ހެލިކޮޕުޓަރު ފަދަ މިލިޓަރީ ހާޑްވެއާ ތަކަކީ މި ގައުމުގެ މިނިވަންކަން އަތުލާ ދުވަހު ދިވެހިރާއްޖެ އާއި ދެކޮޅަށް ބޭނުން ކުރާނެ ވަސީލަތްތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ހޯމް މިނިސްޓަރ ކަމާއި ހަވާލުވިއިރުވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ އެކަމަށް ރައްދުދެއްވައި އުމަރު އޭނާގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓްގެ ސެކިއުރިޓީ ކައުސިލުން އޭނާ ވެސް ހިމެނޭ ގޮތަށް 2014 ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާއި އެކު ވެފައިވާ އެއްބަސްވުން އުވާލައި އެގްރިމެންޓް އިތުރަށް އާނުކޮށް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން ކަމަށެވެ.

"އަަޅުގަނޑު ސަރުކާރުން ވަކިވި ފަހުން އެ އެއްބަސްވުން ހަމަވި ދުވަހު ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން އަބުރާ ފޮނުވާލަން އަމުރުކޮށްފައި" އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން ވަނީ އެ އެއްބަސްވުން އަލުން އާކޮށް އިތުރު މިލިޓަރީ އެސެޓް ރާއްޖެ ގެނަމުމަށް އެއްބަސްވެފައި ކަމަށެވެ.

"ހެލިކޮޕުޓަރު ފަދަ މިލިޓަރީ ހާޑްވެއާ ތަކަކީ މި ގައުމުގެ މިނިވަންކަން އަތުލާ ދުވަހު އަޅުގަނޑުމެންނާއި ދެކޮޅަށް ބޭނުން ކުރާނެ ވަސީލަތްތަށް, މިއީ ހިމޭން އަޅުވެތި ކުރުމެއް, ދިވެހިނަށް ހޭލެވޭއިރު އޮންނާނީ ފިލްމް ނިމިފައި" އުމަރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ގިނަ އަދަދެއްގެ އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވާތީ ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވަމުން ދާއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެނގިއެވެ. ނަމަވެސް އެއެންގުމަށް އިންޑިއާ އިން ބޯލަނބާފައެއް ނުވެއެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ހެލިކޮޕްޓަރުތައް ރާއްޖޭގައި ބަހައްޓަން ނިންމާ، އިންޑިއާ ސިފައިންގެ ވިސާ ވަނީ އާކޮށްދެއްވާފައެވެ.

އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ދުއްވުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ދަތުރުތައް ފަށާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

މި ކަމާއި ދެކޮޅަށް އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން “އިންޑިއާ ސިފައިން ފައިބާ” ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިއްޔެ ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ބުއްޅަބޭ

    އެއިރުން އަންނިއަކާއި ކިބުލެއް މިރާއްޖެއަކު ނުތިބޭނެ ދެން އެމީހުންނަށް ކޮން ކަމެއް!

  2. ހަރާންކޯރު

    އެމްޑީޕީ މީހުން ސޯޝަލް މީޑިއާތެރޭ، އުމަރަށް ކިތަމެ ފާޑެއްކީއެއްކަމަކު، އިންޑިއާމީހުން މި ޤައުމަށް އެރުވުމަކީ ބޮޑުވެގެންވާ ޖަރީމާއެއް.

  3. ސަހާބިރު12

    އުމަރާ އަދިތަ. ކޮބަާ ސިއްރުގަ ނުސީދާކޮށް ކުރާ ދެކޮޅުވެރި ކަންތަށް

  4. އަލި

    މަހަތަމާ ގާނދީގެ ގްރޭޓާ އިންޑިޔާގެ ތަސައްވަރު މިހާރު އެދަނީ ފުރިހަމަ ކުރަމުން . މިސަރަހައްދުގެ އެހެން ގައުމުގަކަށް ވެސް އިންޑިޔާއިން ދަނީ މިގޮތަށް ހަދަމުން . ބަގުލާދޭޝް ގެ އިންތިހާބުގެ ކަންކަން ދިޔަގޮތް އިންޑީޔާ ހުރިހާ ކަމެއް ކުރި އެމީހުން ރުހޭ ސަރުކާރެއްވީމާ ހަމަ ސާފު އިންތިހާބަކަށް ވީ ޔޫރަޕުންވެސް ގަބޫލު ކުރީ ... ވޯޓްލަން ދިޔައިރު ފޮށިތަކަށް ހުރި ވޯޓް އަޅާފައި ... މިކަން ބީބީސީގެ ރިޕޯޓަރ ވެސް ކިޔައިދިން މުޅި ދުނިޔެ އޮތީ ލޯމަަރައިގެން ކީއްކުރާނީ،،، އިންޑިޔާއިން ކިތަށް ފަހަރު އަހަރެމެން އަޅުވެތި ކުރިތަ. ދޮންބަންޑާރައިން މިގައުމު އިންޑިޔާގެ ވަކިތަކުން ސަލާމަތް ކުރީ .. ހުރަވީ ދުވަހު މޮޅަށް ވާހަކަ ދެއްކި އެކަކަށްވެސް ބުނެލާކަށް ނުކެރެނު އިންޑިޔާއިންނޭ އަހަރެމެން އަޅުވެރި ކުރީ ... އަބަދު ވެސް ކިޔަނީ ހޮޅީންނޭ...

