އެމްޑީޕީގެ މެނިފެސްޓޯގައި މާލެ އިތުރަށް ދެން ތަރައްޤީ ނުކޮށް ޖަޒީރާ ވަންތަކަމާއި އެކު އަތޮޅުތެރެ ތަރައްޤީ ކުރާނެ ކަން އިއުލާން ކޮށްފައި އޮތް ނަމަވެސް އެވައުދާއި ހިލާފުވެ، މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތައް އިތުރު ދިހަ ސްކޫލެއް އިމާރާތް ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ތައްޔާރު ކުރި އޮޑިޓް ރިޕޯޓް ރޭ ވަނީ އާއްމުކޮށްފައެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް 288 ކްލާސްރޫމް ބޭނުން ވެއެވެ. އަދި 10 ސްކޫލާއި 47 ސައިންސް ލެބާއި 28 ލައިބްރަރީ އާއި 42 އޯޑިއޯ ވިޝުއަލް ރޫމާއި 22 ސްޓާފް ރޫމްގެ އިތުރުން 57 ބަދިގެ ބޭނުންވެއެވެ.

ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހުށަހެޅުމަށް މުހިޔުއްދީން ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި އިތުރު ސުކޫލްތައް އަޅަން ނިންމާފައިވަނީ އެއްދަންފަޅިއަށް ބަދަލު ކުރަން ބޭނުންވާ ކުލާސް ރޫމްތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ.

"މި ސްކޫލްތައް ފަރުމާ ކުރާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެއްދަންފަޅިއަށް ހާއްސަ ސްކޫލްތައް ފަރުމާކުރާ ކޮންސެޕްޓަށް، މަސައްކަތް ކުރިއަށްގެންދާނީ ފަސް އަހަރަށް ބަހާލައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދު ވެސް ހިމެނޭ ގޮތައް އިތުރު ދިހަ ސްކޫލް އަޅަން ސަރުކާރުން ނިންމިއިރު މާލޭގައި ދެން ސަރުކާރުގެ އިތުރު އިމާރާތެއް ނާޅާނެކަމަށް މިސަރުކާރުން ކުރިން އޮތީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މަސްވެރިޔާ

  ދެން މިއީ މިތަނަށް ބާރުބޮޑްކުރުން ނޫން ދެން ކޮންކަމެއްތޯ. ރައްޔިތުންވަނީ 134702 ވޯޓުން އިބޫ ހޮވާފަ. ދެން ބާރަށް އަތްޖަހާ. އަސްލުގަ ޖަޒީރާ ކޮންސެޕްޓް އާއި އެއްގޮތަށް ހިނގާނީ ރ.ނަޝީދު ކެޔޮޅަކަށްވީމަ.

 2. ދޮގު

  ވަގުތު މީހުން ވައުދާ ހިލާފު ވީ. ރުފިޔާގެ ދަހިވެތި ކަމުގަ މަޖިލީހަށް ކުރިމަތި ލައިގެން އުޅޭ މީހުން އިސްތިޙާރުކޮށް މުޅި ނިޔުސް ފީޑް ހަރާބު ކޮށް ނުވިތާކަށް ދޮގު ހަބަރު ފެތުރުން އާންމު ކުރަނީ

 3. ޖުމާ

  ރައީސް ޔާމީންގެ ތަރައްޤީގެ ޕްލޭން ކޮޕީކޮށްގެންވިޔަސް ކަމެއްކޮރެވިއްޖެއްޔާ ރަގަޅެވެ. ބީޗެއްހަދާފައޮތިއްޔާ ބީޗެއް ހެދުން ، ސުކޫލެއް އަޅާފަހުރިއްޔާ ސުކޫލެއްއެޅުން ، ޕާކިންޒޯނެއްހަދާފައޮތިއްޔާ ޕާކިންޒޯނެއްހެދުން ، . އަޖައިބަކީ ރައީސް ޔާމީންގެ ތަރައްޤީ ފެންނަންއެބަހުރިކަމާ މިމީސްމީހުންގެ ތަރައްޤި ކަރުދާހުގައި ލިޔެފައި ހރުންނޫން ކަމެއް ނެތްކަމެވެ. ރާއްޖެ ދަރުވާލާ އަންޑިޔާއަށް އަޅުދަާސްވެ އިންޑިޔާގެ މިލިޓެރީ ރަށްތަކެއް ރާއްޖޭގައި ހަދައިގެންވިޔަސް ކަންފުޅެއްވޭތޯ ބަލާށެވެ.

