ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިއާގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އިންޑިއާ އިން ބޭނުންވެއްޖެނަމަ އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެކަމަނާ ހާޒިރުކުރަން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓަރ މަޖިލީހަށް ޙާޒިރުކުރާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވަނީ ރޭ ވިދާޅުވިއެވެ.

އިިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާ އަށް ވަނީ އަމާޒުވެފައެވެ. އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރަށް ފާޑުކިޔުން އަމާޒުވުމުން މަޢާފަށް އެދުމުގެ ބަދަލުގައި ޑިފެންސް މިނިސްޓްރީން ވަނީ މިނިސްޓަރުގެ ދިފާޢުގައި ދޮގު ހަދާފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށެވެ.

މިނިސްޓްރީން އެހެން ވިދާޅުވި ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުވެ ވީޑިއޯ ވެސް އިންޑިއާގެ މީޑިއާ އިން އާއްމު ކޮށްފައިވެއެވެ. މިނިސްޓަރު ނުދައްކަވާ ވާހަކަފުޅެއް މީޑިއާގައި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ތައްޔާރު ވަމުންދާއިރު ހައުސިންގ މިނިސްޓަރ އައިމިނަތު އާޠިފާވެސް މަޖިލީހަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޤައުމު

  މާރިޔާ އިސްތިއުފާދީފަ މޑޕ ޕްރޮޕެގެންޑާ ފަތުރަން މަގުމައްޗަށް ނެރެފަ ބަހައްޓާ ތިކަހަލަ ކާޅުން ޑިފެންސް މިނިސްޓަރުންނަށްލިމާ ވާނީ ތިކަހަލަ ގޮތެއް މުޅި ޤައުމުގެ އަގުވައްޓާލައިފި

 2. ގަދަ

  ހާޟިރުކޮށް ، ތަޙްޤީގު ކޮށް ޙުކުމް ކުރަން ފޮނުވާ!

 3. ގައުމީލޯބި

  ފަހުގެ ތާރީޚުގައި ރާއްޖެއަށް ދިމާވި އެއްމެ ނުރައްކާތެރި ޢުދުވާނުގައި އަމިއްލަ މޭތަށް އައްޑަނައަކަށް ހަދައިގެން މި ޤައުމުގެ ދިފާޢުގައި ނުކުތް ހިއްވަރުގަދަ ސިފައިންނަށް ބަދުބަސްބުނެ، އެމީހުންނަކީ ފިޑިންކަމަށް ބުނެ، ރިވެހިރާއްޖޭ ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ޤަނޫނުއަސާސީއަށް ކޮޅަށްއަރާ މީހަކު މި ގައުމަށް ހުންނާނީ ކޮން ލޯތްބެއް؟؟؟ ނޮވެމްބަރ 3 ގައި ބަޑިހިފައިގެން އެރީވެސް މިވެރިންގެ މީހުންވިއްޔާ... ގައުމަށް ލޯތްބެއް ކުލުނެއް ނެތްކަމުގެ ކިތަށް ޢަމަލު މީނަގެ ފަރާތުން ފެނިފައި މިވަނީ އަދި ކިތައް އެފަދަ ހުތުރު ޢަމަލު ދިވެހިން ބަލަން ބޭނުންވަނީ... އެއްމެ ފެޝަންކޮށް އުޅޭމީހާވެސް އެހެން ގައުމަކަށްގޮސް އަމިއްލަ ގައުމު ތަމްސީލުކުރާއިރު އަމިއްލަ ގައުމުގެ ސަގާފަތާ އަމިއްލަ ގައުމުގެ އިސްތިޤްލާލަށް ޙުރުމަތްތެރިކޮށް ހިތާ.. އެކަމަކު މިމީހާ އަމިއްލަ ގައުމުގައި ވޯޓުދޭން ތިބި މީހުންގެ ކުރިމަތީވެސް ގައުމުގެ ސިފައިނަށް ބަދުބަސްބުނެ، މަޖިލީހުގައި ގައުމުގެ ޤާނޫނުއަސާސީއަށް ކޮޅުފައިން އަރައި، ގައުމުން ބޭރަށް ދެވުނީމަ މިގައުމަށް އެއްވެސް އިޙްތިރާމެއް ނެތްގޮތަށް ވާހަކަ މި ދައްކަނީ... ވާނީވެސް އެހެންވިއްޔާ އަންނި ގުރުއާނާ ހަދީސް ނޫން އެއްޗެއް ގެންނަން ޖެޒުއިޓްސް ކައިރިން އެދުނުއިރުވެސް އޭނާއަށް ތާއީދުކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހެއް ވަނީ ގިނަވިއްޔާ.. މަ ބުނާނީ އިންޑީޔާ ކިތައްމެ ބޮޑު ބާރަކަށްވިޔަސް ހަލަ ލާހިކެއްނޫނޭ މި ހަށީގައި ފުރާނަ ހުއްޓާ މިރާއްޖޭން އެއްމެ ކައިވަތެއްވެސް އިންޑިޔާގެ އަޅުވެތިކަމަށް ގެންދާކަށް...

