ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ޣަފޫރުގެ ފަރުވާއަށް ހުރަސް އަޅާ، އަދީބު އެކަނި ޖަލުގައި ބޭއްވުމަކީ އިންސާފެއް ނޫންކަމަށް، އެމަނިކުފާނުގެ އަނބިކަނބަލުން، މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.

ނަޝްވާ މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޖަލަށްލުމަށް ޙުކުމް ކޮށްފައިވާ އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު، އަބްދުﷲ ޒިޔަތު މިއަދު ގޭބަންދަށް ބަދަލުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"އަދީބުގެ ބޭސްފަރުވާއަށް ހުރަސް އަޅާ، އަދީބު އެކަނި ޖަލުގައި ބޭއްވުމަކީ އިންސާފެއް ނޫން" ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ޓެގު ކުރައްވާ ނަޝްވާ ވިދާޅުވިއެވެ.

ނަޝްވާ އިތުރަށް ވިދާޅުވީ ބޭއިންސާފު ޙުކުމެއްގެ ދަށުން ޒިޔަތު ޖަލުގައި ހުންނަވަނިކޮށް ގެޔަށް ބަދަލު ކުރުމުން އުފާކުރައްވާކަމުގައެވެ. އަދި ޒިޔަތަށާއި އަދީބަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެކަމަށް ނަޝްވާ ވިދާޅުވިއެވެ.

"ބޭއިންސާފު ޙުކުމެއްގެ ދަށުން ޒިޔަތު ޖަލުގައި ހުންނަވަނިކޮށް ގެޔަށް ބަދަލުކުރުމުން އުފާކުރަން. ޒިޔަތަށްވެސް އަދީބަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭ." ނަޝްވާ ވިދާޅުވިއެވެ.

ޒިޔަތު މިއަދު ޖަލު ބަންދުން ގޭބަންދަށް ބަދަލު ކުރައްވާފައިވީނަމަވެސް، އެކަން ކުރެއްވީ ކޮން ސަބަބަކާ ގުޅިގެންކަމެއް ކަރެކްޝަންސް އިން ހާމަ ކުރައްވާފައި ނުވެއެވެ.

ހޮސްޕިޓަލުގައި އޮންނަވަނިކޮށް އަދީބު ޖަލަށް ގެންދެވުނު ފަހުންވެސް، އެކި ފަހަރުމަތިން އަދީބު ވަނީ ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރަށް ދައްކާފައެވެ. މިފަދައިން އަދީބު ގެންނަކަމުގެ މައުލޫމާތު އާއިލާއަށް ނުދޭކަމުގެ ޝަކުވާ، އެފަރާތުން އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކެޔޮޅު

    ޤައުމުގެ ހަޒާނާކައިލާ ވަލިއްޔުލް އަމުރު އަވަހާރަކޮއްލުމަކީ އިންސާފުތޯ ކަމނާ؟؟؟؟

  2. އުހުން

    ތީދޯ މައްސަލައަކީ ކީއްވެތަ އަދީބު ބޮޑުގުޅަވެގެން މިއުޅެނީ. ކޮބާތަ އެހެންމީހުން ޖަލުގަ ތިބި.

  3. ބަޑެކްސް

    ދެ ކަނބަލުން އެކުގާ ޖަލުގައި ތިއްބަަވަން ވީނުންތޯ؟ ޭ ޢޭރުން އަދީބު އެކަންޔެއް ނުވާނެ.

  4. ނާއްކޮ

    އަނބިކަބަލުން ވެސް ޖަލަށް ބަދަލު ކޮށްދޭށޭތަ މޮކިޔަނީ. ނޫނީ އަދީބު ކައިރިއަށް އެހެން މީހަކު ލާށޭތަ؟

  5. ނަސީދު

    ޖަލުގައި ބޭއްވީ ހަމަކުށެއްނުކޮއްތަ ދައުލަތައްލިބެންޖެހޭފައިސާ ދެއްކިޔަސް ވައްކަމުގެ ކުުށުގައި ޖަލުގައި ބަހައްޓަން ޖެހޭމީހެއް މިކަލޭގެ ދޫކޮއްފިއްޔާ ޖަލުގައި ތިބި ހުރިހާމީހުންދޫކޮއްލަންޖެހޭނެ އިނގޭތޯ

  6. ކީކޭ

    ދައުލަތުގެ ފައިސާގައި ޖެހުުނުތަ؟ ނުޖެހެންޏާ އޯކޭ. ޖެހިފައިވާނަމަ ހައްގު އަދަބު ލިބެންޖެހޭނެ. އަދި ފައިސާ ވެސް ދައްކަންޖެހޭ. އޭރުން ނިމުނީ.

  7. ބަކުރުބެ

    އަދީބު އާއި އެކު މަންޖެ ޖަލުގަ އޮވެބަލަ، މާސަޅިވާނެ،

  8. އަލްޖިބްރާ

    އިންސާފު އެގޭނީ ކަލެއަށް އެކަންޏެއް ނޫން ! އަދީބުގެ ބާރު އޮތްއިރު އިންސާފު ހޯދަން ދުވިއެންމެނަށް އަދީބު ހެދިގޮތް ކަލެއަށްވެސް އެގޭނެ ! ދެން އަދީބުބު ގާތުގައި ހުންނަން ބޭނުންނަމަ ކަލޭވެސް އަދީބު ހުރި ޖަލަށް ދަންވީ !

  9. ޙަނާ

    ޖަލުގަ ދެންއެހެންމީހަކު ހަމަ ނެތްތަ؟ ނިކަމެތިމީހާ ކޮބާ؟

  10. މީ

    ޖަލުގަތިބި މީހުން ތައްކޮބާތަ އެކަނިވިށްޔާ މަންޖެ ގެންގޮސް ބަހައްޓާ

  11. އއސ

    އަދީބް އެކަނިތަ ޖަލުގަ އޮތީ.. މިހާރު ހާދަ ފަސޭހަ ވާނެއޭ ދޯ ޖަލު އޮފިސަރުންނަން .

  12. މޫސަ

    މީދެން މިހާރު މީޑިއާތަކުން މާގަދަކުރާ އަންހެނެއް އެކަމު މީއެއްވެސް އެއްޗެއްނޫން. ކަމަނާ އޭނަކައިރަިގައި އޮންނަން ބޭނުންވިޔަސް އަދި އެގޮތަކަށް ހަމަ ޖެހިފައެއްނެތް.

  13. ނުރަބޯ

    އެކަނި އޮންނަން ބިރުގަންނަނީތަ؟

  14. ޣަހހސގ

    އެހެންވީމަ އަންހެނުންވެސް ލާ ޖަލަށް އޭރުން އެކަންޏެއް ނުވާނެ

  15. ފުއާދު

    ތިނޫނީ އަދީބުގެ އަންބެއް ނެތީތަ މާ ބޮޑައް އިގިގެން ތި އުޅެނީ