ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން "އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބުން ނިމުމަކަށް ގެނައުމަށް އުމަރު އިސްވެ ހުންނަވާ ހިންގާ މި ޤައުމީ ހަރަކާތް އިއުލާން ކުރެއްވީ މި ހަރާކާތުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު ރޭ ކުރެއްވި ޓްވީޓަކުންނެވެ.

އުމަރު ރޭ ކުރި ޓުވީޓުގައި ވަނީ އިންޑިއާ ސިފައިން ފައިބާ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމަށް އެދި ވެވަޑައިގެންފައެވެ.

"އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް." އުމަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީސް މީޑިއާގައި ދަރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ރޭ ދަރުބާރުގޭގައި ވަނީ މި ހަރަކާތާއި ގުޅޭ ބައްދަލުވުމުއް ބާއްވާފައެވެ.
ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޢުމަރުގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙަސަން މަނިކާއި، ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު އާއި، ދާދި ފަހުން އުފެއްދި ނެޝަނަލް ރިފޯމް ޕާޓީގެ މުޙައްމަދު ދީދީއާއި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުމަރު މީގެ ކުރިން ވަނީ އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ ކަމަށާއި ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންކަން ހިންދައިލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށް ހީއެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ރާއްޖެތެރެ މީހާ

    އުމަރު ކަލޭ ޕީޕީ ބައިގަނޑާ ގުޅިގެން މިގައުމު ފަނި ކުރަން ނޫޅޭތި.

  2. އަހުމަދު875

    ހިފާލަންވަނެ ދީނާ ގައުމައްޓަކާ މަބައިވެރިވާނަން ހަތިޔާރުނަގަންޖެހޭނަމަ އެކަންވެސް ކުރާނަން

  3. ޒާ

    ތިޔަކަމަށް 100 އިންސައްތަ ސަޕޯރޓް ދޭނަން.

  4. އައިޝާ

    ސާބަހޭ އުމަރު ތިކަހަލަ ދިވެހިދަރިން މިގައުމަށް ބޭނުންވަނީ އުމަރުގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާދޭވެ.

  5. އާސިމް

    ﷲގަންދީ ބުނަން އަޅުގަނޑު ސޯޝަލްމީޑިޔާގައި އުޅެދޭނަން.
    މިކަންކުރަން މިހާރު މިއީ ރަނގަޅު ވަގުތު. އަދި ލަހެއްނުވޭ.
    ނަމަވެސް މިހަރަކާތުގެ ތެރެއިން ރާއްޖޭގައި އުޅޭ އިންޑިޔާ ރައްޔިތުންނަށް އެއްވެސް އުނދަގުލެއްވާކަށް ނޭދެން

    • ާއަހުރެން

      ޢުފާވެއްޖެ

  6. Anonymous

    ގައުމު އޮޔާނުދަނީސް ގައުމުގެ ދަރިން ނުކުމެ މިހާރު މިއޮތް ވެރިކަން އިސްލާޙު ކުރުން ނުވަތަ މިވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމަކީ، ކުރިއަށްއޮތް ޖީލަށް މިހާރުގެ ރައްޔިތުން ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަންތައް

  7. މަސްވެރިޔާ

    ސިކަމް ކިޔާ ޤައުމު 1975 ވަނައަހަރު އަޅުވެތިކޮށް އިންޑިއާގެ ސްޓޭޓަކަށް ހެދިގޮތަށް ރާއްޖެ އަތުލުމުގެ މަސައްކަތު ފަށާފައިވަނީ ރާއްޖޭގެ ސިޔާސީ މީހުން ގަނެގެން. އިންޑިއާގެ އާންމު ރައްޔިތުންނަކީ ރަގަޅު ހިތްހެޔޮބަޔެއް.ނަމަވެސް ސިޔާސީ މީހުންގެ ބަލާވެރިކަން. 17.އަދި 18 ވަނަ ރައްޔިތުންގެ މަޖުލިސް އާއި ސަރުކާރުތަކުން 2 ހެލި ކޮޕްޓަރާއި ބެހޭގޮތުން ރައްޔިތުންނަށްވަނީ އޮޅުވާލާފަ. 9.5 މިލިއަން ޑޮލަރަށް ލިބޭ އެއްޗެއްވއެއީ. ރާއްޖޭގެ އެންމެ ރިސޯޓެއް ހަދަން 80 މިލިއަން ޑޮލަރ ހޭދަކުރާ ޤައުމަކަށް މިފަދަ ޚިދުމަތަކަށް ސަލާމް ޖަހަން ޖެހުނީ ސިޔާސީ މީހުންގެ ފީކަޅާކަމުން. މިތިބީ އަޅުވެތިކަމުގެ އަގަމަތީ.

