މިއަދު ސަރުކާރުން ފަށާ މަސައްކަތަކީ ހެޔޮ ވެރިކަމަށް މި ރާއްޖެ ގެނައުމަށްޓަކައި މީގެ އަހަރުތަކެއް ކުރިން ފެށިގެން ދައްކަމުން އައި ވާހަކަތަކުގެ އަމަލީ ބައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ގެ ނަމުގައި ސަރުކާރުން ފެށި ކެމްޕޭން އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަސައްކަތަކީ ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައާއި، ޚިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުމުގެ މަސައްކަތްކަމުގައެވެ.

"އަޅުގަނޑުމެން މިއަދު މި ފަށާ މަސައްކަތަކީ ހެޔޮ ވެރިކަމަކަށް މިރާއްޖެ އަނބުރާ ގެނައުމަށް މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަޅުގަނޑުމެން ދައްކަން ފެށި ވާހަކަތަކެއްގެ އަމަލީ ބައި. އެއީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައާއި ޚިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުމުގެ މަސައްކަތް" ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މިއަދު ފެށި ކެމްޕޭނަކީ ކޮރަޕްޝަނާއިމެދު މީހުން ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި، މި ކެމްޕޭނަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަނުގެ ކިތަންމެ ކުޑަ މިންވަރެއްކަމުގައިވިޔަސް ތަހަންމަލު ނުކުރާނެކަން ހާމަކޮށްދޭނެ ސިޔާސަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ކެމްޕޭނަކީ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭނެއްނޫން. މިއީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ތަހައްމަލްނުކުރާނެ ކަމުގެ ޔަގީންކަން ހާމަކޮށްދޭ ސިޔާސަތެއް." އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ޒީރޯ ޓު ކޮރަޕްޝަންސް ސިޔާސަތުގެ ދަށުން އިފްތިތާޙު ކުރި "ވިޝްލް ބްލޯވަރ" ޕޯޓަލްއާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، މި ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް، ކޮރަޕްޝަނުގެ މައްސަލަތައް ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ.

މިއީ ހުޅުވާލެވުނު ދޮރެއްކަމަށާއި، މި ދޮރުން ވަދެ، އޮފީސްތަކުގައި ހިނގާ ކުޑަނަމަވެސް ކޮރަޕްޝަނުގެ އަމަލުތައް ރިޕޯޓުކުރުމަށް ސަރުކާރު މުވައްޒަފުންނަށް ރައީސް ގޮވާލެއްވިއެވެ.

ހަމައެހެންމެ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރޭގައި ހިމެނޭ، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި އެފަރާތްތަކުގެ އަނބިންނާއި ފިރިންގެ މާލީ ބަޔާންތައް އާއްމު ކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި އެއްކަމަކީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭއްފުޅުންނާއި އެ ބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން ވަކި އުސޫލަކުން ހާމަކުރުން. އެކަން މިހާރު ވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ރަސީދު

  ތިކަމާ އިންޑިޔާ ތިހަދާ ޑިލްތައް ގުޅޭހިސާބު ދިވެހިން ގެ މިނިވަން ކަން

 2. Anonymous

  ވެރިކަމައް އައުމަށް ރައްޔިތުންނަށްވީ އެއްވެސް ވައުދެއް ވައުދުވީގޮތައް މީހަތަނައް ފުއްދިފައެއްނެތް

 3. ޢާދަނު

  ދެ ހީރަސް އެއް ހީރަސް ޖަހާ ފޮއްޓަށް ލާފައިހުރި ކަރުދާސް ކޮޅުތަށް ނެންގުވީ ކިހިނެއްކަމާއި، ޕާޓީ ކުއްޖަކަށް ނޫނީ ރޯޙއުސް އެއްވެސް ލިބިފައިނެތް ކަން ވަނީ އެގި ކަށަވަރު ވެފައެވެ.ދެން ތިޔަ ދައްކަވަނީ ކޮންވާހަކައެއްތޯ އެވެ.

