އެއްވެސް ސިޔާސީ ޕާޓީއެއްގެ ހުއްދަ ނެތި އެޕާޓީއެއްގެ ކުލަ، އެއްވެސް ފަރާތަކުން ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަލްހާން ފަހުމީގެ ކެމްޕޭނުގައި އެމްޑީޕީ އަށް ނިސްބަތްވާ ރީނދޫ ކުލަ ބޭނުން ކުރަން ފަށައިފައިވަނިކޮށެވެ.

ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕާޓީއެއްގެ ހުއްދަ ނެތި ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައި ވެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އެހެން ކުލަތަކުގައިވެސް އަލްހާންގެ ކެމްޕޭން ޕޯސްޓަރުތައް ފެންނަމުންދާއިރު، ރީނދޫ ޕޯސްޓަރާއެކު އަލްހާން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ކުލައަކީ އެއްވެސް މައްސަލައެއް ނޫންކަމުގައެވެ. ހަލްހާން ގެންދަވަނީ މީސް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރައްވަމުންނެވެ.

"ކުލައަކީ މައްސަލައެއް ނޫން!! އަހަރެން ހުންނާނީ މީހުންނަށްޓަކައި. އަހަރެންނަށް ވޯޓު ދީ. ހުރިހާ ކުލައެއްގެ ރައްޔިތުން، ހަމަހަމަކަމާއެކު ތަމްސީލު ކޮށްދޭނަން." "ޖަޒީރާ ރާއްޖެ" ތީމް އަށް ހަދާފައިވާ އަލްހާންގެ ރީނދޫ ޕޯސްޓަރާއެކު ވިދާޅުވެފައިވެއެވެ.

އަލްހާނަކީ ގިނަ ސިޔާސީ ޕާޓީތަކެއްގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން، އޭނާއަށް ދަނީ ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

2009 ވަނަ އަހަރު އަލްހާން މަޖިލީހަށް އިންތިޚާބުވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ޓިކެޓުގައެވެ. އެހެންނަމަވެސް، ދިމާވި މައްސަލައެއްގެ ސަބަބުން އޭނާވަނީ އެޕާޓީ ދޫކޮށް ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މިއަދު

    އަޅުގަނޑު މިހައްދާ ދަނޑުގައި ވެސް ބައެއްގަސްގަހުގައި އެބަނުކުމޭ ރީންދޫކުލައިގެމާ އަދި ބައެއްވައްތަރުގެ މޭވާ ފީވެހަލަކުވެގެންދާއިރުވެސް ރީންދޫކުލައަށް ބަދަލުވޭ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު ޝަރީފުގެ ކިބައިން އެދެން އަޅުގަނޑަކީ އެމްޑީޕީ މީހަކަށްނުވާތީވެ އެގަސްގަހުގައި ނުކުންނަމަތަކުގެ ކުލަ ބަދަލުކޮށްދިނުމަށް އެއަކީ އަޅުގަނޑުގެ ބަރެއްއޮތްކަމެއްނޫން ނަމަވެސް ޝަރީފުގެ ތި އިންޒާރަށްބަލާއިރު އަޅޫގަނޑު ކުއްވެރިވެދާނެކަމެއްކަމަށްފެނޭ

  2. އޮށްކުލަ

    ސިޔާސީނޫން ކުލައެއް މިހާރު ކުލަފޮށްޓަކުންވެސް ނުފެނޭ.. އަލްހާނު ބޭނުންކުރަން އެންމެ ރަނގަޅުވާނީ މަޑު ކަށިމަތި ކުލައެއް.. އެހެންނޫނީ ނެތް ސަލާމަތެއް..