  8. އާޒިމް

    މަގޭ ނަން އަދި ފޯމް ފުނުވަިއފިން.މިއީ މިހާރުން މިހާރަށް ކުރަންޖެހޭ ގައުމީ ވަތަނީ ވާޖިބެއް.މާރީ ހީކޮށްގެން ނުޥާނެ އިންޑިޔާބޭނުންވީމަ ރާއްޖެ ހިފިދާނޭ ކަމަށް.މި ލޭ ހަށިގަޑުގައި ދައުރުވާ ހާ ހިނދަކު މި ގައުމުން ޒައްރެއްގެ މިންވަރުވެސް ގައުމުގެ އަދުއްވުންނަށް ނުލިބޭނެ.އުމަރު ނަސީރު ފަސްޖެހުމެއްނެތި މި ބައިގަޑު މި ގައުމުން ފައްސާލާ.އިންޑިޔާ ކުޑައީތޯ އުޅޭނެ ވަޒަނެއްނެތިގެން ނޫން.ދެން ކޮންކަމަކާއި ތޯ މި ގައުމުގެ މިނިވަންކަމަށް ސިންގާއެއްހެން ތި މުގޯލި އަޅަނީ.އަހަރެމެން ވޯޓުދީގެންވެރިކަން ލިބުނަސް ބޭނުންހާ ގޮތެއް ހަދާކަށް ބޮޑުންނަށް ފުރުސަތުނުދޭނަށް،މިއީ ދިވެހިހިތްވަރުގަދަ ލޭ.

  9. ސަޕޯޓ

    މަގޭ ހުރިހާ ގުނަވަނުން ތިކަމަށް ތާއީދު ކުރަން

  10. ގދ

    އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރެވެނެ

  11. އެދުރުބެ

    އިންޑިޔާ ކިތައްމެ ބާރުގަދަވިޔަސް ރާއްޖޭގައި ވަކި ހިއްޕައިގެން ތިބެން ނުޖެހޭނެ.

  12. ދޮންހަސަނު

    ތި ބައްދަލުވުން ބާންވަން ދަރުބާރުގެ ލިބުމަކީވެސް އުފާކުރާކަމެއް. ރައީސް ޔާމީން ސަރުކާރުގަ ނަމަ ދަރުބާރުގެ ކީއްކުރަން އަމިއްލަ މީހެއްގެ ގެއެއްގައިވެސް ލާހިކެއްނުން ތިބައްދަލުވުން ބާންވާކަން

  13. މޫސަ

    ސާބަހޭ ޢުމަރާ މިޤައުމުގެ ދަރިޮންނަކީ ތީ އަނެއްކާވެސް މިޤައުމު ވިއްކާ މިލްކު ކުރަން އެއުޅެނީ. ޤައުމަޢްޓާކާ ދީނައްޓަކާ ކެރިގެން ޖިހާދުކުރާބެއްކަމުގައި އެންމެންވެސް ވާންޖެހޭނެ. މިނިސްޓަރުކަމަށްޓަކާ އަދާލަތޭމިކިޔާޕާޓީން ޤައްދާރިވިޔަސް ޤައިމުގެ ޙައްޤުގާ ތެދުވަމާ.

  14. ސަކިންޓް ގައުމުދަވާލަނީ

    އެހެނިހެން ބައިގަ : މަ ބޭނުން ހަތިޔާރު ނަގަން ދިނާގައުމައްޓަކާ މިނިވަންކަމަށް

  15. އަހްމަދު ޢަލީ

    ހަމަ ސާބސް ތިޔަ އިސްނެންގެވުމަށް.
    އަޅުގަނޑު މިހުރީ ޢުމަރުގެ ފަހަތުގައި، ކުރިއަށް ވަޑައިގަންނަވާ، އިންޑިޔާ ބޭރުކުރޭ!

  16. ސަމާ

    ވަރަށް ރަނގަޅު. ލެޓްސް ސްޓާރޓް.

  17. ވެރިން

    ސާބަހޭ އުމަރު،ތީމިގައުމު ފަހުރުވެރިވާ ފަދަދަރިއެއް.ތިމީހުން ބާލުވާފަ ނޫނީ ހުއްޓާލައިގެން ނުވާނެ.

  18. Anonymous

    ސާބަސް

  19. Anonymous

    ތިޔަކަމަށް 100 އިންސައްތަ ސަޕޯރޓް ދޭނަން.

