ރައީސް ޔާމީންގެ ސަރުކާރުގައި ހިންގަވާފައިހުރި ހުރިހާ ވައްކަމުގެ އަމަލުތައް ތަހުގީގުކޮށް ރައީސް ޔާމީނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފ. ބިލެތްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ފާއިތުވެގެންދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުންގެ ތަހުގީގުކޮށް ހައްގު އަދަބު ލިބެންޖެހޭ ފަރާތަކަށް އެ އަދަބު ލިބޭނެކަމަށެވެ.

" ކުށުގެ ތުހުމަތުން ބަރީއަވުމުގެ ފުރުސަތާއި ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއްގެ އިތުރުން އެކަށީގެން ވާ ވަގުތު ރައީސް ޔާމިންގެ ދިފާއުގައި ދޭންޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ހަލާލު މަސަތްކަތް ކޮށްގެން ފައިސާ ހޯދީމައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ނުއުފުދޭނެ ކަމަށް ވިދާޅުވެ އެގޮތުން ދިވެހި ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ އެއް މައްސަލަކަމަށް ވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަޔަށް އަލިއަޅުއްވާ ލައްވައި ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައާއި މެދު ކަންބޮޑުވާ ކަމަށާއި، ދައުލަތުގެ އެކައުންޓަށް ވަންނަން ޖެހޭ 70 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ވަންނަމުން ދިޔައިރު އެއްވެސް ބަޔަކަށް ފާހަގަ ނުކުރެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

" މައްސަލައަކަށް ވަނީ ދައުލަތުގެ ހަޒާނާއިން އެތައް ރައްޔިތުންގެ ހައްގެއް ފޭރިގަންނާތީ އެކަމަށް އިހުމާލުވާމީހުން ސާފުކޮށް ޝަރިއަތް ހިންގެންޖެހޭނެ ފުރަތަމަ ކަމަކަށް އަޅުގަނޑު ގެންދެބަލަ ޗެކެއް ޖަމާކުރަން ، ސުވާލު ނުކުރޭތޯ ، 4 ލިޔުން ނުދޭތޯ، އެންމެ ފަހުން ބްލަޑް ގްރޫޕު ވެސް ދައްކައިގެން ފައިސާ އެއްތަނުން އަނެއްތަނަށް ގެންދެވެނީ" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ވަން އެކައުންޓްތައް މީގެކުރިން ވަނީ އެނގިފައި ކަމަށާއި އެ ފައިސާ ދިޔަ ހުރިހާ ފަރާތެއްގެ މައުލޫމާތު މީގެކުރިން ހާމަކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ ތިވަރަށް އިންސާފަށް ލޯބިކުރާ މީހެއްކަމަށްވާނަމަ ގާޒީއަކު ވަގަށްނެގި މައްސަލައިގެ އަދަބު އަވަހަށް ލިބިގަނޭ!

    • ައަޖޭ

      ވެރިއަކު ވެރިކަމުން ބާލަން ވީމަ އެކަނިތަ ތިބުނާ ޝަރަިއަތާ އިންސާފު އޮންނަނީ؟ ކޮބާތަ މީހުން މާރާފަ ތިބި މީހުން؟ ބޮޑެތި ކުށްވެރިން މިނިވަންކޮށް ރާއްޖޭގަޔާއި ރާއްޖޭން ބޭރުގަ އުޅޭއިރު އެކަންނުބެލި ދިއުމަކީ އިންސާފުތަ؟ ތިބުނާ އިންސާފެއް މިގައުމަށް ގެނެވޭ ވަރުގެ ގާބިލް ވެރިކަމެއްކުރެވޭ ބައެއްނޫން ތީކީ!

  2. ތަކުރު

    މިހާރުވެސް ތިހިރީ ކަނޑު ދަތުރު ފަތުރު ކުރުމުގެ ޤާނޫނާ ހިލާފް ވެފަ. ލައިސަންސް ނެތި ދޯނި ދުއްވުން.

    • ލީނާ

      ކިހިނެއް އިގެނީ އޭނަ އަތުގަ ލައިސެންސް ނެތް ކަމެއް

    • ބަކުރު

      ލައިސަންސް ނެތްކަމެއް ކަލޭއްަށް އެނގޭތަ/

    • ތާތީ

      100% އޭނަގެ އަތުގައި ލައިސަންސް ނެތްކަން

  3. ތިޔަ

    ތިޔައީވެސް ޝަރީއަތެއް ހިންގައިގެން އަދަބު ލިބެންޖެހޭ ބޭފުޅެއް. މަނިކުފާނު ކުރި ކަންތަކަށްވެސް އަދި ހައްގު އަދަބު ނުދެވޭ. ބަޔަކު ވެރިކަމަށް އަރައިގެން ނުގޮތުގައި ދޫކޮށްލާފަ ހުއްޓެއްކަމަކު ތާރީޚު ނުފޮހެވޭނެ.

