ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ދިވެހިރާއްޖެއަށް ގެނައީ މަޖަލަކަށް ނޫންކަމަށާއި އަދީ އެއީ ރީތި އެއްޗަކަށް ވާތީކީއެއްވެސް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ބިލެތްދޫ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގެނައީ ރާއްޖޭގެ ރަށްތަށް ތަރައްޤީ ކުރެވޭނީ ހެޔޮ ވެރިކަމެއްގެ ތެރެއިން ކަމަށްވާތީ ކަމަށާއި ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ރާއްޖެ ގެނައީ މަޖަލަކަށް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެއީ ރީތި އެއްޗެއްވެސް ނޫން ކަމަށާއި އެ ނިޒާމް ގެނައީ ރަށްރަށުގެ ތަރައްޤީއަށް އަޅުގަނޑުމެން ކޮންމެ މީހެއްގެ ޖީބަށްވެސް ފައިސާކޮޅެއް ވަދެ، ބޯހިޔާވަހިކަމެއް ލިބޭ ގޮތް ހެދުމަށް ކަމަށެވެ.
"މިކަންކަން އަޅިގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ހެޔޮ ވެރިކަމެއްގެ ތެރޭގައިކަން އިންސާނުންގެ ތަޖުރިބާ މާ ސާފުކޮށް އަޅުގަނޑުމެންނަށް ދައްކާފައި ވާތީ ” ނަޝީދު ވިދާޅުވިއެވެ.
ބިލެތްދޫ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ ފާނައިގެ މަސްވެރިކަމަށް ތައުރީފު ކުރައްވާ ނަޝީދު ވިދާޅުވީ، ބިލެތްދޫގެ ތަރައްޤީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ.
" ޖަޒީރާ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް މި ރަށުގައި އެކުލެވޭ, މިހާ އުއްމީދީ ރަށަކަށް ބިލެތްދޫ ވެގެންދާ އެއް ސަބަބަކީ، ހަލާލު އަމިއްލަ މަސައްކަތުން މަސައްކަތް ކޮށްގެން އެ ފައިސާގައި ތިބާ އާއި ތިބާގެ އާއިލާ އުޅުމަށް ކުރާ މަސައްކަތް އެންމެ ސާފުކޮށް ފެންނަ އެއް ރަށަށް ވުން.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ބިލެއްދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރު ދުޗެލީގައި ގެންގޮސް ނިންމަވައިދެއްވާނެ ކަމަށާއި، ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާ ގިތަށް ގެންދެވޭނެކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.
ހަޑި ހާވާ ނިޒާމެއް ރާއްޖެއަށް ގެނައި ކޮން ކަމެއް ނުވެގެންތޯ. ކޮން ޑިމޮކްރަސީއެއް ނުގެނެސް ދެވިގެންތޯ ތިއުޅެނީ!!!!
ޕާޓީ ނިޒާމު ގެނައީ ގައުމު ހުޅުޖަހައި އަންދަން ގައުމުގެ އެސެޓްތައް ވިއްކައި ފައިސާގަޑު ކައްވަން!
އެންމެ ފުރަތަމަވެސް 2004ގައި އަޅުގަނޑު ދެއްކިން ތިވާހަކަ. އެކަމަކުކަލޭގެ އަވާގައި ޖެހިފައި ތިބި އައުވާނުންނަކަށް ތިކަމެއް ޤަބޫލެއް ނުކުރެވޭ. ފުރެދުމެއްގެ ތެރޭގައި އެ ތިބެނީ ކަލޭ ބުނާ ކޮންމެ އެއްޗަކާއި އިބިލީހާއި ގުޅޭވަރުން ގިިނަމޫީހުންގެ ހިތްތަކަށް ވަސްވާސް ވަދެ ކަލޭ ބުނާހައި އެއްޗެއް ޤަބޫލުކުރެވެނީ. މިއަދު ކަލޭ ކަލޭގެ އަނގައިން ތިވާހަކަ ބުނީމަވެސް އެމީހުނަކަށް ނުވިސްނޭނެ.