  20. ހުތާ

    މީގެ ކުރިން ޖެއްސި ޤައުމީ ހަރަކާތް ނިންމާލި އިރު ރައްޔިތުންގެ ޚަޒާނާއިން 300 މިލިއަން އެމެރިކާ ޑޮލަރު ދީގެން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަނެއްކާ އަނެއް ކަންތައް މިލައިގަތީ! ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް...

  21. ރަސީދު

    އުމަރަކީ މިދިވެހި ގައުމު ދެކެ ލޯބިވާ މީހެއް

  22. މާމަ

    ޔާމީނުގެ 5 އަހަރު އުމަރުގެ މިނިސްޓަރު ކަމުގަ ތިޔައިންޑިޔާ ސިފައިން ތިބީކޮންތާކު މިހާރު ހިފިނުހުރެވިގެން ތިޔަ ތެޅިބާލަނީ މީނާ ހިފާ ހައްޔަރު ކުރަންޖެހޭ

  23. ދިވެހިލޭ

    މިފަހަރު އިންޑިޔާ ސިފައިން ނުފައިބައިފިނަމަ ލޭއޮހުރުވައިގެންވެސް މިޤައުމުން އިންޑިޔާ ސިފައިން ބާލާފައި ހުއްޓާލާނީ!

  24. ލޯކަ!

    އިންޑިޔާ އެއުޅެނީ ހިތިނުފިލައިގެން! ތީ ކޮންމެހެންވެސް ކުރަންވެއްޖެކަމެއް! ޤައުމަށް ޚިޔާނާތްތެރިވެ، އިންޑިޔާއަށް އެހީތެރިވާ ދިވެހިޚާއިނުން ގެންދަނީ ނުލަފާރޭވުންތަކެއް ރާވަމުންނެވެ. ޤައުމަށްޓަކައި ޝަހީދުވުމަށް ތައްޔާރަށް ހުންނެވި ހައެކަނި ބަތޮލު: ޢުމަރަށް ޝުކުރުހުރި!

  25. ނައިބުތުއްތު

    ދިވެހިބިން މީ މަގޭ އުފަންބިން. އެންމެ ފުރަތަމަ ނޭވާ މަގޭބިން. އެބިމަކަށް އެންމެފަހުގެ ވިންދާ ދޫކޮށްލަދޭނަން ނޭވާ މަގޭބިން.

  26. Anonymous

    ރައްޔިތުންނޭ ހޭއަރާ. މިހާރު ނުކުރިކަމެއް ފަހުން ނުކުރެވޭނެ. ގައުމުގެ ޑިފެންސް މިނިސްޓަރު އެބުނަނީ އިންޑިޔާއަށް މިރާއްޖޭ ހިފޭނެކަމަށް. ހިފުމަކީ ކުރެވޭނެ ކަމެއްނޫން. އެކަމަކު ސަރުކާރަކުން ގައުމެއް ދޭން ގަސްދުކުރާނަމަ އެކަން ކުރެވިދާނެ. އެއީ ބައިނަލް އަގްވާމީ ގާނޫނު މަނާ ކުރާކަމެއްނޫން. މިހާރު މިއޮތީ ރައްޔިތުންނަށް ގައްދާރުވާ ނުލަފާ ސަރުކާރެއް.

  27. ޔަގީން

    ފުރަތަމަ ހަރުގަނޑުގެ މައްސަލަ ނިންމާފަ ތިކަމާ މަވެސް ނުކުންނާނަން

  28. ނަންރީތި

    %10000 ތާއީދު

  29. މޯދީ

    ބަލަ މިހާރު ވެރިކަމުގަ އެތިބީ މި ޤައުމަށް ކުލީ ސިފައިން ގެނެސް ޤައުމުގެ އެތަކެއް ދަރީންނެއް ޝަހީދު ކޮއްލި ގައްދާރުން. ޖަންޖާބޯ އާއި މާރިއާ ވަނީ މީގެ ކުރިންވެސް އިންޑިއާ ސިފައިން މި ޤައުމަށް ހަތިޔާރާ އެކު އަރާ މިތަން ހިފާ ގޮވާފަ. މި ރީނދޫ ބައިގަނޑު ބޭނުންވަނީ އެއްގޮތުން ނުވެއްޖެއްޔާ އަނެއް ގޮތުން ވިޔަސް މިތާ މި އޮތް ދީން ބަދަލު ކުރުން. އުމަރު އަހަރެމެން މި ތިބީ މިފަހަރު ހަމަ ރަނގަޅަށް ވެސް ކެރިގެން ނިކުންނަން. މަރުވުން ނޫން ނަމަ އިންޑިއާގެ ޖާސޫސީ ސިފައިން މި ޤައުމުން ބޭލުން. ނޫން ނަމަ އެމީހުނައްވެސް އަމާން ކަމެއް ނެއް

