ހުޅުމާލެގެ ހަ ސަރަހައްދެއްގައި ފެން ވެރޭނެ ސަރަހައްދުތަކެއް ހަދަން އަނެއްކާވެސް ޕްލޭނިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރއަށް ހުޅުމާލޭގެ 6 ސަރަޙައްދެއްގައި ފެންމާގަނޑު ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން މިނިސްޓްރީއިން ދެވިފައިވާ މަޢުލޫމާތު ކަރުދާހާއި، ބީ.އޯ.ކިއު ބަދަލުވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، ހުޅުމާލެ 6 ސަރަޙައްދެއްގައި ޕަބްލިކް ޝަވަރ އޭރިއާތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރާކަމަށެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބުރުވަރީ 10 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

މި މިނިސްޓްރީއިން މަޢުލޫމާތު ކަރުދާހުގައި އަންގަވާފައިވާގޮތަށް ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުމާލޭގައި މީގެ ކުރިން މިފަދަ މަސައްކަތް ކުރަނީ އެޗްޑީސީންނެވެ. ނަމަވެސް އާސަރުކާރުން ގެންދަނީ ހުޅުމާލޭގެ ބައެއް މަސައްކަތްތައް ސީދާ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ކުރައްވަމުންނެވެ. އެބަދަލު ގެނެސްފައި ވަނީ ކީއްވެ ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަރާ

    ޕްލޭނިންގ މިނިސްޓްރީން ކުރާކަހަލަ މަސައްކަތްތޯ ތިޔައީ. ކަމެއްކުރަން ނެތިއްޔާ އަސްލަމު އިސްތިއުފާ ދޭންވީނޫންތޯ؟ އެޗުޑިސީއަށް އެވަރުގެ ކަމެއްވެސް ނުވީތޯ؟ ދެން ވީނު ފަތްކެޔޮ ހައްދަން ޕްލޭނިންގ މިނިސްޓްރީން

  2. ހަސަން

    އާ.. ތިޔައީ އެންމެން މިހާރު ނުކުރެވިގެން އުޅޭ ކަމަކީ.

  3. ރީނދޫ ބަހުރުވަ

    ހުޅުމާލޭގަ އުޅޭ މީހުން އުޅެނީ ފެން ނުވަރާތަ؟

  4. ދދދދދދ

    ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގަ ކުޅުނު ކުޅިގަނޑު ތި ކުޅެނީ. މިފަހަރު ކިތައް މިލިއަން ކައްޅާ ކޮށްލާނެބާ.

  5. ބލއެއް

    އެޗްޑީސީގެ އިޚްތިޞާޞްގެ މައްޗަށް ވެރިވެގަތް މައްސަލަ ބަލަންޖެހޭ،! ހަމައާއި އިންސާފެއް ނެތޭ ކިޔައިގެން ވެރިކަމަށް އެރި ބަޔަކު ތިޔަ އުޅޭ ފާޑެއް އަދި ކަމަކު ނުދޭ.