ށ. މިލަންދޫގައި މާރާމާރީއެއް ހިނގާ މީހަކު ޒަހަމްކޮށްލައިިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، މިއަދު ހަވީރު ހިނގި މި މާރާމާރީގައި، ހަމަލާދީފައި ވަނީ ފަކީރެއް ބޭނުންކޮށްގެންނެވެ.

މިލަންދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު ހަވީރު ރަށުގެ މީހެއްގެ ގައިގާ ފަކީރާއަކުން ޖަހާ ޒަހަމްކޮށްލާފައިވާކަމަށެވެ. އަދި އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދީފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި މާރާމާރީ ހިނގީ ޒަހަމްވި މީހާ ރަށުގެ ފުއްޓަރު ފަރާތުގައި ހުރި ގެވަޅެއްގައި ހުއްޓާ އައި މީހަކު އޭނާގެ މައިންބަފައިންނާއި ބެހި ތަފާތު އެއްޗެހި ގޮވުމުން އެކަމާއި އެއްޗެއް ކިޔުމުންކަމަށް އޭނާ ވިދާޅުވިއެވެ.

"އޭނާ ގޭތެރެއަށް ވަދެފައި، ފަހަތުން އައިސް ފުރަތަމަ ބިންމައްޗަށް ވައްޓާލީ، ދެން ފަކީރާއެއް ނަގާ ޖެހީ". ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެ މާރާމާރީ ހިންގި މީހާ މިހާރު ހުރީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ ހާދިސާގައި ޒަހަމްވި މީހާގެ އަތުގައި ބޭސް އަޅާފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ބޮޑަށް ހީވަނީ ފަކީރާ މަޅާލި ގަޑީގައި އަތްދިއްކޮށްލީހެން". ޝިޔާމް ވިދާޅުވިއެވެ.

މިއަދު ހަވީރު 04:12 ހިނގި މި މާރާމާރީގައި ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

މި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަގީރުކޮއި

    ފަކީރާއާ ދެކޮޅަށް ދައުވާކުރަންވީ.

  2. ކަނޑުކޮސް

    ކޮބާތަ މިރާއްޖޭގައި މިއޮންނަ މުސްލިމު ވަންތަކަން؟

  3. ހުސެންބެ

    ކޮމެޓީއެއް ހަދާފަ ބަލާބަލަ ތި ވަޅު ކޮނުނީ ސޭފްޓީ އާއި އެކުތޯ. ވަޅު ކޮނުން ވަގުތީ ގޮތުން ހުއްޓާލާފަ ރާއްޖޭގެ ހުރިހާ ވަޅުތަކެއް އިންސްޕެކްޓް ކުރަން ފެނޭ. ވަޅު ކޮނުނު އިރު ވަޅު ވަށާ ޓޭޕު ދަމާފަ އިންޒާރު ބޯޑު ހުރިނަމަ ތިޔަ މީހަކު ނުވެސް އައީސް ތި ޒުވާބެއްކޮށް މާރާމާރީ ހިންގާކަށް. ހަނޑަސްބުރި ކޮނުން ވަގުތީ ގޮތުން ހުއްޓާލަން ރައީސްއަށް ގޮވާލަން. ޖަޒީރާ ރާއްޖެ ޔޯ މީ...

  4. ހޯދާ

    ހުވާ ޑްރާމާގެ ސަބަބުން ފަކީރާއިން ޖަހަން ދަސްވީ.
    ނަހުލާ ތީގަ ޒިންމާ ވާން ޖެހޭނީ.

  5. ދޮންބެ..!!

    ދިވެހިންނަށް ކިހިނެއްތަ ވެގެން މި އުޅެނީ..؟؟
    ބަލަ އަހަރެމެންނަކީ މުސްލިމުންނޭ.. ކޮންމެ މުސްލިމަކީ އަނެއް މުސްލިމްގެ އަޚެކޭ.. އޭނާގެ ލެޔާ، މުދަލަށް އަރައިގަތުން ވަނީ ޙަރާމް ކުރައްވާފައޭ.. ރުޅި އަންނަ ކޮންމެ ފަހަރަކު މިއީ އެއް ނޫނޭ އުޅެންޖެހޭ ގޮތަކީ.. އަހަރެމެން ވާގި ހޯދާންވީ ކެއްތެރިކަމާއި ނަމާދުންނޭ.. އަތް އިސްކޮށްގެން ނޫނޭ.. މާތްﷲ އަހަރެމެން ދިވެހި އުއްމަތަށް ހެޔޮގޮތް މިންވަރު ކުރައްވާށި.. އާމީން.. (ދޮންބެ)