އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީނާއި، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި މި މައްސަލައިގައި ހިމެނޭ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރާ މަސައްކަތަކީ ކޮރަޕްޝަން ނައްތާލުމަށާއި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކަންކަން ކުރުން ހުއްޓުވުމަށް ކުރިއަށް އެޅޭ ފިޔަވަޅެއްކަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންދެކޭ ކަމަށް އެޖަމިއްޔާ އިން ބުނެފިއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ ބޮޑު ޖަރީމާއަކީ ގިނަބައެއްގެ ބައިވެރިވުމާއި، ގިނަބަޔަކަށް މި ފައިސާގެ މުއާމަލާތްތަކުގެ މަންފާކޮށްފައިވާ ޖަރީމާއެއްކަމަށެވެ. އަދި މިކަމަކީ ދައުލަތުގެ މުއައްސަސާތަކާއި، މިފައިސާތައް ހިފައިގެން ބެހިކަމަށް އިއުތިރާފްވެފައިވާ މަޖިލީހުގެ މެމްބަރުންނާއި، ބޭންކްތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އެމް.އެމް.ޕީ.އާރް.ސީ ގެ ބޯޑު މެމްބަރުންގެ ވެސް ބައިވެރިވުން ނުވަތަ އިހުމާލުނެތި ހިންގިދާނެ ކޮރަޕްޝަންގެ އަމަލެއްކަމުގައި ވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނުދެކޭ ކަމަށް ބަޔާނުގައި ވެއެވެ.
"މިހާތަނަށް މި މައްސަލައާއި ގުޅިގެން ކޮށްފައިވާ ތަހުގީގުތަކާއި ދިރާސާތަކުން ސާފުވާ އެއްކަމަކީ މި ބޮޑު ހިޔާނާތުގެ ފައިސާއިން އެތައް ބަޔަކަށް މަންފާކޮށްފައިވާކަމެވެ. އެންޓިކޮރަޕްޝަން ކޮމިޝަނުން 2018 ވަނަ އަހަރު ޑިސެމްބަރުމަހު ނެރުނު ބަޔާނުގައި، އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް 4.1 ބިލިއަން ރުފިޔާ ވަކި ވަކި 155 އެކައުންޓަށް ޖަމާކޮށްފައިވާކަމަށާއި، އެމް.އެމ.ޕީ.އާރް.ސީ އިން ދޫކުރި ރަށްރަށާއި ފަޅުތަކުގެ އަގަށް 5.77 މިލިއަން ޑޮލަރު ދަށްކާފައިވީނަމަވެސް، އެފައިސާގެ ތެރެއިން އެމް.އެމް. ޕީ.އާރް.ސީގެ އެކައުންޓަށް ވަދެފައިވަނީ އެންމެ 5.12 މިލިއަން ޑޮލަރުކަމުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވސް މި ފައިސާގެ މުއާމަލާތްތަކުގެ މަންފާ ޖަމާކުރެވިފައިވާ 155 އެކައުންޓުގެ ތަފްސީލް އާންމު ކުރެވިފައިނުވުމަކީ މި މައްސަލައިގެ ހަގީގަތާ ހަމަޔަށް ވާސިލްވެ، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަށް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް އޮތް ހުރަހެއްކަމުގައި މިޖަމިއްޔާއިން ގަބޫލުކުރަމެވެ." ބަޔާނުގައި ވެއެވެ.
