ރާއްޖެ އާއި ދުރުން ބޭ އޮފް ބެންގާލް އަށް ބިންހެލުމެއް އަތުވެއްޖެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ވެރިރަށް މާލެއާއި 1787 ކިލޯމީޓަރު ދުރުން ބޭ އޮފް ބެންގާލް އަށް ރާއްޖޭ ގަޑިން މިއަދު ހެދުނު 6:32 ގައި ރިކްޓާ މިންގަނޑުން 5.9 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މި ބިންހެލުމެއްގެ އަސަރު ރާއްޖެ އަށް ކޮށްފައި ނުވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި އެ ބިންހެލުންތަކުގެ އެއްވެސް ނުރައްކަލެއް ވެސް ރާއްޖެ އަށް ނެތް ކަމަށް މެޓުން ވިދާޅުވިއެވެ. އެވެ.

ރާއްޖެ ހިމެނޭ އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައިވާއިރު މިދިޔަ އަހަރު ލ.އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ބިންހެލުމެއްގެ ލޮޅުތަކެއް އިހުސާސް ކުރެވިފައެވެ. ނަމަވެސް މި ލޮޅުމާއި ގުޅިގެން ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ލޮޅުމެއް ރެކޯޑް ކުރެވުނު ނަމަވެސް އެއީ ބިންހެލުމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު