ބަރުލަމާނީ ނިޒާމް ރަނގަޅު ކަމަށް ހޭބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވި ވިދާޅުވުމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލް ގަފޫރު ހޫނު ރައްދެއް ދެއްވައިފިއެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ގާސިމަށް ރައްދުކޮށް ހާމިދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަގާވަތް ކޮށް އިންސާނީ ހައްގުތަކަށް އަރައިގަންނަށް ވަގު ސޭޓުން ދައްކާ ވާހަކަ ގަބޫލު ކުރާނެ ރައްޔިތުން މަދުވާނެ , މި ހަގީގަތް ބަރުލަމާނީ އިންތިހާބުން އިތުރަށް ކަށަވަރު ކޮށްދޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމަކާއި ދެކޮޅަށް ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ގާސިމް ރޭ ބަރުލަމާނީ ނިޒާމް ރަނގަޅު ކަމަށް ހޭބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެ ކަމަށް ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ހުރިހާ ފަރާތްތަކަކުން މިދައްކަނީ ޑިމޮކްރަސީގެ ވާހަކަ ކަމަށެވެ. "ބޭނުންވަނީ ބަރުލަމާނީ ނިޒާމެއްތޯ؟ ރިޔާސީ ނިޒާމެއްތޯ؟ ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަކަށް ބަދަލެއް ގެނައުމަކީ މައްސަލައެއް ނޫން. ނަމަވެސް ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބަރުލަމާނީ ނިޒާމެއް ގާއިމްކޮށްގެން ލިބޭނެ ފައިދާއެއް ނެތް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ރައީސް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހޮވަން ޖެހޭނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި އެންމެ ރަށެއްގެ ރައްޔިތުންގެ ވޯޓަކުން ހޯވާ މަޖިލިސް މެންބަރަކު މުޅި ގައުމުގެ ވެރިކަން ކުރަން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ބޭނުން ވަނީ ދިވެހިރާއްޖޭގެ އިސްލާމްދީނާއި ގައުމީ ސަލާމަތް ރައްކާތެރި ކުރާނެ އުސޫލުތައް ދަމަހައްޓާނެ ވެރިކަމުގެ ނިޒާމެއް." ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ހޮނޑައިދޫ

  ވިޔާދުދާ އަމަލު ތައް މިޤައުމު ގެނުވަން ބޭނުންވާތީ ޙާމިދު ކޮސްއަނގަ ތަޅަނީ ބުރުމާ ބުނުއްވީ 100ކައިގެ ވާހަކައެއް

 2. ޥެރިން

  ހާމިދުމެން އަމިއްލަ އެދުން ބޮޑުކަިމުން ނާއި އެމީހުންގެ ރޫހާނީ ލީޑަރް ހިތް ހަމަޖައްސަިން ދައްކާ ވާހަކަތައް ތީ

 3. Anonymous

  ކަލޭމެންނަށް ވެރިކަމަށް އާދެވުނީ އޭނަގެ ސަބަބުން، ކަލޭމެންގެ ވަގު މަކަރުވެރިކަން ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ.

 4. މޯދީ

  އަސްލު ރީނދޫ ބައިގަނޑުގެ ބޭނުމަކީ އިންޑިއާ ބުނާހާ ގޮތެއް ހެދުން. އިންޑިއާގަ އޮންނަ ކަހަލަ ބަރުލަމާނީ ނިޒާމެއް މިތަނަށް ގެނެސް ރައްޔިތުންގެ ބާރު ކަނޑުވާލުން. ދެން ގެންނާނީ ގެރި ކަލާނގެ، މީދާ ކަލާނގެ، މުސަޅު ކަލާނގެ،އެތާއި، ސިންގާ. މިހެން ގޮސް މުޅި ޤައުމުގަ އަތު ޖެހުނު ކޮންމެ އެއްޗަކަށް އަޅުކަން ކުރުމުގެ ހުއްދަ ދޭނެ.
  ހާމިދު، ކަލޭ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ؟ ބަލަ ހޮނޑައިދޫ ވެލިގަނޑަށް ބޯ ކޮއްޕައިގެން އޮއްވާ ނެގި ދުވަސް އަހަރެމެން ހަނދާން އެބަހުރި.

 5. ޤައުމު

  ހޮނޑާފުށި ކަތީބު މޮޔަޅާއެއް ހޮނޑާވަގު ކަލޭ ތީކާކުތަ ހޭބަލިވެގެން ޤާސިމްބުނީ 100ގެ ވާހަކައެއް

 6. ހުސޭނުބޭ

  ޔޫރިން ޓެސްޓް ހައްދަން އެބަ އާދެޔޯ! އަވަހަށް ފިލާ!

