އިންޑިއާގެ ނަން ބޭނުން ކޮށްގެން ދިވެހި ގައުމު ފިތުނަ ނުކުރުމަށް ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ގޮވާލައްވައިފިއެވެ.

ސައުދު މި ކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ސައުދު ވިދާޅުވީ އިންޑިއާ އަކީ ދިވެހިންގެ އެންމެ އަވަށްޓެރި ގައުމު ކަމަށާއި އިންޑިއާގެ ނަން ބޭނުން ކޮށްގެން ދިވެހި ގައުމު ފިތުނަ ކޮށް ސިޔާސީ މަގުސަދު ހާސިލް ކުރުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ މި ގައުމު އަބަދުވެސް އޮންނާނީ މިނިވަން ކަންމަތީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި" ސައުދު ވިދާޅުވިއެވެ.

ސައުދު މިހެން ވިދާޅުވިއިރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން "އިންޑިއާ ސިފައިން ފައިބ" ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ރޭ ދަރުބާރުގޭގައި ވަނީ މި ހަރަކާތާއި ގުޅޭ ބައްދަލުވުމުއް ބާއްވާފައެވެ. ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޢުމަރުގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙަސަން މަނިކާއި، ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު އާއި، ދާދި ފަހުން އުފެއްދި ނެޝަނަލް ރިފޯމް ޕާޓީގެ މުޙައްމަދު ދީދީއާއި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އިދިކޮޅު ބައެއް ފަރާތްތަކުން ކަންބޮޑުވަމުން ފާޅުކުރަމުން ދިޔަ ނަމަވެސް ސަރުކާރުން ގެންދަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ދިފާޢުގައި ވާހަކަ ދައްކަމުންނެވެ.

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ލ.އަތޮޅާއި އައްޑޫ ސިޓީގައި ފަސްދޮޅަކަށް އިންޑިއާ ސިފައިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އިންސާނާ

    ބަލަ މިހިރަ ގަމާރު ސައުދާ ފިތުނަޔާ އަޅުވެތިކަމާ މަކަރާ ހީލަތާ ވައްކަމުގެވާހަކަ ކަލޭނުދައްކާ އިންސާނުން އަމިއްލަ އެދުން ބޮޑު ވެއްޖެނަމަ އެތަނެއް ފިތުނަވެރިވެ ފަސާދަވެސް ވާނެ އެގޮތުން ކަލޭތީ އަމިއްލަ އެދުމައް އާއިލާވެސް ވިއްކަފާނެ މީހެއް ދެން ކޮންހާވާހަކައެއް ތިދައްކަނީ

  2. އަވަރޭ

    މަނިކުފާނުގެ ގޮނޑިގެއްލޭތީ ހުވަފެނެއް ފެނުނީތޯ؟ ހަމަ ތީގެ އިދިކޮޅަށް އެތައް ކަމެއް ހިގިއިރު މަނިކުފާނު ހަނުހުންނަވާފަ ކުއްލިއަކަށް އަގަފެޅީ ދެއްތޯ. މަނިކުފާނުން ވެސް ޝާމިލް ވާގޮތައް އޮތް އޭރުގެ އިދިކޮޅުފަރާތް ތަކުން ގޮވަމުންދިޔައީ ޗައިނާ މިގައުމު ހިފާއިފިޔޭ މިލިޓަރީ ބޭހެއް ހަދާއިފިޔޭ ކިޔާއިގެން ދޭދޭ ގައުމުތަކާއި ރާއްޖެޖައްސާ ފިތުނަ ފަސާދަ އުފައްދާ ބޭރު ދުނިޔޭގާއި ރާއްޖޭގެ އަގުވައްޓާ ހެދިއިރު އޯކޭ. ހަކުރު ދެންޏާ ބޮޑު ބޭބެ. އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބުނީ ފާއިދާތޯ؟ ރާއްޖެޔަށް އަންނަން އޮތް އެތައް ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް ބީވެގެން ދިއުމުގެ އަޑީގާއި ތިބީ ކޮންބަޔެއްތޯ؟ މޮޔަފުޅުވީތޯ؟ މިހާރުގެ މީހުންވެސް ކިޔަނީ ހަމައެއްލަވައެއް ދެއްތޯ. ނުކައެއްނުފުރާނަމޭ ކާއިގެންނޭ ފުރާނީ
    ނުބީހެންޏާ ކަނޑާ ހަމަޔޭ ހުރިހިތާމައެއްގެ ބޮޑުކަމާއޭ