 4. ބެއްޔާ

  މާލީ ބަޔާން ހުށަހަޅާއިރު ފާއިތުވި މަސްދުވަހުވެސް އާމްދަނީ ކުޑަމިނުން މުސާރަ ލިބުނުކަމަށްވެސް އެބަޔާނަކުން ނުދައްކާ. އަނދުންއެޅުވިޔަސް ބޮޑުވަރުތީ. ތިހާވަރަށް ހެޔޮވެރިކަން ނުކުރިޔަސް އެންމެރަގަޅު. މަކަރާއި ހީލަތް

 5. ފުނަދޫ އޭޑީ

  ކޮބާއަލީވަހީދުގެކޮރަޕުސަން މައްމަ ކޮށިފޯއްވިއްކައިގެން ނޭގެގަތީބުނީމަ ރައީސްމިހާގަބޫލުކޮއްލީމަނިމުނީ ރައްޔިތުންމަޖިލީހުން މަހަކައް އެއްލައްކަ ރުފިޔާނަގާމީހާވެސް ތިމައްނާއަތުގަ އިނީ ފުރޮޅުނެއްސައިކަލެކޭ ބުނީމަނިމުނީ މިރާއްޖޭގެރައްޔިތުން ލޮލުގައަނދުން އަޅުވަންވެސް ތީބޮޑުވަރު ސޯލިހު

 6. ފޯއްބެ

  ކޮމިޓީ އެއް އެކުލަވާލަންވީ...

 7. ނުރަބޯ

  ޒީރޯޓޮލަރެންސް ޓު ކޮރަޕްޝަނޭ ކިޔައިގެން ކޮން ހަޑިއެއް ކަލޭމެން އެމްޑީޕީ އިން ތިޔަހާވަނީ އޭނ؟ ބަލަ މިގައުމުގެ ތާރީޚުގައިވެސް އެންމެގިނަ އިން ކޮރަޕްޝަނާ ދައުލަތުގެ ފައިސާ ނުހަމަގޮތުގައި ބޭނުންކޮށްފަ އޮތީ ރީނދޫ ކުރީގެ ސަރުކާރުގައެވެ. އެއިރުގެ އެއްވެސް ކަމެއް ނުބަލާ އެއިރު އެމްޑީޕީއިން ކައްވާލި 4.7 ބިލިއަން ރުފިޔާ ހޯދާ ދައުލަތާ ހަވާލުނުކޮށް ކޮން ކޮރަޕްޝަނެކޭ ތިޔަކިޔަނީ އޭނ؟
  މިހާރު ތިޔަކުރާކަމަކީ އިންޑިއާއަށް މިގައުމު ވިއްކާލަންވެގެން އެކަމާ އިދިކޮޅަށް އެއްޗެއް ބުނެފާނެ އެކަމަކަށް ހުރަހަކަށް ވެދާނެ ކޮންމެމީހަކު ތަޅުއަޅުވާ ހައްޔަރު ކުރުމުގެ މަސައްކަތް. ކިތައްމެ އޮފުދާރުކޮށް ސޯލިހު ވާހަކަ ދެއްކިޔަސް ޙަގީގަތަކީ މިއީ.

 8. އަބުދުﷲ

  ރައީސެކޯ މިއީ ލާދީނީހުސްވެފަ އިހަންރޭގަވެސް
  ބުނީބުހުތާނުބޮޑު ދޮގެއްކަރަންޓުއަގުހެޔޮކޮއްފީމޭ
  ލާދީނީތާއިދުކުރާމީހުންތިބިއަތްޖަހަން ލާދީނީފަޅިން
  ފެންނަނީމުޅިންވެސްދޮގުހެދުންކަށީގަހިފާފަތިބޭބައެއްގެގޮތުގަ މިމީހުންދެކޭގޮތުގަ ރަތްޔެތުންމޮޔަބަޔެއް

