ކ. ހުރާއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ، ހުރާ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައި ދެއްކި ވާހަކަފުޅުގެ ތެރެއިންނެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސް ސޯލިހުއާ ހިއްސާކުރެއްވިއެވެ.

އެގޮތުން ރަށުގެ ކައުންސިލް އިދާރާއަށާއި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހިއްސާކުރެއްވިއެވެ. ރަށުގެ ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަން ހައްލުކޮށްދެއްވުމަށާއި، ރަށުގައި ހިއްކަމުންދާ ސަރަހައްދު ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށްވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

އަދި ކައުންސިލް މެންބަރުން ވަނީ ރަށުގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ އޮޅުންފިލުއްވައި ދެއްވައި ބަނދަރުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުން މަޖިލީހަށް ފާސް ކުރި ބަޖެޓުގައި މިއަހަރު ބަޖެޓްގައި ހުރާ އަށް ކަނޑައެޅިފައިވާ މަޝްރޫއުތަކުގެ އަދަދު ހަތަރަކަށް އަރައެވެ. އޭގެ ތެރޭގައި، ބިން ހިއްކުން، ބޮޑު ހިލަ ޖެހުން، ކައުންސިލް އޮފީސް އިމާރާތް އެޅުން، ފުޓްސަލް ދަނޑު ހިމެނެއެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަދަދު 56.8 މިލިއަން ރުފިޔާއަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ކޮބާ މުއްޔަށް ކޮންދޭން ބުނި ކަންތައްތައް؟ ކޮން އިރަކުންތޯ ފަށަނީ

  2. ތަކުރު

    ބަޖެޓަށް ވޯޓް ދިނިންތަ؟ ޢަނގައަރުވަނީ