  3. ކިންގފިޝަރ

    ކުރީގައިނަމަ މާލާބާރީންނަށް ވިކިފަ ތިބިފަދަ ބޭފުޅުން ރައްޔިތުންގެ ނަމުގައި ގައުމު ދަރުވާލަން މަސައްކަތް ކުރުމަކީ ޚިޔާނާތެއް.

  4. ދިވެއްސެއް

    ކޮންމެ ވާހަކައެއް ދެއްކިޔަސް އެމީހުން މިތާތިބެމްޖެހޭ މަގުސަދެއް ނޭންގެންޏާ ދިބެހިން ކަންބޮޑުވާނެ އަދި އެކަންބޮޑުވުންތަށް ފާލުވެސް ކުރާނެ.

  5. ޝަހާދާ

    ކަލޯ! ކަލޯ ފާޅުވީދޯ؟ މާރިޔާދައިތަ ނޫންތަ އެކަން އެ ކުރަނީ؟ އެބުނީވިއްޔާ އިންޑިޔާ ބޭނުންނަމަ ރާއްޖެ ހިފިދާނޭކަމަށްވެސް. މިއީ ވަގުސަރުކާރައެކު އެއްބަސްވެ ރާވާފައިއޮތް ކަމެއްނޫންނަމަ މިހެން ނުބުނާނެ! އަދިވެސް އެހެންމީހުންތަ ތިޔަ ކުށްވެރިކުރަނީ؟

  6. Anonymous

    މީގަ ގޯހީ އިންޑިޔާއެއްނޫނޭ. ކަލޭމެންކަހަލަ ވިޔާނުދާ ވަގުތީ މަންފާއަށް ވިސްނާ ޖާހިލުންނޭ ގޯސްވެގެން މިއުޅެނީ. އިންޑިޔާ ނޫނަސް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް މިގައުމު ބޭނުންވާނެ. މިއީ ދުނިޔޭގެ މެދު، އާރާބާރު ހުރި ގައުމެއްގެ ބާރުގެ ދަށަށް މިކުޑަކުޑަ ދިވެހިރާއްޖެ ހިނގައްޖެނަމަ، ޕޯޗްގީޒުން ދިވެހިންނަށްދިން އަނިޔާއަށްވުރެ ހާސްގުނަ އަނިޔާދީ ދިވެހި ނަސްލު ނައްތާލާނެކަން އެއީ ދުނިޔޭގެ ތާރީޚަށް ބެލުމުން އެނގި ކަށަވަރުވާކަމެއް.

  7. ބެއްޔާ

    ސްޕާރީލިބުނު ސިޔާސީ މީހުންގެ ތެރެއިން މީހެއްތީ.

  8. ވަގު ގޯތި

    ވިލިނގިލީ ރައްޔިތުން ތަމްސީލުކުރަށް މިފަދަ ނާގާބިލު ވާނުވާ ނޭނގޭ ޚިޔާނާތްތެރިއަކު ހުރީތީ ހިތާމަކުރަން. ވިލިނގިލި ގައި ތިބި ތައުލީމީ ޒުވާނުންނަށް ހުރި ހުތުރެއް. އެހެންތާ ވާނީ ނިޔަމި ސެޓްފިކެޓް ފިޔަވައި އެއްވެސް ޢިލްމީ އުރައްޕެއް ހުރި މީހެއް ނޫން ވިއްޔާ.

  9. މުހައްމަދު ޢައްޑޫ ސިޓީ

    ކީއްވެ އެވާހަކަ ނުދައްކަންވީ އެމީހުން ބޭރުކުރޭ

  10. ޗިއްލޫ

    ސައުދުބުނަން ކަލޭމެން ކަހަލުގެ ލޯއަދިރިމީހުން ތިފަދަ މަގާމުތަކަށް ރައްޔިތުންނަށް ހޮވުނީމަ މިގައުމު ހަލާކުވެގެން ބައެއްގެ އަޅުވެތިކަމަށް މިދަނީ!