  3. މޯދީ

    އެއްވެސް މައްސަލައެއް ދިމާވެގެނެއް ނޫން އެމްޑީޕީ އަށް ދިޔައީ. ތި ސޮރާ އެ އުޅޭ ކަރާ ވަހީދާ ދެ މީހުން ފައިސާ ދީފަ ގަތީ.
    ޝަރީފޫ ، ކަލޭ ތި ވަރުން ދަންޏާ އަހަރެމެން ވަކި ކުލައެއްގެ އެއްޗެހި ކައި ބޮއެ ހަދަން ވެސް މަޖުބޫރު ކުރާނެ

  4. މުޞްޠަފާ މުޙައްމަދު

    ޤާނޫނީ ކުށެއް މީހަކު ކޮށްފިނަމަ އެކަމަކަށް ކަނޑައެޅިފަ އޮންނަ ފިޔަވަޅެއް ޖެހޭނީ އަޅަން. ޓްވިޓް ކޮށްލާފަ އެކަން އަންގާކަށް ނޫން ޤާނޫނުގަ އޮންނަނީ. ކޮންމެ މީހަކު ކުރިއަސް ކުށެއް ވާނީ ކުށަކަށް.

  5. ބޮޑުދުފާ

    ޕާޓީ ތަކުގެ ހުއްދަ ނެތި ފިހާރަތަކުން ކުލަ ނުވިއްކޭގޮތަށް ޝަރީފު ހަދާދީބަލަ.

  6. ބޮލު ރޮދި

    ކުލަޔަކީ އެއްވެސް މީހެއްގެ އެއްވެސް ބަިގަނޑެއްގެ މިލްކެއްނޫން ކުލަޔަކީ ތިޔަ ބަިގަނޑޫ ވުޖޫދަށް އައުމުގެ ކުރިން ވުޖޫދުވެފައިވާ އެއްޗެއް އަލްހާނަކީ ސިޔާސީ ރަނޑިއެއް އެހެން ވީމާ އަލްހާނު ކޮށްފަ ނުކުރާނެކަމެއް އެކަކަށްވެސް ނޭނގޭނެ އަލްހާނުގެ ސިޔާ ސީ ހަޔާތުގެ މައްޗަށް ބަލާޅުމުން މިކަން ވަަށް ރަނގަޅަށް ހާމަވެގެންދާނެ

  7. ދޮށިކޮއި ޢަލީގެ މުޙައްމަދު

    އީސީ ޝަރީފޫ ގަމާރުވިޔަކަސް ފުކެއް ބޮޑުވަރު ތީ ، ކުލަތަކަކީ ކޮންމެމީހަކަށްވެސް ބޭނުން ކުރެވޭނެ އެއްޗެއް އެކަމަކު އެވެސް ޕާޓީއެއްގެ ލޯގޯ ނުވަތަ ދިދަ ބޭނުން ކުރެވޭނީ ހުއްދަނަގައިގެން

  8. ކުލަ ފޮށި

    ޕާޓީ ތައް ވުޖޫދަށް އައިއިރުވެސް ކުލަތަށް ވަނީ އައިސްފައެވެ. އެހެންވީމާ ކުލަފޮށްޓާއި ކުލަޓައްޕުގެ މައްޗަށް ޝަރީފަށް ނުފޫޒު ހިންގޭނެ ގާނޫނު ހަދަން ހުށަހަޅުއްވާ . ޝަރީފު ކޮއްފައި ނުކުރާނެކަމެއް ނޯންނާނެކަން ނިމިގެންދިޔަ ރިއާސީ އިންތިޚާބުންވެސް ވަނީ ސާބިތުކޮއްދީފަ

  9. ނުރަބޯ

    އެމްޑީޕީގެ ކުލަ ބޭނުންކުރާތީ އެމްޑީޕީއިން ޝަކުވާކޮށްގެން ދިން އިންޒާރެއް ކަމަށްވާނަމަ އެއީ ވަރަށް އަޖައިބު ކަމެއް. އެެހެނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި، އިބޫގެ ޕޯސްޓަރުތަކާ ބެނާ ތައް ހުރިހާ ޕާޓީތަކެއްގެ ކުލައިން ހުރި.

  10. މޫސާ

    އަލްހާން ވެސް ތި ދާހިިިިިިތްވާ ޕާޓީ އަކަށް ދޭބަލަ!