 7. 3 ވަނަވިސްނުން

  ސޭޓް އަން އަދިވިސްނޭނެ! ރައީސް ނަޝީދުގެ ވެރިކަން ވައްޓާލިއިރު ސޭޓް އަން ނުވިސްނުނު ރަނގަޅަން ތިޔަދަނީ ؟ދެންވެސް ރައްޔިތުންގެ ފައިސާ ސޭޓް އަތުގަ ހުރީ! މުއައްޒަފުންގެ މުސާރަދީ.ވޯލްޑް ބޭންކުން ރައްޔިތުންގެ ނަމުގައި ރައީސް މައުމޫނު ސޭޓް އަން ނަގާދީފައިވާ ލޯން ހަމަޖައްސާ އަބިން ގޮވައިގެން ހުރިއެއްޗަކުން ހަމަޖައްސާ،ސަލާމަތްވެ ހައްޖުގެ އަޅުކަމާގެން އަވަހަން އުޅޭ.

 8. މުހައްމަދުނއަހުމަދު

  ހާމިދު ކަލޭ މިއަދު ގާސިމް އޭކިޔަން އަނގަ ހުޅުވަން ލަދުގަންނަން ޖެހޭނެ

 9. ޕާރލަމެޓް

  ޒަމާނާ އެއްގޮތަށް ހޭލުންތެރިކަން ކުޑަ ރާއްޖެކަހަލަ ތަންތަނުގާ ސީދާ ރައްޔަތުން ހޮވާ ރައީސަކު ހުރުމަށް ވުރެން ގިނަ މީހުންގެ ނިންމުމަށް ސިޔާސަތު ރޭވޭނެ ނިޒާމަކީ ގޯސް ނިޒާމެކޭ ނުބުނެވޭނެ. ވެރިކަން ކުރުމުގެ ޑިމޮކްރަސީގެ އަސްލު ނިޒާމަކީ ހޮވާފަ ތިބޭ މެމްބަރުން ހިމެނޭ މުއައްސަސާއަކުން ސަރުކާރު ހިންގުން. ވެރިކަމާ ތޮޅޭލެއް ކުޑަވާނެ. މަހުޖަނުން ގޭންގް ލީޑަރުން ލާރި ބަހައިގެންނާ ތަފާތު ހަމަނުޖެހުން އުފައްދައިގެން ވެރިކަމަށް އަރަން ނޫޅޭނެ. ބާރުގަދަ ރައީސަކު ހިމެނޭ ނިޒާމަކީ އަސްކލު ޑިމޮކްރަސީއެއް ނުން. އެމެރިކާއަކީ ވެސް ހަގީގީ ޑިމޮކްރަސީއެއް ނުން. އެތާގެ މީހުންނަކީ ހޭލުންތެރި ބަޔކަށް ވާތީ ސަރުކާރު ހިނގާ ނިޒާމަކީ މާމުހިއްމު އެއްޗަކަށް ނުވޭ.

 10. އަލީ

  ހާމިދު ދޭބަލަ ހޮނޑައިދޫ ބީޗައް ރާބޯން އޭރަށް މާ ތާހިރުވާނޭ ހިތާ

 11. ސައްތާރު

  ހާމިދު ކަހަލުގެ ކަނޑުކޮހުން ދައްކާވާހަކަ ދިވެހިގިނަ ރައްޔިތުން ބަލައެއްނުގަނޭ، ހާމިދަކީ ހާމިދަކީ މަޖިލީސްތެރޭގެ ޖަނަވާރަކުވެސް ނޫޅޭނެ ފެންވަރެއްގެ އުޅުނު އަބަދުމެ ރާބޮއިގެން ހޭބަލިވެފަ ހުންނަމީހެއް، ކަލޭ ދިވެހިންނޭކިޔާފަ އަނގަނުތަޅާ ކަލޭގެ ސައިޒުގަހުރޭ،،،،

 12. Anonymous

  ހާމިދާއި އޭނަޔާއެއްކޮށް ބޮއެގެން ވާހަކަދައްކާ ނަޝީދަށް ބުނެލަންއޮތީ މިރާއްޖޭގެ ރައްޔިތުންއޮތީ ކުރީގަވެސް ބަރުލަމާނީ ކަލޭމެންގެންނަން އުޅުނީމަ ނޫނެކޭ ބުނެފައޭ، އަދިވެސް އިރާދަކުރެއްވިއްޔާ ރައްޔިތުން ތިބީ ހަމހޭގަޔޭ!

