"ސްވިމް މޯލްޑިވްސް ބާ ބީ.އާރު ކްރޯލް 2019" ގެ ނަމުގައި މީގެ އަށް ދުވަސް ކުރިން ފެށި ތިމާވެށީގެ ފެތުމުގެ ބޮޑު ހަރަކާތުގެ އަށް ބައިވެރިއަކު އެންމެ ދިގު ފެތުމުގައި، ކަނޑު ފަތާފައި 23 ރަށަށް އެރުމުގެ ރެކޯޑް ހަދައިފިއެވެ.

މި ފެތުމުގެ ހަރަކާތް ނިންމާލުމުގެ ގޮތުން މިނިސްޓަރ އަލީ ވަހީދުވެސް ވަނީ މި ހަރަކާތުގެ ބައިވެރިނާއެކު ފަތާފައި، ކައިރީގައި އޮތް ހޮޅުދޫ އިން ކެންދޫއަށް އަރާފައެވެ.

ފެތުމުގެ ހަރަކާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މި ފެތުމުގެ ހަރަކާތް ނިންމި ޓީމުގައި އުމުރުން ހަތް އަހަރުގެ ފެތުންތެރިޔާ އައިޝަތު ނޯޔާއެކު މަޝްހޫރު ގާނޫނީ ވަކީލް ހުސައިން ޝަމީމް, ސްވިޑަންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް މީކޭލް ރޮސިއެން (މައިކް) , އާތިފް އަހުމަދު, އަޒްކާ އާދިލް, އަންވަރު ހުސެއިން (އެފްޑީއައި އަންވަރު), ހުސައިން މުބާހް, އަހުމަދު މުޖުތަބާ މުހައްމަދު ވަނީ މި ރިކޯޑް ހަދާފައެވެ. ފާއިތުވެދިޔަ ހަފްތާގައި މި ޓީމް ވަނީ 43 ކިލޯމީޓަރަށް ފަތާފައެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން ބ. ކެންދޫގައި ވަނީ ޒަމާނީ ދިވެހި ވަންތަ ހަރަކާތެއް ކަމަށްވާ ކުލަ ޖެހުން ބާއްވައިފައެވެ. މި ހަރަކާތުގައި އިސްކޮށް އުޅުއްވީ މިނިސްޓަރު އަލީ ވަހީދެވެ. ހަރަކާތް ނިންމާލުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދިވެހިންނާއި އެންމެ ގުޅޭ ގައުމީ ކުޅިވަރަކީ ފެތުން ކަމަށް ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ.

ފެތުމުގެ ހަރަކާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

"ހަގީގަތުގައި މިއަދު މި ނިމިގެން މިދިޔައީ ވަރަށް ތާރީހީ ހަރަކާތެއް, މި ހަރަކާތުގައި ފަތާފައިވާ ހުރިހާ ބައިވެރިނަކީވެސް ވަރަށް ހިއްވަރުގަދަ ބައެއް " އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އަލީ ވަހީދު އިތުރަށް ވިދާޅުވީ، މިފަދަ ހަރަކާތް ތަކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ ހަރަކާތްތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް މި ހަރަކާތް ފުޅާކުރާނެ ކަމަށާއި، އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މިނިސްޓްރީ ދޭންޖެހޭ ކޮންމެ އެއްބާރުލުމެއްވެސް ދެއްވާނެ ކަމަށެވެ.

ފެތުމުގެ ހަރަކާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މި ހަރަކާތުގެ ބައިވެރިން ފަތާފައި އެރި، މީހުން ދިރިއުޅޭ އަށް ރަށުގެ ތެރެއިން ހަ ރަށެއްގައި ވަނީ އުރީދުއާ ގުޅިގެން ފަތާށާއި ހާދިސާއެއް ދިމާވެއްޖެ ނަމަ ކަންކުރާނެ ގޮތް ބުނެދީ އާއްމުން ހޭލުންތެރިކޮށްފަ އެވެ.

އަންނަ އަހަރު ވެސް މި އިވެންޓް ބާއްވަން ނިންމައިފައިވާ އިރު،
ދެން އޮންނަ މި ފަދަ ދެވަނަ އިވެންޓް އޮންނާނީ ހަ ދިވެހިންނާއި ބައިނަލްއަގުވާމީ ހަ ފެތުންތެރިން ހިމެނޭ ގޮތަށެވެ.

މިއަދު ނިންމާލި މި ފެތުމުގެ ބޮޑު ހަރަކާތް ކުރިއަށް ދިޔައިރު ފެތުންތެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓާ، ލައިފް ގާޑުންގެ ގޮތުގައި އެމް.އެން.ޑީ.އެޕް ގެ އުޅަނދަކާއި، ބ.އަތޮޅުގެ ބައެއް ރިސޯޓުތަކުގެ ލޯންޗްތައް ހަރަކާތެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ގޮތެއް ފޮތެއް ނެތިއުޅުނު މީހަކަށް މިނިސްޓަރުކަން ތަބަކަކަށް ލާފަދިނީމަވެސް ހުންނާނީ ހަމަ ކުރީގަ ތެޅުނުގޮތް!

  • ހިތި

   އާ ... އެއްވެސް ކަހަލަ އުޅުމެއް ހުރިމީހެއްނޫން ... އަބަދު މަޖާކުރުން އޮންނަނީ ވަކި ހައްދެއްވެސް ނޯވެ.. އަބިދަރިންނަށް މީނަޔާއިއެކު އުޅޭމީހުންނަށް ވަގުތެއްވެސް ނުދެވެ... އަބަދާއިއަބަދު މީނަގެ މަޖާކުރުމުގައި ...

 2. ވަތަބަނޑޭރި

  ތިގޮތަށް ފަތާފަ ދެވޭނެ މައްކާއަށްވެސް މަށަށް ދެވިދާނެ އައްޑޫން ތުރާކުނަށްވެސް! ފަތާލާފަ ބޯއްޓަށް އަރާފަ ނިދާލާފަ ކާލާ ބޯލާ! އޭރުވެސް ބޯޓް ބާރު ދުވެލީގަ ބާރަށް ފުލް ސްޕީޓްގަ ދާނެ ! ކުރާ ކޮސްކަންތައް ! މަމެން މިހާރު ޤަސްދު ކުރަނީ ހުވަދޫ ކަނޑުގެ އެންމެ ފުން ހިސާބުގަ މަސްބަތްގަނޑެއް ކައްކަން ! އެތާނގަ ތިބެގެން ކާނީވެސް! ލޮލް

 3. ޭޖޖޖ

  ކުލަ ޖެހުމަކީ ދިވހިވަންތަ ކުޅިވަރެއްތަ

 4. ނުރަބޯ

  ކުލަޖެހުމަކީ ދިވެހިވަންތަ ކުޅިވަރެއްނޫން. އެއީ އިންޑިއާގައި ބުދުދީނުގެ ޢީދެއް ކަމަށްވާ، ހޯލީގައި ކުރާކަމެއް. ހިންދީފިލްމުތަކުން އަހަރެމެންނަށް ފެނޭނު ހޯލީގެ ލަވަ ކިޔަމުން ކުލަޖަހާތަން؟