 9. ތާރީޚު ދިވެހި ރާއްޖެ

  ވެރިކަން ކުރަން ފެށީވެސް ކަރަޕްސަން ފައިސާއިން އަދި ވެރިކަން ނިމެންދެންވެސް އޮތީ ހުސް ކަޕްސަން. ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލުވަނީ ކަރޕްސަން ފައިސާކޮޅަކަށް އިންޑިޔާ އަށް ވިއްކާލާފައި. މި ވެރިކަން ނިމިގެން ދާނީވެސް މުޅި ޤައުމިއްޔަތު ކަރަޕްޓް ކޮށްލި ވެރިކަމެއްގެ ގޮތުގައި.
  ބަސްމަގު ޚަލީފާ އުމަރުގެފާނަށްވުރެ މައްޗަށް ޖައްސާ، ޢަމަލުތައް އިބިލީހަށްވުރެ 100 ގުނަ މައްޗަށް ޖައްސާލުމުން އިބިލީސް ވެސް މިހާރުވަނީ ތިމަންނައަށްވުރެވެސް މާ ހުސިޔާރު ސަރުކާރެއްކަމަށް ބުނެ އޭނާގެ މަސައްކަތް މިސަރުކާރާ ޙަވާލުކޮށް ބިރުން އެއްފަރާތް ވެފައި.!!!!

 10. ބޮކި

  ކޮބާތޯ ޔާމީން ދަވާލި 1000000 ޑޮލަރު

 11. މުގުރާން

  މިނިމުނީ ސުރުޚީއެޅިއްޖެއެއްނު ރައްޔިތުން ލޮލުގަ އަނދުން އެޅުވުން ނޫނކަމެއްނެތް މިސްކިތްތަކުގަ ކިޔަވައިދޭންފެށި ގޮތަށް!

 12. ލާމިޢު ޙަނީފް

  ކަލޭގެ މޮޅުކަމަކީ 2009 ން 2011 ށް އޮޑިޓްރިޕޯޓްތަކުން ފަޅާއަރުވާލާފައިހުރި އެމްޑީޕީން ވަގަށްނަގާފަހުރި 1.5 ބިލިޔަން ރުފިޔާގެ މައްސަލަތައްބަލާ އޭރުގެ މިނިސްޓަރުންނަށް ފިޔަވަޅުއެޅުމެވެ. ދެން ރައްޔިތުންގެ އެކައުންޓްތަކުން ދަވައިލި ފައިސާތަކާ ، ޖީއެމްއާރަށް އެޔަޕޯޓްވިއްކާލައިގެން ނެގި ޑޮލަރުތަކާ އައްޑޫސިޓީގެ ނަރުދަމާ އެޅުމުގެ މަސައްކަތަށް ލިބުނު 35 މިލިޔަން ޑޮަލަރާ ، ސިވިލްސާވަންޓންގެ މުސާރައިން ކައްވައިލި ރުފިޔާތައް ހޯދުމެވެ. އެ އެންމެން ތިތިބީ ކަލޭ އަތުޖެހޭ ހިސާބުގައެވެ.

 13. ރާޅު ބޯއީ

  ވާހަކަ ވަރަށް ރީތީ. ޒީރޯ ޓޮލެރެންސް އޮންނާނީ ނަމެއްގައި. އެހެންނަމަ އަހަރެމެންނަށް އިންސާނުންނެއް ނުކިޔާނެ. ފޮނި ވާހަކަ މީހުން މޮޔަ ހައްދަން ދައްކާ ވާހަކަ. އެމްޑީޕީ ސަރުކާރު ހިނގާދިޔަ ގޮތް ފެނިފައި އޮތީ. ތިވާނީ ތިޔަށް.