 4. އަސްލުހާލަތު

  ސްކޫލުތަރައްޤީ ނުކުރާނަމެކޭ އެހެނިހެން ތަރައްޤީ މާލެއަށް ނުގެންނާނަމެކޭ ނޯންނާނެ.. ބަލަ އަހަރެމެންއަތުގަ ވެސް އަދި ވެބްސައިޓްގަ ވެސް ތި މެނިފެސްޓޯ އެބައޮތް.. އެހެނެއް ނޫން މާލޭގަ އިތުރު ފުލެޓު ތަރައްޤީ ނުކުރާނެވާހަކަ ސަރުކާރާ ހަވާލުވުމަށް ފަހު ބުނި.. ސުކޫލަކީ ފުލެޓުތަ؟ އޮޅުވާލަން ނޫޅޭ މިއީ21 ވަނަ ޤަރުނު

  • ގަމާރު

   ހުޅުމާލޭގަ އިތުރު 4000 ފުލެޓު އަޅަން އިހަށް ދުވަހު ކިނބޫ އިއުލާން ކުރީ އެއީ އަމ މުދިތަ؟!

 5. Anonymous

  މުނާފިގުންގެ ގޮތަކީ، ވައުދެއް ކޮށްފިނަމަ އެއަށް ގަދަރުވެރިވުން. އިންސާނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ އެންމެ އެންމެ މުހިންމު އެއް ސަފައަކީ، "ވައުދެއް ކޮށްފިނަމަ އެފުއްދުން" pacta sunt servanda" އެންމެ މުސްކުޅި އެއްޕްރިންސިޕަލް. މިހާރު ޝައިޠާނާގެ ހިމާޔަތުގައި އުޅޭތީ އިންސާނީ މުޖުތަމައުން ބޭރުވެފައިތިބި ބައެއް މިތާ މިއުޅެނީ.

 6. މޫސާ

  ވަަަަަަޢުދާ ޚިލާފު ވުުން އެއީ އަންނިގެ މޮޓޯ!

 7. ކިނިކްސް

  ރިސޯސް އެންމެ ފައިދާހުރިގޮތަށް ބޭނުން ކުރަން ދަސްކުރަން ޖެހޭ! މިހާރު ހުރި ސުކޫލުތަކުގައި 1 ދަންފަޅިއަށް ކިޔަވަި ނުދެވޭނަމަ 2 ދަނފަޅިއަށް ކިޔަވައިދިނުން މުހިންމު.

 8. އުމަރު

  ގައުމުގެ ސިޔާސަތެއްބަދަލެއްނާނެ.އަބަދުވެސް އޮންނަނީ ރާއްޖެތެރޭމީހުން ކޮންމެހެންވެސް މާލެއަށްދާންޖެހޭ ސަބަބު މެދުވެރިކޮށްފަ.ރާއްޖެތެރެ ތަރައްގީކޮށް ރާއްޖެތެރޭގައި ވަސީލަތްތައް ގާއިމްކޮށްފިނަމަ ރާއްޖެތެރޭމީހުންމާލެދާނެވަކި ބޭނުމެއްނޯންނާނެ.މާލޭބޭފުޅުންގެ ގެތަށްކުއްޔަށްހިފާނެބަޔަކު ނުތިބޭނެ.އެހެންވީމަ އެކަންނުކުރަނީ.ޖަޒީރާވަންތައެކިޔަނީ ރާއްޖެތެރޭ ޖަޒީރާވަންތަ ރަށްތަކުގައުޅޭނިކަމެތިން މާލޭގޮސް ރެޔާއިދުވާލު ނުކައި ނުބޮއިކުރާ މަސައްކަތުން ލިބޭރުފިޔާކޮޅު މަސް ނިމޭތަނުން މާލޭ ބޭފުޅުންގެ ޖީބަށް ލާން ދިނުން.ކިހާ ޖަޒީރާ ވަންތަތޯ.

