މާލެ އާއި ސިޓީތަކުން ކުނި ހޮވާ، ސިޓީތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރުކާރުގެ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މުވައްޒަފަކުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި، ހުރިހާ މުއައްޒަފުންނަށްވެސް ވާނީ މުސާރަ ދެވިފައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯގެ ބައެއް މުއައްޒަފުން ބުނެފައި ވަނީ މީގެ ކުރިން އެންމެ ލަސްވެގެން ވެސް މަހުގެ 01 ނުވަތަ 02 ހިސާބުގައި މުސާރަ ޖަމާވި ނަމަވެސް މިމަހު އަދި މިހާތަނަށް މުސާރަ ނުލިބޭ ކަމަށެވެ.

އަދި މުސާރަ ނުލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެއްސި ވަރަށް ގިނަ ދަތިތައް ދިމާވަމުންދާ ކަމަށްވެސް މުއައްޒަފަކު ވަނީ ބުނެފައެވެ. އެހެން ބުނެފައިވީ ނަމަވެސް ވެމްކޯގެ ފަރާތުން "ވަގުތު"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ހުރިހާ މުއައްޒަފުންގެ މުސާރަވެސް ވަނީ ދެވިފައެވެ.

"އެޗްއާރުން އަޅުގަނޑުމެންނަށް ޔަގީންކަން ދީފައި އެބައޮޮތް ހުރިހާ މުއައްޒަފުންގެ މުސާރަވެސް ދީފައިވާ ކަމަށް،" ވެމްކޯގެ ފަރާތުން ވާހަަކަ ދެއްކި އޮފިޝަލަކު ބުނެފައިވެއެވެ.

ވެމްކޯ އަކީ ސަރުކާރުން ސަބްސިޑީ ދީގެން ހިންގަމުންދާ ކުންފުންޏެކެވެ. ދިވެހި މުއައްޒަފުންނަށް ވެމްކޯ ބަރޯސާވެފައި އޮންނަ އިރު، ވެމްކޯ އަށް ދިވެހި މުވައްޒަފުން ނަގަން ފެށުމުން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ދިޔަ ކަމަށް އޭރު މުވައްޒަފުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ވެމްކޯކަ

  މުސާރަ ލިބިފައި ހުރިނަމަ ނުބުނާނެދޯ އަދިވެސް މުސާރަ ނުދެޔޭ

 2. އަހަރެން ކަބުލޮ

  ދޮގުހެދިއަސް ތިވަރު ބޮޑު މުސާރަ ނުދޭ ނުދޭ ހަމަ ނުދޭ ދޮގުހަދާ ސަރުކާރު ވައުދު ފުއްދިއްޖެ

 3. އަހަރެން ކަބުލޮ

  ނުދޭ ނުދޭ ހަމަ ނުދޭ ވައުދު ފުދިއްޖެ

 4. ނާބެ

  މިހާރު މުސާރަ ފުރަތަމަ ޖަމާކުރަނީ ޕާޓީ ކުދިންގެ ނޫނީ އެޗްއާރު ކުދިންގެ އެކައުންޓަށް ތޯ؟ އަދި ނުލިބޭތީ އަހާލީ.

 5. އޭނަ

  ކޮންތާކު އަދިވެސް ނުވޭ ޖަމައެއް، ތިހެން ތިބުނާ އޮފިސަލްގެ ނަންޖަހާބަލަ ކެރެންޏާ ނިކަން، ދޮގުފަށެއް އެބަ ހަދައެއްނުން ދިވެހި ރައްޔިތުންނަށް. އެވަރު މީހުންނަށް އަދިވެސް ބޮޑެތި މަގާމްދީފަ ބަހައްޓަނީ. ޗިޗި

 6. ކިޔާބަލަ

  ތީވަރަށް ބޮޑު މައްސަލައެއް، ތި ކުންފުނީގެ ގިނަ މުއައްޒިފުންނަކީ ޔާމީން އަށް ސަނާކިޔާ ސަރުކާރުގެ އަގުވައްޓާލަން އުޅޭ ބައެއް.. ކޮބާތޯ ސަރުކާރުގެ ކޮން އިދާރާޔަކުންތޯ މިތާގެ މަސައްކަތް ކުރާ މުއައްޒިފުންނާ ބައްދަލުކޮށް، އެމީހުންގެ ހައްގު ހޯދާ ދެއްވުމަށް މަސައްކަތް ކުރާނީ..

 7. ޖޫލިޔާ

  އަދިވެސް ކުނިކަހާ މީހުންނަށް މުސާރަ ޖަމައެއްނުވޭ، ކާކުތަ ވެމްކޯގެ މީޑިއާ އޮފިޝަލަކީ؟ ނިކަން މިރޭވެސް 11ޖަހާއިރު ކުނިކަހަން އަންހެނުންތައް ނިކުތީމަ އަޅެ އަހާލަބަލަ އެމީހުންނަށް ނިމިގެން ދިޔަ މަހުގެ މުސާރަ ލިބިއްޖެތޯ؟ މިހާރަކަށް އައިސް ކޮންމެ މަހަކުވެސް މުސާރަ ލިބެނީ މަހުގެ 10 ގެ ފަހުން. މުސާރަ ނުލިބޭތަނުގަ ދީފަ އޮންނަ ޗުއްޓީ ދުވަސްގަނޑުވެސް އަންގާރަދުވަހަށް ބަދަލުކޮށްފި. ވަގުތު މީހުން ކެރެންޏާ މިކޮމެންޓް ޖަހާލަބަލަ އަޅެ. ކުރިން ފޮނުވި ކޮމެންޓްވެސް ޖަހާކަށް ނުކެރުނު ވިއްޔަ