 14. Anonymous

  ރާއްޖޭގެ އުރިހާރައްޔިތުންދެންހިނގާނީ އެކޮޅުކޮޅުން. ޔަގީންކަށަވަރު ތިޔަކަންހިނގާނީ ތިޔަބުނާބުނުމާދިމާއިދިކޮޅައް. ހަގީގަތަކީ ޕާޓިމީހުންފިޔަވާ ކޮންމެމީހަކުނަމަ އެމީހަކު ކުރީކިތަންމެރަންގަޅު ކަމަކައްވިޔަސް އެކަމެއްވެގެންދާނީ ކޮރަޕްޝަންއާއިފަސާދައިގެ ގިންތީގެތެރޭގަ. ޕާޓީއަށްނިސްބަތްވާމީހަކު ކޮންމެފަދަ ޖަރީމާއެއްހިންގާފައޮތަސް އެކަމެއްވާނީ ހުދުކާފޫރައް. މޮޅުވާހަކަތައްދެއްކީމަ އުރިހާކަމެއްހުންނާނީފުރިހަމަވެފަ.

 15. ވާނުވާ

  ހީވަނީ އާގޭޓެއް ކަރެޕްޝަންއަށް ހުޅުވާލީހެން. ކުރިންތިބި މީހުން ނެރެ ޕާޓީއިން މީހުންލާން.

 16. އަމީތާބު

  ބ. ކެންދޫއައް ސަރުކާރުން ގެއްގޮއްސަ ހުރި ފެންއަޅާ 12 ކަޅުހަންތައް އެމްޑީޕީ ކައުންސެލަރ އަބްދުއްރަހުމާން އާއިލާއައް އެމްޑީޕީ ވެރިކަމުވަ ބަހާލި މައްސަލަ ވެސް ހުށަހަޅަންވީދޯ. މީނާ ވަނީމިފަހަރު އެމްޑީޕީ ޕްރައިމަރީގަ ވާދަކޮއް ނާކާމިޔާބުވެފަ. ސޯލިހޫ މީ ކޮރަޕްސަންތޯ ބަލާދީބަލަ

 17. ދިވެއްސެއް

  ހެޔޮވެރިކަމަށް ރާއްޖެ އަނބުރާގެންނަންވެގެން އެންމެ ފުރަތަމަ ކުރިކަމަކީ ގާސިމަށް (ގާސިމު ޕާޓީގެ މީހަކަށް) ޓުއަރިޒަމް މިނިސްޓްރީ ހިންގުން ހަވާލުކުރުން. ހާދަހާވާ ހެޔޮ ވެރިކަމެކޭ އުތަ؟ ކޮރަޕްޝަނުން ފުރިފަ. ތިޔަ ވެރިކަމުގެ ނިމުން އެބައާދޭ ވަރަށް ހިތިކޮށް. އިރާދަކުރެއްވިއްޔާ ދެން މާ ގިނަދުވަހެއް ނެތް. އެޕްރީލުމަސް ނިމޭއިރު ހަމައަކަށްއެޅޭނެ.

 18. ޑޮންޑޮން

  މިއިބޫއަކީ ކުރިން ޓީވީމޯލްޑިވްސްގަ އުޅުނު މީހެއް. ގޮނޑިހޫނުކުރުން ނޫންކަމެއް ނުކުރޭ. އެހެންވެގެން ޕާޓީގައިވެސް ހިމޭނުން އިނީ. އެކަމަކު ބަޔަކު ތަބަކަކަށް ވެރިކަންލައިގެން ގެނެސްދިނީމަ ހިފީ. ހަރާމުންހަރާން މީނައަށްވާނެ ކަމެއް. ކޮރަޕްޓްވެގެން ގޮސް ހަފުސްވެފަހުރި އިންސާނެއްމީ. ރީތިގޮތަކަށް ނިމޭނެވެރިކަމެއް. އެޕްރީލުއިންތިހާބުގަ އެހެން ބަޔަކަށް މެޖޯރިޓީލިބޭ ހިސާބުން ދެން ޓާޓާ.

 19. މާމަ

  އެހެންވެ ދޯ ހުރިހާ މީހުން ވަޒީފާއިން ވަކި ތިޔަކުރަނީ.

