރިން އެއްޗެއް ނުބުނެ ތިބިއްޔާ." އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީގެ އެޖެންޑާ 19 ގައި ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.

ނަޝީދުގެ ވެރިކަން ވެއްޓެން ދިމާވި މައިގަނޑު އެއް ސަބަބަކީވެސް ސިފައިން ލައްވާ ފަނޑިޔާރެއް ހައްޔަރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުރައްކަލޭ

    ކޮން އެޖެންޑާ 19 އެއްތޭ އެއްވެސް އެޖެންޑާ 19 އެއް ނޯންނާނެއޭ އިނގޭތޭ ތިޔާ އެޖެންޑާ 19 ތަމެން އޮޅާލަބަލަ ރިޔާސީ އިންތިޚާބުގައި އިބޫ ވާދަ ކުރިއިރު ޖޭޕީ އާއި އަދާލަތާއި އެމްއާރުއެމްގެ 4 ޕާރޓްނަރުންގެ މެދުގައި އެއްބަސްވެފައިވަނީ ގުޅިގެން މަޖްލީސް އިންތިޚާބުގައި 2019 ވަނަ އަހަރު ބައިވެރިވާން އެކަން ނުކޮށް ތަމެން ދޮންބަންޑާރައިންގެ ޒިކުރާ އާކުރާ ޖަލްސާ ގައި ބައިވެރިވުން އެއީ ތަމެންނާއި ނުގުޅޭ ކަމެކޭ ކޯލިޝަން އެއްބަސްވުމަށް އިހްތިރާމް ނުކުރާނަމަ އެއީ ނުރައްކާތެރި އާލާތް ގަނޑެކޭ ނުރައްކަލޭ ނުރައްކަލޭ ނުަރައްކަލޭ...

  2. ހދ

    ފަޅާަ އަރުވާލަން ތާއީދުކުރަމެވެ

  3. ސުމްސާ

    1 ފެބްރުއަރީ ގައި މުޅި ގައުމު ސިއްސުވާލި ޙުކުމް އެމްޑީޕީއާ ޔޫރަޕްގެ ގައުމުތަކާ އިންޑީޔާއަށް ކަމުދިޔަ އަދި އެ ހުކުމް ތަންފީޒުކުރަން ތަކުރާރުކޮށް ގޮވަމުންދިޔަ... އެގޮތަށް އެމްޑީޕީ ބޭނުންވާ ގޮތަށް ހުރިހާ ޙުކުމެއްކޮށް ސެކިއުލާ ޝަރުއީނިޒާމެއް ޤާއިމުކުރުމަށް ޝަރުޢީދާއިރާ އިސްލާހުކުރުމޭ އެ ކިޔަނީ.. މިހާތަނަށް އަންނިއަށް ކަމުނުދިޔައީ އެމީހުން ނުރުހޭގޮތަށް ކޮށްފައި ހުރި ޙުކުމްތަކާއި މަރަށް މަރުހިފުމަށައި ހައްދުޖެމަށާއި މިކަހަލަ ޔޫރަޕު މީހުން ގޯހޭ ބުނާ ކަންކަން... ހިތާމައަކީ މިހުރިހާ ކަމެއް އެނގޭއިރުވެސް ގިނަބަޔު ދީނީ ޢީލްމުވެރިންގެ ގޮތުގައި ބުނެވޭ މީހުންވެސް ހިމެނޭގޮތަށް އަންނިގެ އެޖެންޑާ 19 ފުރިހަމަވާނެގޮތަށް ވާހަކަދައްކާތީ...

  4. އަބޯ

    އޭނަ ޖެހޭނެދޯ ފަނޑިޔާރުން ގޯސްވެހގެން އުޅެން މައިޓް ކުންފުނީގެ ފައިސާގެ މައްސަލާގަ އާއި ފިސްތޯލަ މައްސަލާގަ ފަނޑިޔާރުގޭން ބައްޕަޔަށް ހުކުމްކުރި . އަދި އިފްލާސްކޮށް ގޯތި ވިއްކާލި .ހެންވޭރު ދޯނި އެހިލާ ތަނުގާ ހުރި ލޯންޗެއް ގޮއްވާލައިގެނާއި ވެލާނާގެ އިން 3 ތަޅާ 2 ތަޅުދަނޑީގެ މައްސަލައެއްގާ ހުކުމްކުރި އަނެއްކާ ފަނޑިޔާރަކު ވަގަށް ނަގައިގެން މަށަށް ހުކުމް ކުރި . އެކަމަކު ތިމާގެ ގޯހެއް ތިމާއަކަށް ނުފެނޭ ގޯސް މިވަނީ ފަނޑިޔާރު

  5. ހިތި

    ފަޅާ އަރުވާލާނަމޭ ؟؟؟ ތިމާ މީހާ ހޮރުގައި އޮވެގެން ކުރާކަންތަށްތަށްވެސް ފަޅާއަރާނެ ... ދޮންކަލޯ !!!!

  6. އައމަން

    ކޯންޗެއްފަޅާއަރުވާންތަނަޝީދާނުބެހިހުރެވޭތޯބަލާނަޝީދަކީއިސްލާހުކުރަންއުޅޭހަމައެކަނިމިގައުމުގަހުރިމީހަ

  7. މާޖިދު

    ކޮންޗެއްފަޅާއަރުވަންއޮތީފަނޑިޔާރުގެއިސްލހުކުރަންއަހަރެމެންރައްޔިތުންމިތިބީތައްޔާރުގަ