ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ޔާމީން ރަޝީދު ވަނީ ދާއިރާއަށް ޒިޔާރަތް ކުރައްވާފައެވެ. ކެންޑިޑޭޓަކު ފުރަތަމަ ފަހަރަށް ރަށަށް ޒިޔާރަތް ކޮށް، ރަށުގެ އެންމެންގެ ލޯބި، ޔާމީން ވަނީ ހޯއްދަވާފައެވެ.

ދާއިރާއަށް ކުރެއްވި ދަތުރުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުންވެސް އޭނާ ކުރެއްވި ކަމަކީ، ފެރީ ހުއްޓިގެން ރަށަށް ނާދެވި، ކަނޑުމަތީގައި ތިބި ސްކައުޓު ދަރިވަރުންނާއި ބެލެނިވެރިން ރަށަށް ގެނެސްދިނުމެވެ. އޭނާވަނީ ވަގުތުން ވަގުތަށް މިކަން، އަމިއްލަ ޚަރަދުގައި ކުރައްވާފައެވެ.

ޔާމީން، މަޑުއްވަރީއަށް ކުރެއްވި ދަތުރުގެ ތެރެއިން

މި ދަތުރުގެ ތެރެއިން، އެމްޓީޑީގެ ނައިބު ރައީސްކަންވެސް ކުރައްވާ ޔާމީން ވަނީ މަޑުއްވަރީ ޞިއްޙީ މަރުކަޒަށް ބޭނުންވާ ފަންނީ އާލާތްވެސް ހަވާލު ކުރައްވާފައެވެ.

ޔާމީން، މަޑުއްވަރީއަށް ކުރެއްވި ދަތުރުގެ ތެރެއިން

ހަމައެހެންމެ، އެރަށު ކައުންސިލް އިދާރާއަށް ޒިޔާރަތް ކުރައްވާ ކައުންސިލަރުންގެ ފަރާތުން ރަށުގެ ޙާލަތާއި ޖެހިފައިހުރި ބޭނުންތައް އޮޅުންފިލުއްވިއެވެ. މިއީ މި ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރެއިން މިފަދަ ކަމެއް ކުރެއްވި ފުރަތަމަ ކެންޑިޑޭޓްވެސްމެއެވެ.

މަޑުއްވަރީ މިސްކިތު ލައުޑް އެއް ހަލަކާވެފައިވާތީ، އެމައްސަލައަށް ނިމުމެއް ގެނައުމަށް ޔާމީންވަނީ ލައުޑް އެއްވެސް ހަދިޔާ ކުރައްވާފައެވެ.

ޔާމީން، މަޑުއްވަރީއަށް ކުރެއްވި ދަތުރުގެ ތެރެއިން

މީގެއިތުރުން، މުޅި ރަށުގެ ކުޅިވަރަށް އައު ދިރުމެއް ގެނެސް ދެއްވުމަށް ޔާމީން ވަނީ މަސައްކަތް ފައްޓަވާފައެވެ. މި މަސައްކަތް މިހާރުވެސް ދަނީ މެދުކެނޑުމެއް ނެތި ކުރިއަށެވެ.

އެގޮތުން، އެރަށު ވޮލީ ޓީމަށް ވަނީ އައު އުންމީދުތަކެއް ދެއްވާފައެވެ. އެފަރާތްތަކަށް ބޭނުންވާ ކޯޓާއި ކުޅިވަރު ސާމާނުތައް ހޯއްދަވައިދެއްވުމުގެ ތައްޔާރީތައްވަނީ ވަގުތުން ފައްޓަވާފައެވެ.

ޔާމީން، މަޑުއްވަރީއަށް ކުރެއްވި ދަތުރުގެ ތެރެއިން

ހަމައެހެންމެ، ރަށުގެ ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލު އަހުވާލު ބައްލަވާލައްވާފައިވާއިރު، ޒުވާނުންނާއެކު ބާބަކިޔު ހައްދަވާ މަޖާ ވަގުތުކޮޅެއްވަނީ ހޭދަކުރައްވާފައެވެ.

މި ދަތުރާ ބެހޭގޮތުން ޔާމީން ވިދާޅުވީ މަޑުއްވަރީ ރައްޔިތުން ދެންނެވި މަރުޙަބާ ވަރަށް ފުރިހަމަކަމަށާއި ދެއްކެވި ހިތްވަރު ވަރަށް ޖޯޝީކަމުގައެވެ. ހަމައެހެންމެ، ފެންނަ މަންޒަރު ވަރަށް އުންމީދީކަމަށް ވިދާޅުވެ، ރައްޔިތުންނަށް ޝުކުރުވެސް އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޔާމީނުގެ ފާތުމަ

    ހޮވެންދެން އުޅެނެ ތިހެން ވަރަށް ހެޔޮއެދިގެން.. ރަށުން ތާޢީދު ނެތިގެން، އަދީބު އަތުން ނެގިފަހުރި ފައިދާ އިން ސަލާމަތް ނުވެގެން އުޅޭ ގްރޫޕްގެ އިސް މީހެއްމީ.. މިހެން ލިޔުނީމަ ނޭގެ ވަގުތުން މި ކޮމެންޓް ޖަހާނެ ކަމެއްވެސް .. ދެން ލަލަލާ

  2. ސރ

    ހަމަގާމުވެސް މަށެއް ވޯޓެއް ނުދޭނަން

  3. ބެރޭ

    ތީ ދަޅަ ހުސް. ކަޑަ މީހެއް. އެއް ޕާޓީން އަނެއް ޕާޓީން ދުވާ މީހެއް. ހޮވާނެކަމެއް ނެތް

  4. ޙަސަން

    ކުދިންނޭވެ ހޭއަރާށެވެ. މިފަދަ ސިޔާސަތެއްނެތް ޅަކުދިން މަޖިލީހަށް ލައްިގެން ގަނެވިއްކާ ތަނަކަށް މަޖިލީސް ހަދައިފިނަމަ ދުވަހަކުވެސް މިޤައުމު ނުވެއްޓޭވަރުގެ އަނދަވަޅަކަށް ވެއްޓޭނެއެވެ. ފައިސާއަށް ބޫތުކައިފާ ތިބޭ ޒުވާނުންކޮޅެއް ފަހަތަށް ލައިގެން ވަރަށް ސަޕޯޓްއޮތްކަމަށް ދައްކަން އުޅުނަސް އެއީ ޙަޤީޤަތެއް ނޫނެވެ. ވެލިދޫ ދާއިރާއިން ފޭލްވެގެން މަޑުއްވަރީދާއިރާއަށް ލުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއްނޫނެވެ. މިއީ 2019 އެވެ. ޢިލްމީ ޤާބިލް ތެދުވެރި އިޚްލާސްތެރިން އަދިވެސް އެބައުޅެވެ. ވޯޓްލުމުގެ ކުރިން އެ ކެންޑިޑޭޓެއްގެ މަޒީއަށް ބަލައިލުން ހުއްޓެވެ.

  5. މީރައަލިފް

    ތީއެމްއެމްޕީއާރުސީގެ ލާރި ސިފަ ހުރި ބޭޅާ

  6. ސަޒަން

    ހަމަ ގައިމުވެސް މަށެއް ފެއިލްވެ ވައކަމުގެ ތުހުމަތު އެޅި ފާތިމާ އަށް ޗޮކްލޭޓް ޕެކްކޮށްދިން ޕަޕެޓަކަށް ވޯޓެއް ނުދޭނަން!