  4. ބޮދަނަ

    ޜައީސް ޔާމީންއަކީ މިޖީލް އަށް އުފެދުނު އެއްމެ އިންޓެލިޖެންސް ރައީސް. ޜަށްވެހިކަމުގެ ބާނީ. ދެން ތިޔަތިބީ ހުސް ރޮނޑު ބިސް.

  5. އަހުމަދު687

    އިންސާފުވެރި ޝަރީއަތަކުން އަދަބު ލިބެން ޖެހޭނެއޭ ބުނީމަ ޝަރީއަތް އިންސާފުވެރިވެފަ ކޮބާ؟

  6. ވިސްނާލާ

    އެހެންމީހުން އިސްލާހުކުރަން ތިމާނުކުންނަންވާނީ ތިމާއިސްލާހުވެފަ ހުރެގެން. ތިމާއަކީ ބޮޑުމުޖުރިމެއްގެގޮތުގަހުރެ އަނެކާއަށް ވަގަކަށްނުގޮވޭނެ. ނަޝީދު ޒިންމާނަގަންޖެހޭނެ ނަޝީދުގެ ވެރިކަމުގަ ހިންގާފަހުރި ކޮރަޕްޝަންތަކުގަ. ނަޝީދުގެ ސަރުކާރުގެ ވަޒީރުން އެފަދަ ބޮޑެތި ކޮރަޕްޝަން ހިންގިއިރު ނަޝީދަށްނޭގޭނެކަށް ގަބޫލުނުކުރެވޭ. ވީމާ ފުރަތަމަ ތިމާ އަދަބުލިގަންނަން ތައްޔާރުވޭ. ނަޝީދު ބުނެފެހުރީ ރޔާމީން ދެންސިޔާސީ ދާއިރާގަ ނުފެންނާނެ އެޗެޕްޓާ ނިމުނީއޭ ދެންކޮންކަމަކާ ބިރުން ތިތެޅެނީ. ރޔާމީންދެކެ މިސިޔާސީމީހުން މިހާޖެހިލުންވަނީ ކީއްވެ އެއްވެސް އުރެއްޕެނެތޯ ރޔާމީންގެ މިމީހުންބުނަނީ.. ރައްޔިތުންގެތެރޭގަ ވިކެނީ އަދިވެސް ރޔާމީން. އެވަރެނުލިބޭނެ ދެނެ. އެއީ ގަޓް ރައީސް.

  7. އިނބިލީސް

    ލައިސަންސްނެތި ރައީސަކަސް ބޮޑުވަޒީރަކަސް އުޅަނދު ދުއްވައިގެން ނުވާނެ.
    މިހާރު ހިފާ ހައްޔަރުކުރޭ

  8. ސޯދިގު

    އެއައރޕޯޓު ޖީއެމްއާރަށް ވިއްކާލައިގެން އޭގެ ފަހަތުން ރާއްޖޭގަ އިންޑިއާއަށް ސޭލް އަޅުވައިގެން ރިޝަވަތުގެ ގޮތުގައި އެޗްއެސްބީސީ ޔޫކޭ އިން މިރާއްޖޭގެ 3 އަހަރުގެ ލާދީނީ އިންޑިއާ އެޖެންޓަށް ޖަމާ ކޮށްދިން 500 މިލިޔަން ޑޮލަރ ގެ ވާހަކަ ނުދައްކާ މި ދައްކަނީ މިސްކިތު ހުޅުޖެހީ ތިމަންނާހޭ؟؟؟!!! އާން ....ކަލޭ

  9. މަސްވެރިޔާ

    ރ. ނަޝީދެވެ. 78 މެންބަރުން ޤާނޫނު އަސާސީއަށް ހަގު އުމުރުގެ މީހަކަށް ނައިބް ރައީސްކަން ކުރެވޭގޮތަށް ވޯޓް ދެއްވިއިރު އެމްޑީޕީގެ ކިތައް މެންބަރުން ވޯޓް ލީތޯއެވެ. އަދި އެމްޑީޕީގެ ޕާރލަމެންޓަރީ ގުރޫޕުގެ ލީޑަރ އަނެއްކާ ހުރީ އެދުވަހު ހުދު ފޭރާމުގަތޯއެވެ. އަދީބު ބެހިކަމަށްބުނާ ކަޅު ފައިސާ 150 އެކައުންޓަށް ވަން އިރު އެހުރިހާ އެކައުންޓަކީ ރ.ޔާމިންގެ އެކައުންޓްތޯއެވެ. ނިކަން ކެރިގެން މިއެކައުންޓްތަކުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށްދީބަލާށެވެ.

  10. ޗިއްލޫ

    އިންސާފްވެރި ޝަރީއަތަކުން ކަލެއްއަށް އަދަބުލިބޭނެ ދުވަހެއް ދެކެން އަޅުގަނޑު ވަރަށް ބޭނުން!