ކެތޭ ޕެސިފިކްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް ގައުމަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގައި ހޮންގކޮންގ، ޕިލިޕީންސް، އިންޑޮނޭޝިއާ، ޖަޕާން، ޗައިނާ މި ގައުމުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފެއާއެއް ވަނީ ހަމަޖައްސާފައެެވެ.

އެގޮތުން ހޮންގކޮންގއަށް ދިއުމަށް 570 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ. އަދި ޕިލިޕީންސްއަށް ދިއުމަށް 473 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު، އިންޑޮނޭޝިއާއަށް ދިއުމަށް 474 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ. އަދި ޖަޕާނަށް ދިއުމަށް 889 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު، ޗައިނާއަށް ދިއުމަށް 799 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

އަދި މި ޕްރޮމޯޝަންގެ ދަށުން ޓިކެޓް ނަގާ ފަރާތްތަކަށް މި މަހަރުގެ މާރިޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން މި އަގުގައި ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެ އެއާލައިން އިން ބުންޏެވެ.

ކެތޭ ޕެސިފިކް އިން އޭޝިޔާ، އެމެރިކާ، ޔޫރަޕް، އަދި އެފްރިކާގެ 200 މަންޒިލަކަށް ދަތުރުކުރާއިރު، އެ އެއާލައިންއިން ރާއްޖެއަށް އޮޕަރޭޓް ކުރަމުން އަންނަތާ މިހާރު ފަސް އަހަރު ވެދާނެއެއެވެ.

ކިޔުންތެރިންގެ ހިޔާލު