ކޮރަޕްޝަން ނައްތާލާ، ހަގީގަތުގައިވެސް ކޮރަޕްޝަންގެ އަމަލުތަކަށް ނޫނެކޭ ބުނާކަމުގައިވަނީނަމަ، ކޮރަޕްޝަންގެ އަމަލުތައް ހިންގާފަރާތްތަކާއި، ދާ ފަރާތްތަކާއި، އެކަންކަން ހިންގަމުންދާކަން އެނގިތިބެ އެކަންކަމަށް ބީރު ކަންފަތެއް ދޭ އެކަމަށް ވާގިވެރިވާ ފަރާތްތަކާއި، އެކަމުން މަންފާހޯދާ ފަރާތްތަކާއި، ދައުލަތުގެ ހިންގުމުގެ ނިޒާމާއި، ގާނޫނުތައް، ކޮރަޕްޝަނަށް މަގުފަހިކުރުމަށްޓަކައި ބަދަލުކުރާ ފަރާތްތަށްވެސް ޖަވާބުދާރީ ކުރުވި، އިންސާފުގެ ކުރިމައްޗަށް ގެނެވެން ޖެހޭ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުންޏެވެ.
މިކަމުގައި ކުށްވެރިވެގެން ގޮސްފައިވަނީ، މިހިޔާނާތުގެ މައްސަލަ ފަޅާއަރުވާލުމުގައި އެންމެ އިސްދައުރެއް ކުޅުނު، ބޭންކް އޮފް މޯލްޑިވްސް ގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމް ކަން ފާހަގަކޮށް މިއަދާ ހަމައަށްވެސް އޭނާއަކީ ކުށުގެ ރެކޯރޑެއް އޮތް މީހެއްގެ ގޮތުގައި ހުންނަން ވަނީ މަޖުބޫރުވެފައިކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އިން ފާހަގަ ކޮށްފައި ވެއެވެ.
އަބްދުލްކަރީމް އެކުރި އަމަލަކީ ކޮރަޕްޝަންގެ އަމަލެއް ފަޅާއަރުވާލުމަށްކުރި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ދައުލަތުން ބަލައިގަނެ، މިހާރުން މިހާރަށް އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް އަނބުރާގެނެސް އޭނާގެ ކުށުގެ ރެކޯރޑް ފުހެލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ދައުލަތުގެ ކަމާގުޅުންހުރި ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް ބަޔާުގައި ވެއެވެ.
ކޮރަޕްޝަން ނައްތާލެވޭނީ މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައްޔާއި، ޝަރީއަތުގެ މަރުހަލާގައި އިންސާފުވެރިކަމާ، ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރެވިގެންކަމުގައި ގަބޫލު ކުރާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުންޏެވެ.
ޓްރާންސް ޕޭރެންސީ މޯލްޑިވްސް އަކީ ވަކިއަތަކަށް ޖެހިފަ އޮތް ބައެއް. ކީތްވެބާ ހަމަ ތިވަރަށް 2008 ން 2012 އާއި ދެމެދު ހިގާފައިވާ އެތަކެއް ޖަރީމަތަކެއްގެ ވާހަކަ ނުދައްކަަނީ. ރާއްޖޭހެ ހެލްތް ސެންޓަރެއްގަ ބޭސްމަލަންކޮޅެއް ޕެނަޑޯލް ގުޅައެއް ނެތިފަ އިތްދުވަހަު، އެތަންތަނަށް ތަކެތި ހޯދުމަަށް އެފްޓެކް ސޮލިއުޝަން ކިޔާ ކުންފުންޏަކަށް ހަވާލުކުރި 11.8 މިލިއަން ރުފިޔާ އަށް ވީގޮތާއިމެދު އެވާހަކަ ނުދައްކަނީ އެއީ ކިހާ ޓްރާންސް ޕޭރެންޓް ވީމަ ބާ؟ ތި ޓްރާންޕޭރެންސީ އަކީ ރީދޫކުަލަ ފިލްޓަރުވާ ޓްރާންސް ޕޭރެންސީއެއް!
ތީ އެމްޑީ ޕީ ބައިގަޑެއް
ޓްރާންސް ޕ އިން ނެރުނު ނޫސްބަޔާނަކީ ބަޔެއްގެ ރޭވުމުގެ ފަހަތުގައި ތިބެގެން ވަކި ކަމަކަށް ނިޔަތް ގަނެގެން ނެރެފައިވާ ބަޔާނެއްކަން ފާހަގަ ކުރެވޭ. ހަވަރު އެއްކޮށްގެން ކަންކަން އިސްލާޙު ކުރެވޭ ކަމަށް ގަބޫލުކުރާ ޔަހޫދީންގެ ފަލްސަފާއަށް ހުޅުވާލަދިން ދޮރެއް.
