މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ) އިން އެޕާޓީގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ކައުންސިލް މެންބަރު އަޙްމަދު ރީޙާން އިސްތިޢުފާ ދެއްވައިފިއެވެ. ރީހާން އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިކަން ވަނީ ހާމަކޮށްފައެވެ.

އޭނާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، "އަޅުގަނޑު މިރޭން ފެށިގެން އެމްޑީއޭ ޒުވާނުންގެ މަޖިލިސް ރައީސް ކަމުންނާއި، އެމްޑީއޭ ކައުންސިލް މެންބަރު ކަމުންނާއި އެމްޑީއޭ މެންބަރު ކަމުން އިސްތިޢުފާން ދޭން ނިންމައިފިން." މިހެންނެވެ. ރީހާންވަނީ އެމްޑީއޭއިން ވަކިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަކުރައްވާފައިއެއް ނުވެއެވެ. ނަމަވެސް އޭނާވަނީ ޖަސްޓިކް ފޯރ ރީހާން (ރީހާނަށް އިންސާފް) ހޭޝްޓެގްކޮށް ފޭސްބުކް ޕޯސްޓެއް ކޮށްފައެވެ.

ރީހާންވަނީ އެމްޑީއޭގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިން ހާމަކޮށްފައެވެ. އޭނާ ކުރިމަތިލާން މީގެ ކުރިން ނިންމާފައިވަނީ އުނގޫފާރު ދާއިރާއަށެވެ. އެ ދާއިރާގައި ހިމެނޭ ރަށްތަކަކީ، އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު އެވެ. އެމްޑީއޭއިން ވަކި ވުމާއިއެކު ދެން އިތުރު ޕާޓީ އަކުން ނުވަތަ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަ ކުރައްވާނެ ކަން ނުވަތަ ނޫންކަން ރީހާން މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣާދިރު މަނަދޫ

    އަވަހައް ހުވާ ކުރަންވީ.. ތިޔަތިބީ މަޖިލީހައް ހޮވިނިމިފަ. ނ.އަތޮޅު ހިސޯރުކޮއްގެން 5 އަހަރު ތިބިއިރު ކުރިކަމެއް ކޮއްދިން ކަމެއް ބުނެ ނުދެވޭނެ.. މަނަދޫ ދާއިރާގެ ގޮޑި އެމްޑީއޭ އަކައް ދިނުމުގެ ވިސްނުމެއް މަނަދޫ ދާއިރާގެ ރައްޔަތުންގެ ނެތް.. ދާއިރާގެ ފިކުރަކީ އެމްޑީޕީ. ޕީޕީއެމް ފިކުރު .ތިޔަ އެމްޑީއޭ އަކީ މަނަދޫ ދާއިރާގެ ފިކުރެއް ނޫން..