  5. ބުއްދި

    ހެލްކޮޕްޓަރތައް ރާއްޖެއާ ދެކޮޅަށް ބޭނުން ކުރިއްޔާ ވަރަށްރަގަޅު އެއީދިވެހިން ބޭނުންވާގޮތް ކުރެވޭނެމާބޮޑުކަމެއްނެތް އަނގަ އެރުވުން ނޫންކަމެއް ނުކުރެވޭނެ

  6. ނަސީދު

    ޥެރިކަންހަވާލުކުރަނީ ގައުމް ވިއްކާލާކަށް ނޫން އެހެންނޫނަސް ތިވަރުގެ ނިންމުމެއް ނިންމުގެ ހައްގެތް އެއްވެސް މިނިއްސްޓަރަކައް ނުވަތަ ރައިސް އަކައް އޮވެެގެން ނުވާނެ ރައްއިތުންގެ މަޖިލިހެއްއޮވެ އެފަދަ އެއްވެސް ކަމެއް ފާސަނުކޮއް ނިންމާ ނިންމުން ބަލައެއްނުގަނެވޭ

  7. ޖަހޫދީ އަންނި

    މިސަރުކާރުު ގެންނަން ވޯޓުލީ މީހުން ކޮބާ .. ކަލޭމެން ޖެހޭނެ މިވާ ހިމޭން އަޅުވެތި ކަމުގައި ޒިންމާ ނަގަންޖެހޭނެ .. ގައުމު އެނުބައި މޯދީގެ ގެރި އިންޑިޔާގެ އަތްދަށުގައިވަނީ.... ދިވެހިން ތިހެން ނޫސްކިޔަން ނުތިބެ ނިކުމެ މިކަން ހުއްޓުވަން ހިގާ.. އަންނިގެ މިސަން ފުލޮޕް ކޮށްލަމާހިގާ..

    • ތަމެން

      އުމަރު ފެންނަންފެށީތާދޯ؟ ކޮންތާކު ފިލާ އޮވެއޮވެފަ ތި ނިކުތީ؟ އުމަރު ، އަލްހާނު މީދެން ސިޔާސީ މީހުންތަ؟

  8. ޗިއްލޫ

    ތިކަމަށް ވަރައްތާއިދު، ތިކަމުގާ އަމަލީގޮތުން ބައިވެރިވާން ތައްޔާރަށް މިހުންނެވީ!

  9. މުހަރުގަނޑު

    ފުރަތަމަ މިސައިލުފޮނުވާލާނީ އުމަރުގެބޮލަށްކަމަށްވެދާނެ ؟؟_

  10. ރަސީދު

    ރ ޔާމިނު އާ އުމަރު ނަސީރު އާ ތިވިސް ނާ ގޮތަކައް މިގައުމާ ދޭތެރޭ މިހާ މިތިބަ ނާގާބިލު މީހުންނަކައް ނުވިސް ނާ އެމީހުން ގެ ގަމާރުު ކަމާ ނާގަބިލުކަމުން

  11. ބަނާނާ ޕީސް

    ރޔާމީން އިންޑިޔާއާކު އިންޑިޔާ ބޭނުންވާގޮތަށް އެއްބަސްވުންހެދިނަމަ ރޔާމީނާދެކޮޅުވެ އިންޑިޔާ ރާއްޖޭގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ސިޔާސީމީހުންނާ ބައިއަތުނުހިފީސް. އިންޑިޔާ ރޔާމީންގެ ވެރިކަން ބަދަލުކުމަށް އެއްމެބޮޑު ޓޫލަކަށްހިފީ ރމައުމޫނުގެބޭނުން. ބުރުމާ ވެރިކަމުގެ އެތެރެ ތޮރުފަދިނީ. ދެން ހެލިކޮޕްޓަރާ ރާޑަރުގެ އެއްބަސްވުވުމުގަ ރޔާމީނާ ގުޅުވަންޖެހޭ އެއްވެސް ސަބަބެނެތް. ކަމުންރެކެން ރޔާމީންގެ ބޮލުގަ އިލްޒާމުއަޅުވަނީ. މިސަރުކާރުން ހިންގާ ނޭއްގާނީ ކަންތައްތަކުގެ ވާހަކަތަ ރައްޔިތުންދައްކާތީ އެވާހަކަތަކުގެ އަޑުކަޑުވާލަން މިސަރުކާރުން ގެންގުޅޭ ޓޫލެ ކޮރަޕްޝަނުގެވާހަކަމީ. އަބަދު ކޮރަޕްޝަނުގެ ވާހަކަ ސުރުހީ ހަދާފަ މިސަރުކާރުން މިނިވަންކަން ވިއްކާއިފި.