  30. އަހުމަދު

    މި އެމްޑީޕީ ބައިގަނޑު މިއުޅެނީ ގައުމު ވިއްކާލަން

  31. ދިވެހިންގެ ގައުމު ދިވެހިންނަށް

    މިއީ ގައުމީ މަސައްކަތެއް ، ދީނީ އިލްމުވެރިން ވެސް މިކަމުގައި ސިޔާސީ ވިސްނުން ދޫކޮށް ގައުމީ ރޫހުގައި މަސައްކަތް ކުރަންވާނެ ، 23 ޑިސެންބަރ ގަ ކުރި ހިތްވަރު އަލުން ނުކޮއްފިއްޔާ ދިވެހިން އަމިއްލަގައުމުގައި ދީނީ އަދި ނަސްލީ ތަފާތުކުރުމާ ކުރިމަތިލާން ޖެހުން ވަރަށް ކައިރި މިކަމުގައި އިސްކޮއްއުޅޭ މީހުންނަށް ވަރައް ތާއީދު.

  32. ސަޅި

    މި ޤައުމުގެ ކޮންމެ ދަރިއެއްގެ ދީނީ ޤައުމީ ވާޖިބެއް. ސާބަސް އުމަރު

  33. ދފޖދކ

    މަޖްލިސް އިންތިޚާބުން އެމްޑީޕީ ބަލިކޮށްލެވިއްޖެނަމަ އިންޑިއާ މީހުންގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ފެނޭ. ބައެއް ފަހަރު ކުރެވޭ ކުޑަކުޑަ ކަމަކުން ނިކުންނަ ނަތީޖާ ވަރަށް ހިތިވެދާނެ.

  34. ގައުމީ ލޭ

    މަގޭ %? ތާއީދު.. ބާލާ އެ އެންމެ ވެސް ހެލިކޮޕްޓަރު ވެސް.....ޙަރަކާތުގައި ބައިވެރި ވާން ތައްޔާރު

  35. ހަމަލަސް

    އުމަރާ ކަލޭ މޮޔޮވެގެން ނުތެޅިބަލަ

  36. ސީނުކަރަ

    ސާބަހޭ ސާބަހޭ އުމަރުގެ ތިހިތްވަރާ އަޒުމައް ސާބަހޭ

  37. ނޫސްކިޔާމީހާ

    މިއީޤައުމަށްޓަކައި އަދި ދީނަންޓަކައި ކުރެވޭ ދުރުވިސްނޭ ޖިހާދެއް. ﷲ އިރާދަކުރެއްވީ ޔާ މުޅިޤައްމު މިކަމުގައި އެއްބައެވަންތަގޮތުގައި ބައިވެރިކުރައްވާށި. މިކަމުގައި ބައިވެރިނުވާނަމަ އެބަޔަކުވާނީ އިންޑިޔާގެ އަޅުވެތި ކަމަށް ވިޤައުމު ގެންދަން މަސައްކަތް ކުރާ ޖަމާޢަތުގެ ތެރެއިން. ﷲ އިރާދަކުރެއްވިޔާ އަޅުގަނޑުމެން ދިވެހީނަން މިމަސައްކަތުގައި ޤައުމަށް ޢައްދާރުވާ މީހުންގެ މައްޗައް ނަސްރާއި ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން. މިޤައުމުގައި އިންޑިޔާ ސިފައިންގެ ހަމައެކަކުވެސް އެންމެ ސިކުންތަކަށް ވެސް ތިބޭކަން އަޅުގަނޑުމެން ބޭނުމެއްނުވޭ.

  38. ބެއްޔާ

    އުމަރަށް ސާބަސް. ތިޔަހެން ތިބޭނީ ޤައުމުދެކެ ލޯބިވާ މީހުން. މަ މިހުރީ އުމަރާއެކު އިނގޭ.

  39. ހަރޭ ހަރު

    އާރާ ބާރު އޮތް ދުވަހު ތިކަމާ ނޫޅުނީ؟؟؟؟؟

  40. މާލޭ ތޮލް

    އުމަރައްތާއިދު ސާބަސް ތިހެންތިބޭނީ ގައުމުދެކެލޯބިވާމީހުން ކޮބާ ސޭކު އިމްރާނު ސުޕާރީދިނީމަ ޗުއްޕުވެސްނުބުނެ ހޔއްނެވީތޯ ކޮބާކައްނެލިސޭހު ކޮބާމިގައުމުގެ ދައްނަކަލޭފާނު