ޓްރާންސްޕޯޓް މިނިސްޓްރީގެ، މިނިސްޓަރުގެ ނައިބުގެ މަޤާމަށް ސ. ހުޅުދޫ ބްލޫބެލް ޝިމާޛު ޢަލީ ޢައްޔަނު ކުރައްވައިފިއެވެ.

އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝިމާޒް އައްޔަނުކުރެއްވީ މިއަދުއެވެ.

އޭނާއަކީ މީޑިއާއާ ވަރަށް ރައްޓެހި ބޭފުޅެކެވެ. އަދި ނޫސްވެރިއެއްގެ ގޮތުގައިވެސް މީގެ ކުރިން މަސައްކަތް ކުރެއްވިއެވެ.

އޭނާ ވަނީ ކޮމަންވެލްތް މީޑިއާ ޑިވެލޮޕްމަންޓް ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެންފައެވެ.

ފުޓްބޯލް އެސޯސިއޭޝަންގެ މީޑިއާ އޮފިސަރުގެ މަޤާމް ވެސް ފުރުއްވެވި ޝިމާޒް ވަނީ ފިޝަރީޒް މިނިސްޓްރީގެ ޕްރޮގްރާމް އޮފިސަރެއްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.