ށ.ފީވަކު މީހަކު ހޮވި 82 ކިލޯގެ މާވަހަރުގެ ސާމްޕަލް މިހާރު ރާއްޖެއިން ބޭރަށް ފޮނުވާފަިއވާ ކަމަށާއި ސާމްޕަލްގެ ނަތީޖާ ލިބެން މަހެއްހާ ދުވަސް ނަގާނެ ކަމަށް މާވަހަރު ހޮވި އަހްމަދު ހަސަން ބުނެފިއެވެ.

މީގެ ހަފްތާއެއް ކުރިން އަހްމަދު ހަސަން ހޮވި މާވަހަރަކީ މާވަހަރެއް ކަން މުޅިން ޔަގީން ކުރެވޭނީ ރާއްޖެ އިން ބޭރުން ހަދާ ޓެސްޓްތަކަށް ފަހު އެވެ.

އަހްމަދު ހަސަނަށް މާވަހަރު ފެނިފައި ވަނީ އެކަނި މަސްބާނަން އުޅެނިކޮށެވެ.

"މާވަހަރު ބަރުކަމުން ނުނެގިގެން ރަށަށް ގެނައީ ކަފުޖަހައިގެން." ވަގުތު އަށް ކުރިން މައުލޫމާތު ދެއްވި ކައުންސިލަރަކު ވިދާޅުވެފައި ވެއެވެ.

މިމާވަހަރު ހަމަ އަގުގައި ވިކިއްޖެ ނަމަ 50 މިލިއަން ރުފިޔާ އާއި ގާތް ކުރާ އަދަދެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ﷲ ގެ ކުޅުދުން ވަންތަކަން

  2. ކަރާ

    މާވަހަރެއްކަން މާލެ ނުފޮނުވިޔަސް އެނގޭނެ.އެތިކޮޅެއް އަންދާލަަބަލަ

  3. އަހުމަދު

    ތީގޭންވެސް އެބައި ސޯލިހުބެއަށް

    2
    1