ކައުންސިލްތަކުގެ ބެލެނެވެރި ފަރާތް ކަމުގައިވާ ލޯކަކް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފޭސްބުކް ޕޭކް ހެކްކޮށްފިއެވެ.

އެލްޖީއޭގެ ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެެވެ. އެ ޕޭޖް ހެކްކުރި މައްސަލަ މިހާރު ފުލުހަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެލްޖީއޭގެ ފޭސްބުކް ޕޭޖް ހެކް ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 11:38 ހާއިރު ކަމަށެވެ.

އެ ޕޭޖް ހެކްކުރި ނަމަވެސް، މިހާރު އެ ޕޭޖް ވަނީ ބޭނުން ކުރަން ފަށާފައެވެ.