އާރާ ބާރު އޮތީ ސަރުކާރުގަ، އެހެންކަމުން އެފަދަ ކަންކަން ނުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށް ސަރުކާރަށް ގޮވާލަން.
ސުބުހާނަﷲ ތިއީނު ކުރަންވީ ކަމަކީ. މުޅި ދުނިޔޭއަށް ޖެހިފައިވާ އެންމެ ބޮޑު އުނދަގުލަކީ ކޮރަޕްޝަންގެ ކަންތައް. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ފެށިގެން އެންމެ ފަގީރު ގައުމުތައްވެސް އެއުޅެނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ނުވެވިގެން. އަދި، އާދަމްގެ ފާނަށްފަހު ވަޑައިގެން އިދްރީސް އަލައިހި ސަލާމްވެސް ހަނގުރާމަ ކުރެއްވީ ކޮރަޕްޝަން ހުއްޓުވަން. އެހާބޮޑުކަމެއް، ހުއްޓާލާ ދުނިޔެއިން ކޮރަޕްޝަންގެ ނަންވެސް ފޮހެލެވެންޔާ އަހަރެމެންގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަމިއްލަފުޅަށްވެސް ނަފުސު ގުރުބާންކޮށްލައްވާ ތިމައްސަލަ ދިވެހިރާޢްޖޭގެ ރައްޔިތުންގެ މަޖްލީހަށް ލާނެ.
ޔާމީނު ޖަލަށްލީމަ މިގައުމުގެ ވައްކަންތައް އަރުއްވާގަތީތަ. މިހާރު ހިންގާ ޖަރީމާތައް އެތައްގުނައެއްނުބައި. ނަޝީދު ހިންގި ވައްކަންތައްކޮބާ؟ ޓްރާންޕޭރަންސީއަކީ މިގައުމުގަ ޔަހޫދީން ހިންގާ ގޭންގެއް. އެތާތިބި މީހުންނަށް ބަލާލީމަވެސް އެކަން އިނގޭނެ. ލާދީނީބައިގަނޑެއް
އެހެންވީމަ ޓްރާންސްޕޭރަންސީވެސް ތި އޮތީ ކޮރަޕްޓްވެ ނިމިފަ....ވަކި މީހަކަށް ފޫޅު ކެނޑުމުން ތިޔަ މީހުންގެ މުސްތަހިއްލު ކަމައިމެދު ޝައްކު އުފެދޭ....؟
ޓްރާންސްޕެރެންސީގެ ބަދަލުކުރުން މުހިއްމު! ތިޖަމްޢިއްޔާ އަކީ މަޖޫސީ ޖަމްޢިއްޔާއެއް! އަތަކަށްނުޖެހި ވާހަކައެއް ބުނެލާނަމަ ބުނަންވީ މިރާއްޖޭގައި ހިގާކޮރަޕްޝަނަކީ މަރްހޫމް އިބްރާހިމްނާސިރު ވެރިކަމުން އިސްތިއުފާދެއްވާފަ ދެން އުފެދުނު ސަރުކާރުން ފެށުނުކަމެއް! އެއިގެފަހުން އައީ ބުނާގޮތުގައި ޑިމޮކްރަޓިކްޥެރިކަމެއް! އެވެރިކަމަށް އިންތިޚާބުވީ ވަރަށް ޓްރާންސްޕެރަންޓް ރައީސެއް! އެރައީސް ވެރިކަމުން އިސްތިއުފާދީ ފައިބައިގެން ދިޔައިރު ކޮރަޕްޝަންވީ ބޮޑު! މީހުންގަންނަން މިލިއަނުން ފައިސާދީ ކުރެވުނުއެއްވެސް ކަމެއްނެތް! ޤައުމު އިނދަޖެހުނީ! މިމީހުން މިޤައުމުގައި އުޅެމުން ދާހާހިދެއްގައި މިޤައުމުގައި ތިބުނާކަމެއް ނުކުރެވޭނެ ނުހުއްޓުވޭނެ!
