އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ރައްޔިތުންނާއި ހަމައަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ކެންޑިޑޭޓުންގެ އިންޓަވިއުތައް "ވަގުތު" އިން ގެނެސްދޭން ފަށައިފިއެވެ.

އިއްޔެ އިން ފެށިގެން ކެންޑިޑޭޓުންގެ އިންޓަވިއުގެ ވީޑިއޯތައް "ވަގުތު" ފޭސްބުކް ޕޭޖްގައި ލައިވް ކުރަަން ވަނީ ފަށާފައެވެ. އިންޓަވިއުގައި ކެންޑިޑޭޓުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް "ވަގުތު" ގެ ވެބްސައިޓްގައި ޚަބަރު ވެސް ގެނެސްދޭނެއެވެ.

"ވަގުތު" އިން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ދާއިރާއަކުން ވެސް އެއް ކެންޑިޑޭޓަކު އިސްތިހާރު ކުރުމަށް ހާއްސަ ޕެކޭޖެއް ވެސް ތަޢާރަފް ކޮށްފައެވެ. ވަރަށް ގިނަ ކެންޑިޑޭޓުން ގެންދަވަނީ އެޕެކޭޖް ނަންގަވައިގެން "ވަގުތު" ގައި އިސްތިހާރު ކުރައްވަން ތައްޔާރު ވަމުންނެވެ.

ކެންޑިޑޭޓުންގެ އިންޓަވިއުއާއި "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖާއި ބެހޭ އިތުރު މައުލޫމާތު 9974666 ނުވަތަ 7907173 ނަމްބަރުން ލިބިވަޑައިގަންނަވާނެއެވެ.

"ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު އޮންނާނީ އެންމެ ކުރިން ޕެކޭޖް ނަންގަވާ ކެންޑިޑޭޓުންނަށެވެ.