  11. މުހައްމަދު އަހްމަދު

    ސައުދު ކަލޭތީ ބަތާހަރާމީ އެއް.. މާތްﷲ ކަލޭ ބަލި ކުރައްވާށި އާމީން

  12. މުހައްމަދު އަހްމަދު

    އެމްޑީޕީ އަށް ގޮނޑި ދިޔައަސް ޕީޕީއެމް އެއްވެސް މީހަކު ސައުދަށް ވޯޓް ނުދެއްވުން އެދެން

  13. ވަހީދު

    ސައުދުމެން ކަހަލަ އަމިއްލަ އެފުމުން ފުރިފައި، އަދި ގައުމަށް ޣައްދާރުވާ މީހުން ތިކަހަލަ ވާހަކަ ދައްކާނެ. ފަިސާގެ އަޅުންނަކީ އަބަދުވެސް ތިހެން އުޅޭ ބައެއް. ގައުމަށް ޣައްދާރު ނުވެ، މަޑުން ހުރޭ.

  14. ހުސޭނުބޭ

    މީ ހަމަ ފިރުޢައުނު ދައްކާކަހަލަ ވާހަކަ ދައްކާމީހެއް! ފިރުއަނުވެސް އޭނާގެ ޤައުމުގެ މީހުންނަށް ބުނި މޫސާގެފާނު އެ އުޅުއްވަނީ މިޞްރުގެ ބިމުން އެމީހުން ބެރުކުރުމަށޭ! މީނާވެސް މި ބުނަނީ އަޅުވެތިކަމުގެ ހިލިހިލާ ޖެހިޔަސް އިންޑިޔާގެ ވާހަކަނުދައްކަން!

  15. ސިވާދު

    ސައުދު އިންޑިއާ ސިފައިން މި ގައުމުން ބޭލުމައް ގޮވާމިލަނީ ގައުމު ފަސާދަކުރާކައްނޫން.. ސައުދު މަޖލީހުގައި ވޭތިކުރި ދުވަސްތަކުގައި ސިޔާސީ ކަންކަމުގައި އުޅުނަސް އަދި މަޖިލސްމެމްބަރުކަން ކުރާކައް ނޫނީ ސިޔާސީ ވާހަކަދައްކާ ތަސައްރަފު ނުފެދެކަން ތިޔަދޭހަވަނީ.. އިންޑިއާ އިން މިލިއަނުން ރިސްވަތު ހިފައިގެން 2010 ވަނަ ކެނެރީގެ މުހައްމަދު ނަޝީދު ވަނީ މި ދިވެހި ގައުމައް ޚިޔާނަތްތެރިވެ ޣަދަރުވެރިވެ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ޚިލާފުވެ، ދިވެހި ރާއްޖެގައި އިންޑިއާ ސިފައިން މިރާއްޖެގެ ގާއިމުވެ ތިބުމުގެ އެއްބަސްވުމެއްގައި ސޮއިކޮއްފައި.. އިންޑިއާ ގެ ނުރަސްމީ މިލްޓްރީ ބެސް އެއް މިހާރު ހިންގަމުންދަނީ ... މިގައުމަކީ މިއަދު މިއުޅޭ ކަލޭމެންގެ އެކަނި ގައުމެއްނޫން.. މި ގައުމު މިނަވަންކަމާ އެކު ކުރިމަގުގެ ޖީލުތަކެއް ފޯރުކޮއްދިނމަކީ މިއަދު މިތިބަ މީހުންގެ ޒިންމާއެް.. މިގައުމައް ހިޔާނަތްތެރިވި ގައްދާރުން ގެ ލިސްޓް ގައި ސައުދު ވެސް ހިމެނޭނެ..

  16. ހޯރަބޭ

    އުމަރު އެއީހުސްއަގަތަޅާމީހެއް އެއްވެސްމީހަކުތިކަމަންސަޕޯޓުނުކުރާނެ ހަމަ މޮޔައިންތިކަމާއުޅޭނީ

  17. މިލިޓަރީ

    އިންޑިޔާ މީހުން ފޮނުވާލާ