ޓްރާންސް ޕޭރެންސީ ތީ ވަކި ފަރާތަކަށް ޖެހިގަނެގެން އުޅޭ ބައިގަނޑެއް
ޓްރާންސްޕޭރެންސީ މޯލްޑިވްސް ގެ ހަމަހަމަ ކަން ހާމަވެއްޖެ. ހަމައެކަނި ކުރީގެ ސަރުކާރަށް ތުހުމަތުކޮާށްފައިވާ ކޮރޮޕްޝަންގެ މައްސަލަތައް ބެލުމުން މީގެ ކުރީގައޮތް ސަރުކާރުތަކުން ހިންގާފައިވާ ކޮރޮޕްޝަންތައް މާފުވީތޯ މީ މި ޕޭރެންސީއާ ކޮއްލަން ބޭޏުންވާ ސުވާލެކެވެ.
ވަކި މީހަކަށް ޖައްސާލިއަސްތީ ބޮޑުވަރު. ތިޔަށްކިޔަނީ ޒާތީވުން. ތިޔަށް ކިޔަނީ ވަކިއަތަކަށްޖެހުން. ތީކަންނޭގެ ތިޔަ ޕޭރެންސީގެ މަޤުޞަދަކީ. ނަސޭޙަތަކަށް ބުނެލަންއޮތީ އަދުލުވެރިވާށޭ. ވަކި މީހަކަށް ވަކި ގޮތެއް ނަހަދާށޭ. ވަކި ޕާޓީއަކަށް ނުޖައްސާލާށޭ. މިގޮތަށް މިކަން ކުރާނަމަ ތިޔަ ޕޭރެންސީއާ ދޭތެރޭ ރައްޔިތުންގެ އިތުބާރު މިއަށްވުރެ ކުޑަވާނެކަން ހަނދާންކުރާށެވެ.
މިސަރުކާރުން ބިޑަކާ ނުލާ ސަރުކާރުގެ ޕްރޮޖެކްޓްތައް މީސް މީހުން ނަށް ދޭން އުސޫލު ކަނޑަޅާ ހިންގާއިރު ކޮަބައިތަ ޓްރާންސް ޕޭރަންސީ އަދި އެމް ޑީ ޕީ ސަރުކާރުގެ ހިޔާނާތުގެ އޮޑިޓް ރިޕޯޓްގެ މައްސަލަތައް ޝަރިއަތަށް ފޮނުވަން ގޮވާނުލީ ކީއްވެތަ/ ކޮބައިތަ ފެބްރުއަރީ 1 ގައި ހިންގި ޖަރީމާ އެންމެން ދޫކޮށްލަން ނިންމި އިރު އަދީބް ވެސް ހިމެނޭ ކޮބައި ޓްރާންސް ޕޭރަންސީ. އަދި ކޮބާ އެފް ޕީ އަޑީގެ ހިޔާނާތް އެވާހަކަ ކީއްވެ ނުދައްކަނީ މިސަރުކާރުގެ ވަޒީފާތަކާއި ކޮމިޝަން ތަކައް ޓްރާންސް ޕޭރަންސީގެ މީހުުންނާއި އެމީހުންގެ ރައްޓެހިން ލަމުން ދާއިރު ކޮބާ. އެމް ޑީ ޕީ ސަރުކާރުން ދައުލަތައް ގެއްލުން ވާގޮތައް ހިންގި ހުރިހާ ހިޔާނާތުގެ އަގު 4 ބިލިޔަނަށް އަރާ ކޮބާ ޓްރާންސް ޕޭރަަންސީ
ޓްރާންސް ޕޭރަންސީއަކީ ސިޔާސީ ޖަމާޢަތެއް. އެއީ ޖަރީމާ ހިންގާ އެމީހުންނަށް މަންފާވާ މީހުން ފިލުވައި ބައިއަޅާ ވިޔަފާރިކުންފުންޏެއް.