 20. ކޮރަޕްސަން

  ކޮރަޕްސަނަކީ ޤައުމުގެ އެއްމެ މަތީ ފަންތީގެ މީހުން ހިންގާ ޢަމަލެއް. ރިޕޯޓް ކުރަން މިޖެހެނި އެއްމެ އާދައިހެ ނިކަމެތި މީހާ. ކިހިނެއްތޯ މިކަން ބަލާނީ!

 21. ހުސޭނުބޭ

  ޒީރޯ ޓޮލަރެންސް ޓު ކަރަޕްޝަނޭ! އެހެންވިއްޔާ ދެތިކި ޕީ ........... ކަލޭމެންނަށް ތިކަން ވާނެނަމަ ޚަޒާނެ ތަޅުދަނޑިތައް ވަގުކަލޭގެޔަށް ލިބުމުން ވަގުކަލޭގެ ނިކަން އަމާނަތްތެރިވާނެ!

 22. ބުރޯ

  ހެނދުނުގެ ނާސްތާ ވެސް އެއީ ކަރެޕްސަން އެކުލެވޭކަމެއް . އަދި ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އާ 97 އާއި 250 އާއި ވެސް ހިލަފު ކަމެއް .އަދި ގާނޫނުއަސާސީގެ 20 ވަނަ މާއްދާއާވެސް ހިލާފު ވުމެއް 97 އާއި 250 ބުނާގޮތުން ގާނޫނެއްނެތި އެއްވެސް ކަމެއް ނުކުރެވޭނެ. ވައުދު ފުއްދަން ހަރަދު ކުރާކަށް އެއްވެސް ގާނޫނަކު ނޯންނާނެ ގާނޫނުއަސާސީ ވެސް އެ ހުއްދަ ދޭ މާއަދާ ލިއެފައެއް ނެތް. ވީއިރު ކަރެޕްޓް ނުވާ ހެޔޮ ވެރިކަމެއް ކުރެވޭނީ ކިހިނެތް.

 23. ތެދު

  ޙެޔޮވެރިކަން ކިޔަނީ ﷲ އާއި ރަސޫލާއައް ފުރައްސާރަކުރާމީހުންނައް ފަސޭހަކޮއްދީ އިންޑިޔާ ގެ އަތްދަށުވީމަތޯ...ސުބުހަނަﷲ

 24. ހުވާ

  ތިޔައީ އިންޑިޔާ ސަރު ކާރުގެ ހެޔޮވެރިކަމެއްތޯ އެމް.ޑީ.ޕީއިން ކުރިވެރިކަމެއްވިއްޔާ ކޮށްފަވަނީ ފާނާކުރަނިވި ވެރިކަމާި އެހެންބައެއްގެ އަޅުވެތި ކަމަށް ދިއުމުގެވެރިކަން

 25. ހާލަތު

  اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.

 26. މޯދީ

  ކަލޭ ވެރިކަމަށް އެރީއްސުރެ ކޮންމެ ވާހަކަ އެއް ދެއްކިޔަސް ކޮރަޕްޝަން. ހީވާ ކަހަލަ ތިމާ މި ގެންގުޅޭ ލާދީނީ ބައިގަނޑަކީ ހުދު ފޮތިހެން. ފުރަތަމަ ވެރިކަމަށް އައީ ކޮރަޕްޓު ފައިސާ ބަހައިގެން ވޯޓުން ވައްކަން ކުރުވައިގެން. ހުރިހާ ހަރަދެއް ކުރީ އިންޑިއާއިން. އޭގެ ބަދަލު ޤައުމު އެމީހުނަށް ތަބަކަށްލާ ދިނުން. ގަންޖާބޯ 2008ވަނަ އަހަރު ވެރިކަމަށް އައީ ވޯޓުން ވައްކަން ކޮއްގެން.ހުރިހާ ހަރަދެއް ކުރީ އިނގިރޭސި ވިލާތުގެ ފާދިރީންނާއި ،ނަޞާރާ ޖަމާއަތްތަކުން. ބަދަލުގަ ވެރިކަން ލިބުމުން އެމީހުނަށް ފައްޅި އަޅައިދޭން ބުނެ. އެކަން ކުރަން އެކި ގޮތްގޮތުން މަސައްކަތް ކޮށް އެންމެ ފަހުން ﷲގެ އިރާދަފުޅުން ވެއްޓުނީ. އަދިވެސް އޭނަ ނަޞާރާ ދީން ފެތުރުމާއިގެން އެބަ އުޅޭ. ދެންތިބި މީހުން އިންޑއާއިން ކޮއްދިން ކަންތަކުގެ ބަދަލެއްގެ ގޮތުން މި ޤައުމު އަޅުވެތިކުރުމަށް ގޮވަނީ. ގަންޖާބޯ ވެއްޓި ގޮތައް މި ބައިގަނޑުވެސް ވައްޓާނަން. އެކަން ކުރާނީ ގަދަފަދަ ވަންތަ ކީރިތި ވަންތަ ކޮންމެ ކަމަކަށް ކުޅަދުން ވަންތަ ﷲގެ ވާގުފުޅާއި އެކު އެކަލާނގެ ދީންދެކެ ލޯބިވާ ބަޔަކު ނިކުމެ. އިންޝާﷲ

