ތ.ދިޔަމިގިލީ ރައްޔިތުންގެ މަސައްކަތްތެރިކަމާމެދު ހައިރާންވެ އަންތަރީސްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އިންތިޚާބުގައި ތ.ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިހާރު ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދިޔަމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ދިޔަމިގިލީގެ ރަށުތެރޭގެ މަންޒަރުތައް ބަލާލާއިރު ހައިރާންވެ އަންތަރީސްވާވަރުގެ މަންޒަރުތައް ފެންނަ ކަމަށެވެ.
"އަޅުގަނޑު ދިޔަމިގިލީގެ ރަށުތެރޭގެ މަންޒަރުތައް ބަލާލާއިރު އަޅުގަނޑު ހައިރާންވެ އަންތަރީސްވާ ވަރުގެ މަންޒަރުތައް ފެނޭ. އަޅުގަނޑު މިހުރީ ހަމަ ތަލިން ކުޅުހިކި އިނގިލީގައި ދައިގަނެވޭވަރުވެފައި. ވަކިވަކި ފަރުދުން ކުރައްވާފައިހުރި މަސައްކަތްތަކުން ހާސިލުކުރައްވާފައިހުރި ނަތީޖާތަކަކީ މިރަށުގެ ރައްޔިތުން ކަށިންނެރޭ ހިތްވަރުގެ ފޮނި ނަތީޖާ،" ގައްސާން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، ރަށުގެ ދިޔަމިގިލީގެ ގޭގެއަށް ކުރެއްވި ޒިޔާރަތްތަކުގެތެރެއިން ރަށުގެ ގިނަ ގޭގޭގައި ފެން ލޮނުވުމާ ފެނުން ނުބައިވަސްދުވުންފަދަ ބައެއް މައްސަލަތައް ރައްޔިތުން ހިއްސާކުރައްވާފައިވާކަމަށެވެ.
ޣައްސާން ވިދާޅުވީ ދިޔަމިގިއްޔަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ލިބިވަޑައިގަންނަވާނެ ވަރަށްބޮޑު އުފާފުޅެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
"ތިޔަބޭފުޅުންނަށް ޚިދުމަތް ކުރުމަށް ކުރިމަތިލައިގެން މިއުޅެނީ ތިޔަބޭފުޅުންނަށް ދިމާވެފައިވާ މިފަދަ ތަކުލީފުތައް ވީއެންމެ ބޮޑުވަރަކަށް، ސަރުކާރާ މަޝްވަރާކޮށްގެންކަމުގައިވިޔަސް، ނުވަތަ ޢާއްމު އެހެން ފަރާތްތަކާ މަޝްވަރާކޮށްގެންކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް ހައްލުކޮށްދެވޭތޯ. އެމަސައްކަތް ކުރެވޭތޯ ބެލުމަކީ އަޅުގަނޑަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު އުފަލަކަށްވެގެންދާނެ." ގައްސާން ފާހަގަކުރެއްވިއެވެ.
ޣައްސާންވަނީ ދިޔަމިގިލީ ރައްޔިތުންގެ އެއްބައިވަންތަކަމާ ރަށުތެރޭގައި އޮތް އަމާން މާހައުލު ފާހަގަކުރައްވާ އެކަމަށް ދިޔަމިގިލީގެ ރައްޔިތުންނަށް ތަޢުރީފް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ސިޔާސީ ބޭނުންތަކުގައި ދަތުރުފުޅު ކުރެއްވިއްޖެކަމަށާއި، ވަރަށް ހޫނު ތަޖުރިބާތައް ކުރެއްވިއްޖެކަމަށެވެ. އެހެންނަމަވެސް ދިޔަމިގިލީގެ މުޖްތަމަޢުގައި ސުލްޙަމަސަލަސްކަން އޮތް މިންވަރު ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، ދިޔަމިގިލީގެ ރައްޔިތުންނަކީ ސިޔާސީގޮތުން ތަސައްރަފު ފުދިފައިވާ ރައްޔިތެއްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ދިޔަމިގިލީގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރެވުނު ތަފާތު އަނެއްކަމެއްކަމަށް ޣައްސާން ވިދާޅުވީ ހުރިހާ ރައްޔިތުންވެސް އެމަނިކުފާނާ ހިއްސާކުރެއްވީ މުޅި ރަށަށް ފައިދާހުރި މަޝްރޫޢުތަކުގެ ވާހަކަތައް ކަމަށާއި، އެކަމާ އެމަނިކުފާނު އުފާފުޅުކުރައްވާކަމަށެވެ.
ދިޔަމިގިލީގެ ރައްޔިތުން ދިވެހި ގައުމުގެ ހައްގުގައި ވެފައިވާ ގުރުބާނީގެ ޒިކުރާ ރޭގެ ޖަލްސާގައި ޣައްސާން ވަނީ އާކުރައްވާފައެވެ.
"މިރަށަކީ ވަރަށް ފަޚުރުވެރި ރަށެއް. މިރަށަކީ ގައުމީ ޚިދުމަތުގައި ވަރަށް ފާހަގަކޮށްލެވޭ ރަށެއް. ސިރީ ކުލަސުންދުރަ ސިޔާތަ ސާސްތުރަ މަހާރަދުންގެ ޒަމާނުންފެށިގެން، 3 ނޮވެމްބަރު 1988 ވަނަ އަހަރު ދިވެހި ގައުމާ ދީނަށްޓަކާ ލެޔާ ފުރާނަ ގުރުބާންކުރި ދަރިންގެވާހަކަ ދިވެހި ތާރީޚުގައި ލިޔެވިފައި އެބަހުރި. މިރަށުގެ ފަސްގަނޑަށް އައިސްހުރެ އެދުވަހުގެ ހަނދާންތައް އާކޮށް، ދިވެހި ގައުމަށްޓަކައި އެބޭފުޅުން އެކޮށްދެއްވި ޖިހާދަށްޓަކައި މުޅި ދިވެހި އުއްމަތުގެ ހިތުގެ އެންމެފުން ލޯބި އެބޭފުޅުންގެ ޢާއިލާތަކަށް އަދިވެސް ހިފެހެއްޓުމެއްނެތި އޮހެމުންދާ ވާހަކަ އަޅުގަނޑު މިއަދު ދަންނަވާލަން." ގައްސާން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ދިޔަމިގިލީ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ރަށުގެ ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެފައެވެ.
ވޯޓް ބޭނުންވީ ދޯ... ވައިޖަހާ ވަރެއް އެކަމު. ހެހެހެހެ...
ގައްސާނު ތިކަންވާނެ. އަހަރެންގެ އުއްމީދެ މުސްތަގުބަލުގެ މިގައުމުގެ ތަޙތު ރެދަލި ކުރައްވާނެ ހާކިމެއްގެގޮތުގަ ގައްސާނު ފެނުމަކީ. ރމައުމޫނުގެ ތަރުބިއްޔަތާ ރޔާމީންގެ ތަޖުރިބާއިން މުއްސަދިވެފަވާ ފިސާރި ލީޑަރެއްކަމުގަ ދެކެންތީ. ކުރިޔަށް ވަޑައިގަންނަވާ. ރޔާމީންގެ ހިކުމަތާ އިރުޝާދާއެކު އަހަރެމެން ރައްޔިތުންގެ ރުހުންއެބައޮތް.
ދިސްގައި އިޒް ސޯ ޕްރޯ.
އައި ޑިޑިންޓް އެކްސްޕެކްޓް ސަޗް ވޯޑްސް ފްރޮމް ހިމް