ތި ޖަމްއިއްޔާ އަކީ ބަޔަކް ފަންޑްކޮށްގެން އައިމަން ލައްވާ ހިންގާ ބޮޑް ކަރަޕްޝަން ހާއްޔެއް. ދިވެހިރާއްޖެއަކީ ހަދިޔާދޭ ޤައުމެއް ... އައިމަނޫ ތިބާ ސާފެއްނޫނޭ... ކުރިޝްޓިއަން މިޝަންތަކުން ތަމްރީނު ލިބިފަހުރީ.
ކުރިން ހީކުރަނީ "ޓްރާންސްޕޭރަންސީ" އަކީ ވަރަށް މުސްތަޤިއްލު، ޢަދުލުވެރި ޖަމާޢަތެއް ކަމަށް. މިހާރު އެނގިއްޖެ މީވެސް ޔެލޯފީވަރ ޖެހި ބަލި އެނދުގައި ކެއްސާލަ ކެއްސާލާ އޮތް ޒާތީ ފިކުރެއްކަން. މަވާ ޢުމުރަށް ސަލާމް.
ކޮބައިތަ ކެނެރީގޭ ނަޝީދު ސަރުކާރުގަ ވީނުވީ ނޭންގި ގެއްލުނުކަމަށް އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް އޯޑިޓް ރިޕޯރޓްގައި ހާމަކުރި ބޮޑު ޢަދަދު؟؟؟؟ ކިތައް ބިލިޔަން؟ ކޮބާ މިހާތަނަށް ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ލާރިކޮޅު ސަރުކާރަށް ދަމައިގަތް ކެނެރީގޭ މީހާ ގެނައި 166 މިލިޔަން. ޓްރާންސް ޕޭރެންސީއޭ ކިޔާ ބައިގަނޑު ޖަވާބު ދީބަލަ! ގޮތެއްނެތީ....
ކަލޭމެންނަށް ޑިޒާސްޓަރ މެނޭޖްމަންޓް އާއި ފިނޭންސް ގުޅިގެން 16 ސަތޭކަ އެތައް ވަގު ބިލަކަށް ެތައް ފަހަރަކު ފައިސާ ދިން މައްސަލައާއި ޕްރިޕެއިޑް ޝިއުނާއަށް ބޭސް ގަންނާށޭ ކިޔާފަ (ބޭސް ނުގަންނަ ގޮތަށް) ދިން އެތައް މިލިޔަން ރުފިޔާގެ ފައިސާއާއި ރީކޯ މޫސާއަށް ދިން ބިންހިއްކާށޭ ކިޔައިފައި ދިން ފައިސާއާއި އަދި ބިން ނިހިއްކަނީސް މޫސައަށް ލިބުނު ގެއްލުމޭ ކިޔައިގެން ބަދަލެއްގެ ގޮތުން ދެވުނު އެތައް މިލިޔަން ރުފިޔާއާއި މި ވާހަކަތައް އޯޑިޓް ރިޕޯޓުން ފެންނަން ހުރި އިރު އެ ވާހަކަ ނުދެއްކުމަކީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ކަލޭމެން ކުރާ ކަމެއްތަ؟
ޓްރާންސްޕޭރަންސީ ތީ ކޮރަޕްޝަންގެ މައިތަންޑު.
މި ފޭރެންސީއަށް ފަންޑު ކުރަނީ ކޮންބައެއްކަން އެނގޭތަ؟ އިސްލާމް ދީނުގެ އަދުއްވުން.
