އެމްޑީޕީގެ ފައުންޑާ މެމްބަރު އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިއަދު ހުއްދަ އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އާ ޕާޓީއެއް އުފެއްދުމަށް ސައްޕެ މިއަދު އީސީއަށް ހުށަހެޅިއިރު، އޭނާ އެދިފައި ވަނީ "ދަރުމަވަންތަ" ނަމުގައި ޕާޓީއެއް އުފައްދާށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ސައްޕެ ވިދާޅުވީ، އޭނާ އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވީ ސިޔާސީ މާހައުލުގައި ރަނގަޅު ޕާޓީއެއް، ލީޑަރެއް އަދި މީހަކު ހަރަކާތްތެރި ނުވާތީ ކަމަށެވެ. ބޭނުންވަނީ ފުރިހަމަ ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވެއެވެ. އޭނާ ވިދާޅުވީ، އޭނާ އުފައްދާ ޕާޓީން އަމާޒު ހިފާނީ 2023 ގައި ވެރިކަމަށް އައުމަށް ކަމަށެވެ.ސިޔާސީ ޕާޓީއެއް އުފައްދަވުމުގެ މަސައްކަތް ސައްޕެ ފެއްޓެވި ނަމަވެސް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މާމިގިލި ދާއިރާ އަށް އޭނާ އަމިއްލަ ގޮތުން ވާދަކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދދދ

    ތިމީހާއަށް ތިކަން ވަރަށް ފަސޭހައިން ވެދާނެ ކަމަށް ފެނޭ. ނަޝީދަށްވުރެވެސް ލާދީނީ މީހެއް.. ލާދީނީއެކޭވެސް ނޫން އެއަށްވުރެ އިތުރަށް ބުނަން ޖެހެނީވެސް. އެކަމަކު އެހެން ނުބުނާނަން. ގިނަ ދިވެހިންނަށް ވަރަށް ކަމުދާނެތާ

  2. މޫ

    ތީ ހަމަ ދެއިބިލީސް

  3. ރައްޔިޔުން

    އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ބިތު ފަންގި ނަގައި ފަތިފުއް ގޮވަން ފެށީ އެއްކޮށް - އެކަމަކުވެސް އެބުނާހެން ރާއްޖޭގައި އަދި ރަނގަޅަށް ހިނގާ އެއްވެސް ޕާރޓީއެއް - ރާއްްޖޭގެ ވެރިކަމުގެ ނިޒާމު އިސްލާމީ މަންހަޖަކަށް ބަދަލުކުރަންޖެހޭ