 4. އަހުމަދު

  ޑިފެންސް މިނިސްޓްރީއިން ދޮގުހެދީކީ ނޫނެވެ. އަސްލުމާރިއާ ބުނެފަވަނީ އިންޑިއާއިން ބޭނުން ވެއްޖެ ނަމަ މާރިއާގެ ހުރިހާތަނެއްގާވެސް އިންޑިއާއިން ހިފިދާނެ ކަމުގައެވެ.

 5. މޯދީ

  ތިޔައީ ވަރަށް ރަނގަޅު ކަމެއް. ޢަވަސް ކުރޭ ،މި ފަހަރު ކުޅި ދައްކާލަން ވާނެ.ޙާއިނުން ޙާއިނުންގެ ގޮތުގައި ޤައުމުން ވެސް ބޭރުކޮއްލަން ވާނެ.

 6. މަ

  މިހާރުވެސް ލަސްވެއްޖެ ތިކަން ކުރަން.

 7. މާރިޔާ

  މާރިޔާ ދެން ފައިބާ ތިހުރީ މިނިސްޓަރުކަން ކުރެވިފަ

 8. ހުސޭނުބޭ

  ތި އަންހެން މީހާގެ އަސްލު ބޭނުމަކީ އިންޑިޔާ ސިފައިން މިތަނަށް ގެނެސް މި ޤައުމުގެ މިނިވަންކަން ނަގައިލުން!

 9. ޖާމިޒް

  ހަމަ ޤައުމީ ލޯތްބަށް ސަތޭކަ ޕަސެންޓް ތާއިދު .

 10. ނުރަބޯ

  ފާޑުކިޔުން އަމާޒުވެ އެމްޑީޕީގެ ސިޔާސަތު ދޯދިޔާކަން ހާމަ ވުމުން ގޮތްދައްކަނީ. ދިވެހިރައްޔިތުން ބޭނުންވަނީ މިހާރުން މިހާރަށް މާރިޔާ ދިފާޢީ ވަޒީރުކަމުން ވަކިކޮށް ޢަސްކަރީ ބެކްގްރައުންޑް ހުރި ކޮލިޓީ މީހަކު މިމަގާމަށްލާން. ބޭރު ގައުމުތަކަށް ގޮސް އަމިއްލަ ގައުމު ނިކަމެތިކޮށް، އޮރިޔާން ކުރާ ކަހަލަ ޚިޔާނާތްތެރި ފިނޑިމީހަކު މިމަގާމުގައި ބަހައްޓައިގެން ނުވާނެ.

 11. ހިފިދާނެ، ކުރެވޭނެ

  އިންޑިޔާބޭނުންވެއްޖެނަމަ ހިފިދާނެ، ކުރެވޭނެ އެވެސްކަމެއް ނޯންނާނެ. އެއީ ފެކްޓެއް! ބުނަންނުވިޔަސް އެއޮތީ އެކަން އެގޮތައް