ވައްކަމުގެ މައްސަލައަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ.

ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މީހުންތަކަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހުން ތަކެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ހަ މީހުންނެވެ. އެ މީހުން ތިން ސައިކަލުގައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ މީސް މީޑިއާއަށް ލާފައެވެ.

ފުލުހުން ވަނީ، މިމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.