 27. ސޮއްބެ

  ގާނޫނާގަވައިދާ ހިލާފުވެގެން ވަޒީފާއިން ކަނޑާލާފަ ހުރި ފުލުހުންނާ ސިފައިންނަށް ކަލޭ ރަގަޅީ.. އެހުރިހާ މީހުން ނަށް އަހަރެމެންގެ ފައިސާތައް ދީގެން ބޮޑިތި މުއްސަދިންނަށް ހަދައިފި... އިބުރޭ ސޯލިހުއަށް ކޮމިޝަން ދޭގޮތައް ދޯ އެކަން ތިކުރީ

 28. ހަސީނާ

  ތ ވިދާޅުވާގޮތަށް ޢަމަލުކުރަންބޭނުންވައްޔާ ޢަބުﷲ ޝާހިދު ޙަސަން ލަތީފު މާރިޔާ މަޙުލޫފް ޝިފާޒް މިހާރުން މިހާރަސް ބޭރުކުރޭ ނޫނީ ތިކަމެއް ނުވާނެ

 29. ހަބީބާ

  ހަމަ ހިނިއަށްނަނީ މީނަ މިހުރީ ރަގަޅަން މޮޔަވެފައި ބަލަ ކަލޭމެނަށް ހޮޔޮވެރިކަމެއް ކުރަން އެގޭނީ ޙައްޤުގޮތުގައި ވެރިކަމަށް އާ ނަމަތާ މަކަރާ ހީލަުން ނުޙައްޤު ވެރިކަމެއް ތިޔަ ކުރަނީ

 30. ލަބީބު

  މިހާރު އޮޅީންޖެ އިބޫތަ ނޫނީ ނަޝީދުތަ ވެރިކަމުގައި ހުރީ

 31. އަޙުމަދު މުޙައްމަދު

  މީނައަށް ކޮން ހެޔޮވެރިކަމެއް ކޮންދެވޭނީ މިހާރު މަޖްލިސް އިންތިހާބުގައިވެސް އެ ބޭނުން ކުރާ ލޯގޯ ހިސާބު ޢަދަދުތަކެއް ލިޔެފަ އެއީ ހުސް ސިހުރު

 32. މުވައްޒަފު

  ކޮބާތޯ 100 ދުވަހުގެ ތެރޭގައި ކުރަންވަން ބުނި ކަންތައްތައް. ކޮބާތޯ މަނިކުފާނުގެ ރިޔާސީ ވައުދު ފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް މިހާރު 3 މަސްވެގެން ދިޔައީ އަދިވެސް ސަރުކާރުގައި އުޅޭ އަންހެން މުވައްޒަފުންނަށް ދޭންބުނި ވިހެއުމުގެ ޗުއްޓީ 6 މަސްދުވަސް ނުލިބޭ މީ ކޮންދުވަހަކުން ހަމަޖެހޭނެ ކަމެއްތޯ