  12. ދެރަކަލޯ

    ކަލޭގެ މިނިސްޓަރ ކަމުގާ ތިބުނާ ހެލިކޮޕްޓަރުގެ ކަންތަށް ހަފުސް ނުކުރީކީވެ މިހާރު ކޮންވާހަކައެއްތި ދައްކަނީ

  13. ޢުމަރޭ

    އުމަރު ނަސީރު ކުޅޭ ޑްރާމާއިން ތިޔަހެން ވާނީ

  14. މާމަ

    އުމަރު ދައްކާ ތިކަހަލަ ވާހަކަތަކަކު ނުހުންނާނެ އެއްވެސް އޮށްޓަރެއް ހޮޅިވާހަކަ

  15. މޯދީ

    އަސްލު އިންޑިއާ ސިފައިން ނުފޭބީ ،އޭރު އެމީހުނަށް އެހާ ޔަގީންކަން އޮތް ވެރިކަން ބަދަލުވާނެކަމަށް. އީސީ ގައްދާރުންނާ، ކޯތުތަކުގަ ގައްދާރުންނާ، ރީނދޫ ގައްދާރުންނަށް އިންޑިއާއިން މިލިއަނުން ފައިސާ ދީ ގަނެލާފަ ތިބީ.ވޯޓުން ވައްކަން ކުރަން އެއްބަސްވެފަ ތިބީ. އުމަރު ހާސްނުވޭ، ރީނދޫ ބައިގަނޑާއި ،ރޭޕިސްތާން މީހުން މި ޤައުމުން ފޮނުވާލާއި، ފައްސާލުމުގެ ވަގުތު ވަރަތް ގާތްވެއްޖެ.ﷲގެ ވާގިފުޅާއި އެކު އަހަރެމެން މި ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރާނަން

  16. ވ ސަާލާމްތޯއްޗެއް

    ސާބަސް

  17. ބުރިޓޯ

    ތިޔައީ އުމަރުބުނިނަމަވެސް ތެދު. މިއަދުސަރުކާރުގަ އެތިބީ އެއްވެސް ޒިންމާދާރުކަމެއްނެތް ގައުމުފުނޑާލާފަވެސް ވެރިކަމުގަ ވަކިހިއްޕައިގެންތިބެންބޭނުންވާ ރީންދޫހުންޖެހި އަވަދިވެފާތިބި ބައެއް. އިންޑިއާ އަށް ދީލާލައިގެން ތިބެ ސުޕާރީކާލަކާލަ ތިބޭނަމަ ގައުމުދެކެލޯބިވާ ރައްޔިތުން ގައުމުގެދިފާއުގަ ތެދުވާދުވަހު ފިލާނުތިބެވޭނެ. ވެރިކަމުގެ ލައްޒަތާއަރާމުގަ އަބަދަކުނުތިބެވޭނެ.

  18. އިންޑިއާ

    އެހެންވީމާ މިހާރުތިޔަދަނީ އެކަން އެގޮތައް ކުރާން ރާވަމުންތާދޯ ދެރައީ ތިމާމިނިސްޓަރުކަމުގައި ހުރެގެން ޖެކޮޕިޓަރުތަށް ރާއްޖޭގައި ދުއްވިއިރު ހަމަ އޯކޭދޯ

  19. އެޑަމް

    ހެލިކޮޕްޓަރުތައް ރާއްޖެއާ ދެކޮޅަށް ބޭނުންކުރާނެ ވާހަކަ މިއަދު ތިދައްކަނީ، އުމަރު ހޯމް މިނިސްޓަރު ކަމުގަ ހުރި އިރު އެމީހުން ބޭރުނުކުރީ ކީއްވެ. ޒިންމާއެއް ނެތި ގޮތް ކިޔުމަކީ ވަރަށް ފަސޭހަކަމެއް ނަމަވެސް ޒިންމާ ނަގަން ޖެހުނީމަ އެއްކަމެއްވެސް ނުވޭ، މިދެން ކާކު..