 13. ޜިޒާ

  މި ހާމިދަކީ އަބަފުވެސް މިފާޑަށް އިސްކޮޅަށްވުރެ އަގަ ގަދަ ކޮށްގެން އުޅޭ މީހެއް މައުމޫނު ސަރުކާރުގަ ސްޕޯޓްސް ޑިވިޝަންގަ ހުރިއިރު އުމަރުޒާހިރުގެ ފަހަތުގަ ހުރެ އަބަދު އޭނަޔަށް އެތިވަރު ގޮވާނެ ނުކިޔަވާ ހުރި ސަރުދާރޭ ކިޔައިގެން ވަރަށް ފޮނިބޮޑުވެގެން އުޅޭ މީހެއް

 14. ޗިއްލޫ

  ވިޔާނުދާ ހާމިދޫ ކަލޭތީ ރައްޔިތުން ގަބޫލުކުރާ ފެންވަރެއް ހުރިމީހެއްނޫން، އެއަށްވުރެ މާދަށުދަރަޖައިގެ އަމަލު ހިންގާމީހެކޭ! ރައްޔިތުން ކަލޭމެން ކަހަލުގެ އަބަދު ބޮއެގެން ހޭނާރާމީހުން ދައްކާވާހަކައިގެ މަޅިއަކު ނުޖެހޭނޭ އެއަށްވުރެ ތަސައްރަފު ފުދިފަވާ ރައްޔިތުން ތަކެކޭ މިރާޖޭގެ ގިނައީ،،،،

 15. ބުރޯ

  ސޭޓުގެ ވާހަކަ ދައްކާ އިރު ކޮންމެ ކައުންސިލަރަކު ކިތައްރުފިޔާ ގެނެސް ދިންތަ ؟ 10 % މުސާރަ ދޭގޮތަށް ވަޒީފާދިން ކައުންސިލަރުން އަތުން ކިހާވަރެއް ލިބުނުތަ ؟ބްލެކް މާކެޓްގާ ވިއްކި ޑޮލަރުގެ ނަފަޔަށް ކިހާޥަރެއް ލިބުނުތަ ؟ ޖަވާބުދާރީ ވާންކެރޭނެތަ؟

 16. Anonymous

  ހާމިދުއެއީ ހޮނޑައިދޫރައްޔިތެއް. އޭނައަށް އެނގޭނީ އެރަށުގަކަންކުރާނެގޮތް . ދައްޔިތުމީހާގެ އެއް ެސް އިހްސާސެއް ހާމިދުއަކައްނޭންގޭނެ. ގާސިމްއަށް 100% ތާއީދު.

 17. عبدالله

  ޤާސިމަށް ހަޖަމްކުރެވޭނެ ޤާސިމް ކޮންޓްރޯލުން ނުނެއްޓޭނެ

 18. ޝަވީން

  ކަލޭ ދޭބަލަ ނިއްކުރިއައް ދެލޯއަރުވައިގެން ކަޅިއަރާފަ ހުރެ އަންބަރާކުރަން.. ރައްޔިތުންނަކައް ހަނދާނެއް ނުނެތެޔޭ ކަލެއާއި ޒަކީ އާއި ޖާބިރު ބޮއެގެން ތިއްބާ އަންބަރާ އިން ހައްޔަރު ކުރި ދުވަސަ މަތީން.. މޫނުގަ ވެލިހާކައިގެން ތިބެ އޮނަރަބަލް ގާސިމޭ ކިޔާގެން ކޯޗެއް ގޮވާކައްތަ.

 19. ލޯކަ!

  ޤައުމަށް ޚިޔާނާތްތެރިވެ، ބަނގުރާބޮއެ އޭގެން ފެންވަރައި އުޅޭމީހުންނަށް ތާއީދުކުރާމީހަކު މުސްލިމުންގެ ތެރެއަކު ނޫޅޭނެ! މީނާގެ ދެބޭންގެ ދެދަރި މީހަކުހުރޭ ދީނީޢިލުމުވެރިއެއް، އެކަމަކު މީނާ ރާނުބޯނެގޮތެއް އޭނާއަކަށް ނުހެދުނު!