 9. ބަނާނާ ރައިސް

  ރިޔާސީ އިންތިހާބަށް ވައުދުވީއިރު އެއްވެސް ރިސާރޗެ އޮޑިޓެނުހަދާ ވައުދުވީ ވެރިކަން ލިބުނީމަ އެއްދަންފަޅިއަށް ސްކޫލުތަ ބަދަލުކުރާނަމޭ. މިހާރު އޮޑިޓްހެދީމަ މިބުނަނީ މި5އަހަރުތެރޭގަ ހަދާނަމޭ. އަހަރެމެންހީކުރީ މޑޕ މިވައުދެ އަބަދުކިޔާތީ ރޔާމީން ވެރިކަމުގަ އެއްދަންފަޅިޔަށް ގަސްދުގަ ބަދަލުނުކުރަނީއޭ މިފަހަރު ކޯލިޝަނަުން ވެރިކަންކުރަން ލިބުމުން ވަގުތުން އެއްދަންފަޅިއަށްހަދާނެޔޭ. ރޔާމީން ވެރިކަމުގަބެހެއްޓިނަމަވެސް މި5އަހަރު ނިމޭއިރު ތިހުރިހާކަމެއްގެ ހައްލުހޯދަދޭނެ. މިއީ ޔަގީން އެގި ކަޝަވަރުކަމެ.

 10. އެފް

  ސަރުކާރުގެ އިތުރު އިމާރާތް މާލޭގައި ނޭޅުމަކީ މިވަގުތުގެ ސިޔާސަތަކަސް އެއްދަންފަޅިއަށް ބަދަލުކުރުމަކީ ވައުދެކެވެ.ރަނގަޅުކަމެކެވެ.މިހުރިހާ ކަމެއް ލައިގަނެގެން މިއުޅެނީ ރާއްޖެ ތަރައްގީކުރުމުގައި ގެންގުޅެވުނު ނަހަމަ ސިޔާސަތެއްގެ ސަބަބުންނެވެ. ހަމަ ރަނގަޅަށްވެސް މާލެ އެއްދަންފަޅި ކުރުމަކީ ބޮޑޮގޮންޖެހުމެކެވެ. މީހުން ނިދާ އެހަދަނީވެެސް ދެތިން ދަންފަޅިއަށް ބަހައިގެންނެވެ

 11. ޢާއިޝާ

  ވައުދާއި ޚިލާފުވީމަ ވަރަށް ދެރަ، އަހަރެމެން ވޯޓު ދިނީ އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރާވާހަަކަ ބުނީމަ. އޮފީހަށް ދަމުން ގޭގައި ކުދިން އެކަނި ބަހައްޓާފައި ދިއުމަކީ ވަރަށް ހިތްދަތިކަމެއް، ކުދިން ބަލާނެ މީހަކު ލިބޭނެ ތަނަވަސްކަމެއްނެތް. ހެނދު ކުދިން ޓިއުޝަން ތަންތަނަށް ގެންދިއުމަށް އޮފީހުން ބޭރަށް ނިކުމެވޭކަށްނެތް

 12. ލޮލް

  57 ބަދިގެއޭ؟

  • ޟިހާރު

   މިހާރު ހެނދުނު ނާސްތާ ދޭނު ނާސްތާއަށް ބަދިގެ

 13. ހަސިނާ

  އެޑިޔުކޭޝަން ނިމިސްޓަރ މިހާރުން މިހާރަން އިސްތިއުފާއަށް ގޮވާލަން