ތިޔަ ޓްރާންސްޕޭރެންސީ އަކީ ކޮންބައެއްކަން ނޭގިގެންނެއް ނޫޅެން. ރާއްޖެއަށް ސެކިއުލާ ވިސްނުންގެނައުމުގ މުގުލުގައި ތިބީ މި ބައިގަނޑު.
ކޮބާ އެމްޑީޕީ ސަރުކާރުގެ ޚިޔާނާތް! އޮޑިޓް ރިޕޯޓްގައިޚިޔާނާތްވިކަމަށް ބުނާ މިލިޔަނުން ރުފިޔާ ކީއްވެތަ ކަލޭމެނަށް ސާބިތުވެފައިވާ މި ފައިސާގެ ވާހަކަ ނުދެއްކިގެން ތިޠަ އުޅެނީ ހާދަބޮޑައް އެއްފަރަތައް ޖެހިގެހިގެން ތިޔައުޅެނީ!
ޓްރާންސް ޕޭރެންސީ މޯލްޑިވްސް ގެ މެމްބަރުން ސިކުޑީގައި މައްސަލަ ހުރިކަން މިއަދު ހާމަ ވެއްޖެ! އަދި މި ޖަމިއްޔާގެ މެމްބަރުންގެ ސިކުޑީގެ ޓެސްޓް ހެދުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ދިއުމަށް ގޮވާލަން! ރައީސް ޔާމީން މިވަރުގެ ބިޔަ ބޮޑު ހަސްފަތާލެއް ބިނާ ކުރީ ޓްރާންސް ޕޭރެންސީ މޯލްޑިވްސް ގެ މެމްބަރުންނަށް އެތަނުން ފަރުވާ ވެސް ލިބެގޮތަށް! އަދި ހަމަ ޓްރާންސް ޕޭރެންސީ މޯލްޑިވްސް ގެ މެމްބަރުން ލޮލުގެ ޓެސްޓްވެސް މި ހަސްފަތާލް އިން ޓެސްޓް ކުރެވޭނެ!
ސަބަބު: ޓްރާންސް ޕޭރެންސީ މޯލްޑިވްސް ހަމަހަމަ ކަން ގެއްލިއްޖެ. ވަކި މީހަކަށް ބޭސްކޮށް ތިހެން ބުނުމަކީ ޓްރާންސް ޕޭރެންސީ މޯލްޑިވްސް ގެ މެމްބަރުން ގަމާރުކަމާ ނާތަހުޒީބްކަން! މިހާރުން މިހާރަށް އިސްތިއުފާ ދީފަ ގެއަށް ދާންވީ!
ކޮންމެދުވަސްވަރެއްގައިވެސް ކޮރޮޕްޝަން ހިންގާފައިވާނަމަ އެކަމުގެ ގެއްލުން ރަށްޔިތުންނަށް
ފޯރާނެ ވީމާ،،ކޮންމެ ސަރުކާރެއްގައިވެސް މިފަދަކަމެއްހިގާފައިވާނަމަބައްލަވަންޖެހޭނެ ވަކިބޭފުޅަކަށް
އަމާޒްކުރައްވައިގެންނޫން ބައްލަވަންޖެހިލައްވާނީ ކަންތައްބައްލަވާ ޒާތީގޮތްނުބާއްވަވާ އިންސާފުން
ދިވެހިރާއްޖޭގައި ވަކި މީހަކަށް އަމާޒްކޮށްގެން ހިންގާ ޖަރީމާތަށް ކުށްވެރިކުރަން. ތިކަމަކީ ޒާތީ ކަމެއްކަން ހާމަވެއްޖެ. ޓްރާންސްޕޭރެންސީ އޮފްމޯލްޑިވްސް އިން މިހުރިހާ ކަރަޕްޝަން ރާއްޖޭގައި ޢާއްމުވީއިރު އެއިން އެއްވެސް ވާހަކައެއް ދެއްކިފައެއް ނެތް. އެފް ޕީ އައި ޑީ މައްސަލަ. ކޮބާ؟ ޔާމީންގެ ކުރީގެ ސަރުކާރުން ހިންގާފައި ވާ ކޮރަޕްޝަންގެ ޢަމަލުތައް ވީ ކޮންތާކު. ހަމަ އެގޮތަށް ހިންގާފައި ހުރި ހުރިހާ ކަމެއް ބެލުމަށް ފަހުގައި ނޫނީ ޔާމީނޭ ކިޔުމަކީ ޓްރާންސް ޮޕޭރެންސީ އޮފް މޯލްޑިވްސް ގެ ޓްރާންސް ޕޭރެންޓްކަން ހާމަވާކަމެއްނޫން. ތީ ޒާތީ ތާޢައްސުބާ ޙަސަދަ ފިލުވާލުން ނޫން އެއްވެސްކަމެއްނޫން. އަޅުގަނޑުމެން ރައްޔިތުން ބޭނުންވަނީ ކުރީގަ ކަންތައް ކޮށްފަ ހުރި ތަރުތީބުން ކަނަކަން ގެންދިޔުމަށް . ނަމެއްގަ ޓްރާންސްޕޭރެންޓް ކަމަކަށް ހެދިގެން އެމްޑީޕީ އަށް ގޮސް ހުސްވެގެން ތިބެގެން ދައްކާވާހަކަ ދެކޮޅު ނުޖެހޭ.
ޔާމީނުގެ މައްސަލަ އެކަނި ޕީޖީ އަށް ފޮނުވިޔަކަސް ކޮރަޕްސަނެއް ނުހުއްޓުވޭނެ 155 މީހުނާ ޔާމީނާ ގާނޫނީ ގޮތުން އެއްވެސް ތަފާތެއްނެތް . ވީމާ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާ 20 ވަނަ މާއްދާއާ ހިލާފަށް ޔާމީނު ލޭބަލް ކޮށްގެން ޕީޖީ އަށް މައްސަލަ އެއް ފޮނުވުމަކީ ގައިރު ގާނޫނީ އަމަލަކަށް ނުވޭ ބާ ؟
ޔާމީނުގެ މައްސަލަ ޕީޖީއަށް ފޮނުވުމުން ކަރަޕްޝަން ހުއްޓޭނަމަ މިހާރު ތި ޓްރާންސްޕޭރެންސީގެ ބޭނުމެއް ނެތެއްނު! އެ މައްސަލައާއެކު ހުރިހައި ކަރަޕްޝަނެއް ހުއްޓުނީވިއްޔާ! ވީމާ ރަގަޅުވާނީ ކަރަޕްޝަން ހުއްޓުވުނީތީވެ ތި ލާދީނީ ޖަމްޢިއްޔާ އުވާލާފައި ގެއަށް ވަޑައިގަތިއްޔާ!
ކޮބާ ޢަދުލުވެރިކަމާ އިންސާފު . ކޮބާ ހަމަހަމަ ކަން. ކޮބާ އިޚްލާސްތެރިކަން ޓްރާންސްޕޭރެންސީ އަށް ފެނުނީ ހަމަ އެކަނި ޔާމީން. ސިޔާސީ ބޭނުމެއްގަ އެމްޑީޕީ އަށް ޖެހިގެން ހުއްޓަސް ތީ ބޮޑުވަރު،
ކެނެރީގެ ނަސީދާ ޖީއެމްއަރަ ގުޅިގެން ރާއްޖެ އިން ގިނަ އަދަދެއްގެ ދޮންވެލި ކަޒަކިސްތާނަށް ބޭރު ކޮށްފައިވާ މައްސަލަ ތަހުގީގު ނުކުރެވިގެން އުލެނީ ކީއްވެބާ ؟
ތިޔަސީއަކީ ވަކި ބައިގަޑެއްގެ އެއްޗެއް.އަބަދުވެސް ރީދޫ ކުލައިގަ.ހަޑަސްބުރީގަ ވަޅުލާންވެސް ހެޔޮނުވާނެ.