 20. ހަސީބް

  ހޮނޑައިދޫ އަތުރުމަތިން ވެލިކޭ ގުރޫޕަކަށް ރަނގަޅޫގޮތް ބުނެދޭކަށް ނޭނގޭނެއެވެ. ތިއީ މިޤައުމަށް ބޭނުންބައެއް ނޫނެވެ. ޤާސިމް އިބްރާހީމަކީ ޤައުމަށް ހެޔިއެދޭ ދީނުގެ ޙައްޤުގައި އަބަދުވެސް ވާހަކަދައްކަވާ ބޭފުޅެކެވެ. ލިބިފައިވާ ތަނަވަސްކަމުން މީހުންނަށް އެހީތެރިވާ ބޭފުޅެކެވެ. ކޮންމެ މީހަކަުވެސް ކޮންވެސް އިނިކަމެއް ހުންނާނެއެވެ. އެކަމަކި ގިނަ ކަންކަމުގައި ޤާސިމް ވަރަށް އިންސާފެވެ. (އަވަސް ރައްދަކަށް އެދެމެވެ.)

 21. ނުރަބޯ

  ބަލަގަ މިހިރަ މުށްކުރޭ. ދިވެހިރައްޔިތުން އޮތީ ވެރިކަން ކުރާ ނިޒާމަކަށް ރިޔާސީ ނިޒާމު ބަލައިގެންފަ އަދި ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފަ. ދެން ކަލެޔާ ކަލޭގެ ގުރޫޖީ އަންނިއަށް ބަރުލަމާނީ ނިޒާމު ރަނގަޅުވިޔަކަސް އެއެއް ގެނެވޭނެ ގޮތެއް ނޯންނާނެ. ރައްޔިތުންގެ ނިންމުމާ ޚިލާފަށް، މަޖުލިހުގެ ބޭނުންކޮށްގެން އެ ނިޒާމު ގެންނަން އުޅޭނަމަ އެއީ ކަލޭމެންގެ ޚުދުމުޚުތާރު ކަމާ އަމިއްލަ އެދުން ބޮޑުކަން ނޫން ދެން އެހެން ކޮންކަމެއްބާ؟ ސޭޓާ ދިމާލަށް މަލާމާތްކޮށް ފުރައްސާރަކުރަން ކަލޭމެން ރީނދޫ މީހުން ލަދުގަންނަން ޖެހޭނެ. އެހެނީ ވަގުވޯޓުން ނަމަވެސް ކަލޭމެންނަށް ވެރިކަން ލިބުމުގެ އެންމެބޮޑު ވަސީލަތަކީ ސޭޓު.

 22. މަރީ

  ކުއްލިއަކަށް މިހާރު ވެއްޖެ ވަގަކަށްވެސް ބަޤާވާތް ކުރާ މީހަކަށްވެސް. ވެރިކަން ބޭނުން ވެގެން ޤާސިމް ގެނެސްގެން އޭނަ ފަރާތުން އެތައް ހާސް ވޯޓެއް ހޯދިއިރު ތީގެން އެއް ކަމެއްވެސް ނެތި އަތް ޖަހަން ތިބީ. މިހާރު އޭނަގެވެސް ވަރަށް ބުރަ މަސައްކަތުން ވެރިކަން ލިބުނީމަ ދެން އޭނަގެ ބޭނުން ކެނޑުނީ. އެމްޑީޕީއަކީ މިޤައުމަށް ފާވެފަ އޮތް ސުންޕާއެއް

 23. ޝާން

  ހާމިދު ދެންމީ މާވަރުގަދަ ސިޔާސީ ލީޑަރެއް ކަމައް ހެދިގެން އުޅޭ މީ ހެއް ބަލަ ސައިޒު ދައްކާލަން މިނިވަން ކެނޑި ޑޭޓެއްގެ ގޮތުގައި ކުރިމަތި ލާންވީ ނުން އަންނި ފާދިރީ ނިވަލުގައި ތި އުޅެނީ

 24. މޫސަ

  ހާމިދު ކަލެއަށް މި ޤައުމުގައި އިޙްތިރާމްކުރާ މީހަކު ނެތް. އިންތިހާބަކަށް ކުރިމަތިލީމަ އެނގޭނެ އެކަން ވަރަށް ރަނގަޅަށް

 25. މިގޭ

  ހޮނޑާ ފުށީގެ ރައީސް ރާބޮއެގެން ޢަމަލުފެއޮތްތަން މަމެންނަށް ފެނުނު. ބޮޑު ގޮހޮޑާ.

 26. ހެހެހ

  ހާމިދާ ދެކޮޅހަށް ޓުވިޓާގައި ކުރާ ކޮމަންޓު ޑިލީޓު ކުރުަނީ! ހަޖަމް ނުވަނީތަ! ވައްތަރީ އަންބަރާ ކުރަމުން ވެލިކަމުން ކުރި ޓުއީޓަކައި! ލާދީނީޔަތަކަށް ތާއިދެއް ނެތް!