"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް ކަމަށް ބުނެ ރައީސް ޞާލިހް އުފައްދަވާފައިވާ ކޮމެޓީން ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ކަންތައްތައް ނިންމަން ރައީސް އެދިވަޑައިގެންފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފްލެޓް ކޮމެޓީ އާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަން ފާހަގަ ކުރައްވައި، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް، ކޮމެޓީ އާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކޮމިޓީގެ މަސައްކަތްތައް ރާއްވަވާފައިވާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދެވިއިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސް އަށް އެރުވިއެވެ.

އަދި މި މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސް އެދިވަޑައިގަތުމުން، ވަރަށް އަވަސް މުސްތަގުބަލެއްގައި މީޑިޔާ މެދުވެރިކޮށް އާންމުންނަށް މި މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގައި ކޮމިޓީން ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބޯ

    ކުރީ ސަރުކާރުން އެ އޮތީ ފައިސާ ހޯދައިގެން ފްލެޓް އިމާރާތް ކޮށް ދޭންވާފަރާތްތައް ކަނޑައަޅާ ގެޓެޓް ކޮށްފާ . އެ އީ ސަރުކާރަކުން ނިންމާފައިވާކަމެއް . 1982 ންފެށިގެން ވެސް ގެދޮރާ ފްލެޓް ދިނީ އެންމެ ހައްގު ފަރާތްތަކަށް ތޯ ކަށަވަރު ކޮށްފިނަމަ މާލެއިން ވިލިގިލިންދެމަފިރިންނަށް ގޯތި އަންހެނުންނަށް މާލެއިން ބިން ލިބިފާ ހުންނާނެ ނިގުޅައިގަނެވޭނެތޯ ހައްގު މިނަވަރު ކޮބާ ؟ އޭރު މިގައުމުގާ ތިބި ރައްޔިތުންނަކީ މިންވަރަށް އީމާންވާ އަނެކަކަށް ލިބިދާނެތީ އަތްއަޅަން ބޭނުންނުވާ މީހުން. މިހާރު މިތިބި ރީނދޫ މީހުންނަކީ މިންވަރަށް އީމާން ނުވާ ތިމާނޫން މީހަކަށް އެއްޗެއްލިބުމަށް ނޭދޭ ބައެއް. މިސަރުކާރުން ފްލެޓް އިމާރާތް ކޮށް އެ ރީނދޫ މީހުނަށް ދިނީމަ ވީދޯ . ހުޅުމާލޭގަ ގޯތިތައްވެސް އެހުރީ ބަހާފަ ދޯ . ސަކުވާ އަކަށް ބަޔަކު ނުދޭ.

  2. ގުލްމާ

    ކުރާނެ މަސައްކަތެއް ނެތިގެން އުޅޭ ރައީސް މީހެއްތަ ހައިރާންވޭ،، ހަހަހަ އެހެން ނުން ދޯ ވާނީ ދުވަހަކު ހުވަފެނުންވެސް ނުފެންނަ ކަމެއް ލިބުނީމަ އާގަމަވެފައ އެހުންނަނީ

  3. ޒިޔާޕު

    ކޮމެޓީ ހަދައިގެން ނުހޭވިނަމަ މާ ލުއިކޮށް ތިކަން ނިމުނީހެންނު. މަތި އޮމާން ކުރަން ނޫޅޭ.

  4. ނަފާ

    ގުލްމާބުނީ ހަމަތެދެއް.

  5. ޢަލީ

    ތިކޮމެޓީން ބަލާ ކަންކަމުގެ ތެރޭގައި ވެށިފަހިމާލެ ޕްރޮގްުރާމުން މާލެއިން ފްލެޓް ލިބޭނެކަމަށް ލިޔުންދީފައި މިހާތަނަށްވެސް ފްލެޓް ނުލިބި ތިބިމީހުންގެ މައްސަލަ ނުބަލާތީ ދެރަވަން، އެމީހުންގެ މަތީން މިސަރުކާރުންވެސް ހަނދާން ނައްތާލީތޯ؟