  20. ނިހާން

    ތި ހަރަކާތާ ހާދަ މީހުނެއް އެބަ އޮތޭ ދަރުބާރުގެ ފުރި ބާރުވެފަ.

  21. ބެއްޔާ

    ކޮންމެ އަތޮޅަކަށް ހެލިކަޕްޓަރެއް ހަމަވުމުން ކަންތައްފެށޭނީ.

  22. ހަސަންބެ

    ކުދިންނޭ ހޭލާތިބޭ ޤައުމު މިއޮތީ އަނދަވަޅކަށް ވެއްޓިފަ. އަނދިރި އަނދިރީންގެ އަނިޔާ. ވޯރާ ވިޔަފާރިވެރިންގެ ގޯނާ. ކެނެރީ ގައްދާރުގެ ނާމާން އަންދަވަޅަށް ވެއްޓިފަ. އިނަޑިޔާގެ ނާތަހުޒީބު ކުޑަކުދިން ފަޅާ ޖަގަހަޔަކަށް މިރާއްޖެ ޖަޒީރާ ރާއްޖެ ހަދާނެ.

  23. ރޯނު

    އިންޑިއާމީހުން މިރާއްޖެއިންބާލަން މަވެސް އެހީއެއްގެގޮތުގަ ދެތިން ކުރަފަތް އުމަރަށް ހަދިޔާކޮށްފާނަން ..

  24. ބޯފަން ގޮލާ

    އުމަރު ތި ފަށައިގެން އުޅޭ ހަރަކާތުގެ ފަރާތުން އަހަރެމެން ސޯޝަލް މީޑިޔާޔާގައި ޝެއާކުރާނެ ޕޯސްޓްތަށް ޑިޒައިންކޮށް އާންމު ކޮއްދީބަލަ ، އިނގިރޭސިބަހުންނާ ދިވެހި ބަހުން، އަހަރެމެން މުޅި ސޯޝަލް މީޑިޔާ ތި ޕޯސްޓްތަކުން ފުރާލާނަން ، މުޒާހަރާއަށް ވެސް ނިކުންނަން ތައްޔާރަށް މިތިބީ، ސަރުކާރުން މިކުރާ ކަންތަކާ މިހާރު ވަރުގަދަޔަށް ދެކޮޅު ނުހަދައިފިއްޔާ ނަތީޖާ ވަރަށް ހިތިވާނެ.

  25. ޒާހިރު

    އުމަރު އަވަސް ކުރޭ މުޒާހަރާ އައިމެން ރެޑީ

  26. އަލްޖިބްރާ

    އުމަރަކީ އުފެދުމުގައިވެސް "ކަތުރުފަންޏެއް " ކަލޭ ވަންނަ ކޮންމެ ތަނެއް ކައިހުސްކުރާނެ ! ކަލޭގެ ކަމަކީ ފިތުނަ ފަސާދަ އުފެއްދުން ! މިރާއްޖެ ނޫނަސް އިންޑިއާ މީހުންއުޅޭ ޤައުމުތަށް މިދުނިޔޭގާ އެބަހުރި ! އިންޑިއާގެ އަޅުވެތިކަމަށް އެޤައުމުތައް ނުދަނީ ކީއްވެތަ ؟

  27. ކެޔޮޅު

    އިންޑިޔާ މީހުންނަށްވުރެ ކުރިން ބަނގުލަދޭޝް މީހުންގެ ކަންތައް ހަމަޔަކަށް އަޅުވަން މާމުހިންމު. އެމީހުންގެ ސަބަބުން ޤައުމަށް ލިބެނުންދާ ގެއްލުން މާބޮޑު. ޤައުމަށް ހެޔޮއެދިގެން އުޅޭނަމަ ފުރަތަމަ މިކަން ރަނގަޅުކުރޭ. ނޫނީ ތީ ސިޔާސީ ސްޓަންޓް ކަމަށް ބެލެވޭނީ

  28. ހޯރަބޭ

    އުމަރު ތިއީ ހަމަ ހުސްއަގަތަޅާމީހެއް މިހާރުމީހުންބަލައެއްނުގަނޭ

  29. އަލީބަލީ

    މިއީ ހަގުރާމަމަތީ ހެލިކޮޕްޓަރެއް ނޫން. އަޅެދެން ކީކެދޯ ބުނާނީ. އައިޖީއެމްއެޗުވެސް އަދި ރާއްޖެއާއި ދެކޮޅަށް ބޭނުން ކުރާނެތާދޯ؟ ހުރަވީ ކޯސްޓުގާޑު ބޯޓު އެހެންވިއްޔާ އަދި ރާއްޖެއާއި ދެކޮޅަށް ބޭނުން ނުކުރާނެތަ؟ އެއީ ހަގުރާމަ މަތީ އުޅަދެއް؟