ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވި ބޯހިޔާ ވަހިކަމުގެ "ހިޔާ" މަޝްރޫއާ ގުޅިގެން ސުވާލު ކުރުމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.

މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް އެދިފައި ވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ބޮޗޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ބަދަލު ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސުވާލު ކުރުމަށް ހައުސިން މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް ނޯޓިސް ދީފައިވާނެ ކަމަށެވެ.

https://twitter.com/RifauMP/status/1094499731294740480

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެެޓްތައް ބެހުމާ ގުޅޭގޮތުންް އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޝަކުވާތަކެއް ކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް ނަގާ ފްލެޓުތަކުގެ މައްސަލަތައް އަންނަނީ ބަލަމުންނެވެ.

އެ ފްލެޓުތަކާ ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ފްލެޓުތައް ހުރީ މީހުންނަށް ދިރިއުޅެވޭ ހާލަތުގައި ނޫން ކަމަށެވެ. އަދި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަފާ

    ތީ މިހާރު ލިބިފަ ތިބިމީހުންނަ ފުލެޓު ނުދޭންވެގެން ކޮމެޓީ ހާދާރައީސް ދައްކާބަހަނާ. ކޮއްމެގޮތަކައް ހުއްޓަސް ދިވެހި ސަރުކާރަކުން ދިވެހިރައްޔިތުންނަ ދީފާހުރި ތަނެއް ޖެހޭނީ ދޭން.

  2. ސޯލި

    ރައީސް އިބޫ ތިހުރީވެސް މީހަކުބަލާލަށް ކެރޭފާޑާކަށްނޫން ދެނޯ

  3. ލީމަން

    މިނިސްޓަރު މިފެނަނީ ފޮޓޯ އަކުން އެކަނި.. އެތަނުން އެއްވެސް ކަމެއް ކުރާހެނެއް ހީއެއް ނުވޭ..

    ކުރީގެ ދައުލަތުގެ އެންމެ ބިޒީ އެއް މިނިސްޓްރީ ވަޅުޖެހިއްޖެ މި މާމަޔާއި ހަވާލު ކުރާއިރަށް

    ކުރީގެ މައުމޫނުގެ ދުވަސްވަރު އާރބަން ޑިވެލޮޕްމެންޓް ހިންގި ގޮތަށް ކަންނެތް ކަމާއި ނުކުޅެދުން ތެރިކަމާއި ވަރު ބަލި ކަމުގެ އިހްސާސް މިމިނިސްޓްރީން މިހާރު ފެންނަނީ..!

    މިނޫން ޝަޙްސެއްނެތީ ތޯ މިފަދަ މުހިއްމު މިނިސްޓްރީ އާއި ހަވާލުކުރަން..؟

  4. ކޮމޮލިކާ

    ބޮޗޭ އަމިއްލައަށް ބޭޒާރުވާން ނޫނީ ޔާމީން ބޭޒާރުކުރަން ކުރާކަމެއް ތީ

  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮން މުސްކުޅި ދައިތައެއްތަމީ..؟

  6. ދދދދދދ

    ސިކުނޑީގެ ބޮޑު ބައްޔަކަށް ފަރުވާ ކުރަމުންދާ މީހަކު ހުންނާނީ ވެރިކަން ކުރެވޭފަދަ ހާލަތުގަބާ! ހަމަ އުފެދުނު ސުވާލެއް. ވީމަ ހިއްސާ ކޮށްލީ