ހުޅުމާލޭގައި އެސްޓީއިން ތަރައްގީކުރަމުންދިޔަ ހޮޓެލް ގަތުމަށް ނުވަތަ އެތަނަށް އިންވެސްޓްކުރުމަށް 10 ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެކަމަށް ޝައުގުވެރިކަން ފާޅުކުރީ 10 ކުންފުންޏަކުންކަމަށެވެ.

އަމްރު އިތުރަށް ވިދާޅުވީ އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ ހޮޓެލް ގަންނާނެ ނުވަތަ އެތަނަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށާއި ފަރާތްތަކާ އެކު މިހާރު ދަނީ ވާހަކަ ދައްކަމުން ކަމަށެވެ.

ބިޑު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި ދިހަ ކުފުނި ތެރެއިން ފަސް ކުންފުންޏަށް ކަމަށާއި، މާޗު މަހުގެ ތެރޭގައި އެކަން ކުރިއަށްދާނެކަމަށް އަމްރު ވިދާޅުވިއެވެ.

"ހޮޓަލަށް އިންވެސްޓްކުރުމުގެ މަސައްކަތުގައި މިހާރު ވާހަކަދައްކަމުންދާ ފަސް ކުންފުނީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެންމެ ކުންފުންޏެއް, ބިޑު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އެ ފަސް ކުންފުންޏަށް ކަމަށާއި، މާޗު މަހުގެ ތެރޭގައި އެކަން ކުރިއަށްދާނެ" އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު